ރައިސީއަށް ވެރިކަން ލިބުމުން އިޒްރޭލުން ކަންބޮޑުވެއްޖެ

އިރާނުގެ ރިޔާސީ އިންތިހާބުގައި އިބްރާހިމް ރައިސީއަށް ކުރި ލިބުމުން ސަޕޯޓަރުން އުފާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ/ އަތާ ކެނާރޭ

އިރާނުގެ ރިޔާސީ އިންތިހާބުގައި އިބްރާހިމް ރައިސީއަށް ކުރި ލިބުމުން ސަޕޯޓަރުން އުފާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ/ އަތާ ކެނާރޭ

ތެލް އަވީވް، އިޒްރޭލް (ޖޫން 20) - އިރާނުގެ އާ ރައީސްކަމުގެ މަގާމަށް އަލްޓްރާ ކޮންޒަވޭޓިވް އިބްރާހިމް ރައިސީ އިންތިހާބުވެ ވަޑައިގެންނެވުމުން ބައިނަލްއަގްވާމީ މުޖުތަމައިން ކަންބޮޑުވާން ޖެހޭ ކަމަށް އިޒްރޭލުން ބުނެފި އެވެ.

ރައިސީ އަކީ "އަސްކަރީ ނިއުކްލިއަ ޕްރޮގްރާމް ފުޅާކުރަން" ބޭނުންވެ ވަޑައިގަންނަވާ ލީޑަރެއް ކަން ފާހަގަކޮށް، އިޒްރޭލުން ބުނީ އިންތިހާބުގެ ނަތީޖާއިން ހާމަވަނީ އިރާނުގެ "ހަގީގީ ނިޔަތް" ކަމަށެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިއޯ ހަޔަތް ކުރެއްވި ޓްވީޓެއްގައި ރައިސީ ސިފަކުރެއްވީ އިރާނުން މިހާތަނަށް އިންތިހާބު ކުރި "އެންމެ ހަރުކަށި ރައީސް" ގެ ގޮތުގަ އެވެ.

އިރާނާއި ދުނިޔޭގެ އެހެން ބާރުގަދަ ގައުމުތަކާ ދެމެދު 2015 ވަނަ އަހަރު އެކުލަވާލި ނިއުކްލިއާ އެއްބަސްވުމާ އިޒްރޭލުން ދެކޮޅެވެ. އެ އެއްބަސްވުމުގެ ދަށުން އިރާނުން ނިއުކްލިއާ ޕްރޮގްރާމުގެ ބައެއް ކަންކަން މަޑު ޖައްސާލުމުން، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭނެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2017 ވަނަ އަހަރު އެ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލިއިރު، އިޒްރޭލުން ދެކޭ ގޮތުގައި އެއްބަސްވުމުގެ ސަބަބުން އިރާނަށް ނާޖައިޒު ފައިދާތަކެއް ލިބި، ނިއުކްލިއާ ހަތިޔާރު އުފެއްދުމައިގެން ކުރިއަށް ދާނެ އެވެ.

ނިއުކްލިއާ ހަތިޔާރު އުފައްދަން ނޫޅޭ ކަމަށް މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އިރާނުން ވަނީ ބުނެފަ އެވެ.

އަންނަ އޯގަސްޓް މަހު ރައީސްކަމުގެ މަގާމާ ރައިސީ ހަވާލުވެ ވަޑައިގަންނަވާއިރު، މި ވަގުތަކީ ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކުރަން ގައުމުތަކުން އިރާނާއެކު މަޝްވަރާ ކުރަމުންދާ ދަނޑިވަޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox