25 އަހަރު ފަހަތަށް ދާން ކްރޮއޭޝިއާ ބޭނުމެއް ނޫން

Jun 18, 2021, 9:11 AM
25 އަހަރު ފަހަތަށް ދާން ކްރޮއޭޝިއާ ބޭނުމެއް ނޫން

އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ފުރުސަތު ހޯދައި ކްރޮއޭޝިއާ އިން ގިނަ ބަޔަކު ހައިރާންކޮށްލި އެވެ. އެ ފަހަރު އެ ޓީމުން ސެމީ ފައިނަލުގައި ވަނީ އިންގްލެންޑް ކަޓުވާލައިފަ އެވެ. މި ފަހަރުގެ ޔޫރޯ ފުރަތަަމަ މެޗުން ކްރޮއޭޝިއާ ވަނީ އިންގްލެންޑް އަތުން ބަލިވެފަ އެވެ. މިރޭ ޔޫރޯގެ ދެ ވަނަ މެޗުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ނުކުންނައިރު، މި ވޭތުވެދިޔަ 25 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރޯގައި ޖެހިޖެހިގެން ދެ މެޗުން ބަލިނުވުމަކީ ކްރޮއޭޝިއާގެ އަމާޒަކަށް ވާނެ ކަމެކެވެ.

ކްރޮއޭޝިއާ އިން މިހާތަނަށް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާއިރު، އެއްވެސް މުބާރާތެއްގައި ކުޅުނު ދެ ވަނަ މެޗުން ބަލިވެފައިނުވެ އެވެ. އެހެންވެ، މިއީ ވެސް މިރޭގެ މެޗަށް ނުކުންނައިރު، ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް ވިސްނަން ޖެހޭނެ ކަމަކެވެ.

"އަހަރެން ތި ހުރިހާ ކަމަކަށް މާ ބޮޑަށް ނުވިސްނަން. އަހަރެންގެ ފޯކަސް އަކީ ކުރިއަށް އޮތް މެޗު. އަހަރެން ކޯޗަކަށް ހުއްޓައި (މުބާރާތެއްގައި) ޖެހިޖެހިގެން ދެ މެޗުން ބަލިވަން ބޭނުމެއް ނޫން،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑާލިޗް ބުންޏެވެ.

ގައުމީ ޓީމަށް ކުޅުމުގެ ނަސީބު ލިބިފައިނުވި ނަމަވެސް ޑާލިޗް ވަނީ މިހާތަނަށް ކޯޗިން ކެރިއަރުގައި ގައުމީ ޓީމުން ލިބުނު ފުރުސަތުގައި ރަނގަޅު މަސައްކަތެއް ކޮށްފަ އެވެ. އޭނާ ކްރޮއޭޝިއާގެ ކޯޗުކަމާ ހަވާލުވީ 2017 ވަނަ އަހަރު އެވެ. އެ ޓީމަށް 2018 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުން ފުރުސަތު ލިބުނީ ޑާލިޗްގެ ރޭވުންތައް ރަނގަޅުވެ، މުހިއްމު މެޗުތަކުގައި އޭނާ ގެނައި އެކި ބަދަލުތައް ވެސް ރަނގަޅުވުމުންނެވެ.

ކްރޮއޭޝިއާ އިން ފުރަތަމަ މެޗުގައި 1-0 އިން އިންގްލެންޑް އަތުން ބަލިވިއިރު، އެ މެޗުގައި ފެނުނު ކަންތައްތަކުން ޑާލިޗް އެންމެ ކަންބޮޑުވާ ކަމަކީ އެޓޭކް މަދުވުމެވެ. އެހެންވެ މިރޭގެ މެޗަށް އެ ޓީމުގެ ފޯވާޑް ލައިނަށް ބަދަލުތަކެއް އަތުވެދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އެޓޭކް ރަނގަޅުކުރަން ޖެހޭ. ބަދަލުތަކެއް ގެެނެސްގެން ބޭނުންވާ ކަންކަން ހާސިލްކުރެވޭނެ ފެންވަރު މި ޓީމުގައި އެބަހުރި،" ޑާލިޗް ބުންޏެވެ.

އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ކްރޮއޭޝިއާގެ ފޯވާޑަކަށް ކުޅުނު އަންޓޭ ރެބިޗްގެ ބަދަލުގައި މިރޭގެ މެޗުގައި ބްރޫނޯ ޕެޓްކޮވިޗަށް ފުރުސަތު ދިނުމުގެ ވިސްނުމެއް ޑާލިޗް ގެންގުޅެ އެވެ.

އެންމެ ފަހުން ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ކްރޮއޭޝިއާ ބަލިވެފައިނުވެ އެވެ. ދެ މެޗު އެއްވަރުވިއިރު، އެއް މެޗުން ވަނީ މޮޅުވެފަ އެވެ.

ޗެކް ރިޕަބްލިކްގެ ކޯޗު ޝިލްހަވީގެ ބަރޯސާވަނީ އެ ޓީމުގެ ތަރިންނަށް

ތޭވީސް އަހަރު ފަހުން ސްކޮޓްލެންޑުން ބައިނަލްއަގުވާމީ މުބާރާތަކަށް ނުކުތް ފުރަތަމަ މެޗުގައި އެ ޓީމުން އަމިއްލަ ދަނޑު، ހެމްޕްޑެން ޕާކުގައި ކުޅުނު މެޗުން ވިދާލީ ޗެކް ރިޕަބްލިކްގެ ފޯވާޑް ޕެޓްރިކް ޝިކް އާއި ގޯލްކީޕަރު ތޯމަސް ވަސްލިޗް އެެވެ. ސްކޮޓްލެންޑް އަތުން 2-0 އިން