އަގަށް ވުރެ އިސްކަންދިނީ 25 ބުރީގެ އިމާރާތްތަކެއް އަޅަން

ހިޔާ ފްލެޓްތައް: ޗައިނާގެ ސީއެސްސީއީއާ ހަވާލުކޮށްގެން މީގެ 16 ޓަވަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހިޔާ ފްލެޓްތައް: ޗައިނާގެ ސީއެސްސީއީއާ ހަވާލުކޮށްގެން މީގެ 16 ޓަވަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރާއްޖޭގައި ހައުސިން ޕްރޮޖެކްޓް ހިންގަން ހަތަރު ކުންފުންޏަކުން ހެޔޮ އަގުތަކެއް ހުށަހަޅާފައި ވަނިކޮށް އެންމެ ބޮޑު އަގު ހުށަހަޅި ކުންފުންޏާ ހަވާލުކުރީ ކުރީ ސަރުކާރުން ހުޅުމާލޭގައި 25 ބުރިއަށް ޓަވަރު އަޅަން ބޭނުންވެގެން ކަން "އަދަދު"އަށް އެނގިއްޖެ އެވެ.

ލިބިފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި މިއީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާނުކުރި 15،000 ހައުސިން ޔުނިޓް ޕްރޮގްރާމްގެ އެންމެބޮޑު ކޮމްޕޯނަންޓެވެ. އަދި މި މަސައްކަތް ކުރާނެ ބަޔަކު ހޯދަން އޭރުގެ ހައުސިން މިނިސްޓްރީން ބީލަމަށް ލުމުން ފަސް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހެޅި އެވެ.

މި ހުރިހާ ކުންފުންޏަކުން ހުށަހެޅި އަގުތަކާ އެއްގޮތަށް އެ ހުރިހާ ކުންފުންޏަކަށް ރާއްޖޭގައި ހައުސިން މަޝްރޫއުތައް އެވޯޑު ކުރި އެވެ.

ނަމަވެސް ހުޅުމާލޭގައި 25 ބުރިއަށް ޓަވަރު އަޅަން ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޮމްޕެނީ (ސީއެސްސީއީ)އަށް އެވޯޑްކުރި ކޮންޓްރެކްޓް ފިޔަވާ ބާކީހުރި ކޮންޓްރެކްޓްތައް ވަނީ ބާތިލުކޮށްފަ އެވެ.

އެހެން ކުންފުނިތަކުން ހުށަހެޅީ އެންމެ އުސްކޮށް 14 ފްލޯ

ރާއްޖޭގައި ހައުސިން ޕްރޮޖެކްޓް ހިންގަން އެވޯޑް ކުރެވުނު ހުރިހާ ކުންފުނިތަކުގެ ތެރެއިން ހިޔާ ފްލެޓްތައް އިމާރާތްކުރި ސީއެސްސީއީ ފިޔަވާ އެހެން ހުރިހާ ކުންފުނިތަކުގެ ޕްރޮޕޯސަލްތަކުގައި ހުރީ އެންމެ އުސްކޮށް 14 ބުރިއަށް އިމާރާތްކުރާ ގޮތަށް 10 - 14 ބުރިއަށް ޓަވަރުތައް އަޅާށެވެ.

މި އުސްމިނަށް ޓަވަރުތައް އަޅަން އެއްބަސްވި ކުންފުނިތަކުން ކޮންމެ ޔުނިޓަކަށް ޖެހޭ އެވަރެޖް ކޮންސްޓްރަކްޝަން އަގު އުޅެނީ ދާދި އެއްހަމައެއްގަ އެވެ. އަދި މިއީ އެއް ސްޓޭންޑަޑަކަށް ހަދާ ގޮތަށް ހުރި ޔުނިޓްތަކެކެވެ. ހުރިހާ ޕްރޮޕޯސަލްތަކުގެ އަގުތަކަކީ ވެސް ފިނިޝިން ނުލާ ހަމައެކަނި ކޮންސްޓްރަކްޝަން އަގުތަކެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 25 ބުރީގެ ހިޔާ ޓަވަރުތަކެއް: މީގެ 16 ޓަވަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 25 ބުރީގެ ހިޔާ ޓަވަރުތަކެއް: މީގެ 16 ޓަވަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 25 ބުރީގެ ހިޔާ ޓަވަރުތަކެއް: މީގެ 16 ޓަވަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އެވޯޑްކުރުމަށް ފަހު ބާތިލުކުރި ހައުސިން ޕްރޮޖެކްޓްތަައް

  • އޮޒްޓާކް ހޯލްޑިން - ޔުނިޓަކަށް 50,500.00 އެމެރިކާ ޑޮލަރު ރޭޓުގައި 5،000 ހައުސިން ޔުނިޓް އިމާރާތްކުރަން
  • މެޓަލާޖިކަލް ކޯޕަރޭޝަން އޮފް ޗައިނާ - ޔުނިޓަކަށް 52،000 ޑޮލަރު ރޭޓުގައި 1،000 ހައުސިން ޔުނިޓް އިމާރާތްކުރަން
  • ޖޫހާން އެސެޓް ކޯޕަރޭޝަން - ޔުނިޓަކަށް 52،000 ޑޮލަރު ރޭޓުގައި 1،000 ހައުސިން ޔުނިޓް އިމާރާތްކުރަން
  • ޖީ-ވިތްނޭޗާ އިންވެސްޓްމަންޓް - ޔުނިޓަކަށް 52،000 ޑޮލަރު ރޭޓުގައި 1،000 ޔުނިޓް އިމާރާތްކުރަން

ބާތިލުކުރެވުނު ކޮންޓްރެކްޓްތަކުގައި ހުރި އަގުތަކަށް ބަލާއިރު އެ ހުރިހާ އަގުތަކަކީ ވެސް ހިޔާ ޕްރޮޖެކްޓްގެ ޔުނިޓެއް އަޅަން ހުށަހެޅި 62،000 ޑޮލަރަށް ވުރެ ކުޑަ އަގުތަކެކެވެ. އަދި އެހެން ކޮންޓްރެކްޓަރުން ހުށަހަޅާފައިވާ އަގުތަކުން އެނގޭ ގޮތުގައި އޭރު އެވަރެޖްކޮށް މާކެޓްގައި ޔުނިޓަކަށް ޖެހޭ އަގުތައް ހުރީ 50،000-52،000 ޑޮލަރާ ދެމެދުގަ އެވެ.

ހިޔާ ފްލެޓް ޕްރޮޖެކްޓުގެ ލޯނުތަކާއި އެހެން ހަރަދުތައް އަނބުރާ އަދާކޮށް ނިމޭއިރު މި ޕްރޮޖެކްޓަށް ހިނގާ ހަރަދު 15.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުން ސަބްސިޑައިޒްކުރާ 500 މިލިއަން ރުފިޔާ ހިމެނެ އެވެ. ނަމަވެސް ޕްރޮޖެކްޓުގެ މުއްދަތުގެ ތެރޭގައި ލިބޭ އާމްދަނީއަކީ 15.5 ބިލިއަން ރުފިޔާ އެވެ.

އެހެންކަމުން މިއީ އެޗްޑީސީއަށް ސަތޭކަ މިލިއަން ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބޭނެ ޕްރޮޖެކްޓެކެވެ. އަދި ޕްރޮޖެކްޓުގެ ކުރީކޮޅު އިންޓްރެސްޓް ފައިނޭންސް ކުރުމަށާއި އާމްދަނީ ލިބުމާ ހަމައަށް ކުރަންޖެހުނު ހަރަދުތަކުގެ ސަބަބުން އެ ކުންފުންޏަށް އައިސްފައިވާ ކޭޝް މިސް މެޗް ޕޮޒިޓިވްވާން ހަ އަހަރެއްހާ ދުވަސް ނަގާނެ އެވެ.

މި މުއްދަތުގެ ތެރޭގައި ކުންފުނިން ހިޔާ ޕްރޮޖެކްޓަށް ނެގި ލޯނަށް ދައްކަން ޖެހޭ ޕޭމަންޓްތައް އަދާކުރަން ޖެހޭނީ ލޯނެއް ނަގައިގެން ނުވަތަ ކެޕިޓަލް މާކެޓްގައި ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކައިގެންނެވެ.

އެޗްޑީސީން މި ޕްރޮޖެކްޓް ފައިނޭންސްކުރަން ނެގި އެއް ލޯނަކީ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާއިން ނެގި 368.9 މިލިއަން ޑޮލަރުގެ ލޯނެކެވެ. މި ލޯނު ދައްކާ ނިމޭނީ 2033 ވަނަ އަހަރު އެވެ. އަނެއް ލޯނަކީ ކްރެޑިޓް ސުއިޒް އޭޖީ، ސިންގަޕޯ ބްރާންޗުގެ 65.1 މިލިއަން ޑޮލަރުގެ ލޯނެކެވެ. ތިން އަހަރުން ދައްކަން ޖެހޭ މި ލޯން ދައްކާ ނިމޭނީ އަންނަ އަހަރު އެވެ.

މި ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓްރެސްޓު އަނބުރާ ދައްކަން ޖުމްލަ 9.4 ބިލިއަން ރުފިޔާ ހޭދަ ވާނެ އެވެ.

މީގެ ތެރެއިން ޗައިނާ ބޭންކުން ނަގާފައިވާ ލޯނުގެ ޓާމްސްތަކުގެ ސަބަބުން އެ ލޯނު އަނބުރާ ދައްކާ ނިމެންދެން ކުލިން ލިބޭ އާމްދަނީ ޖަމާކުރަން ޖެހެނީ ބީއެލްއެލްގައި އެ ބޭންކަށް ފައިސާ ދައްކަން ހުޅުވާފައިވާ އެކައުންޓަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox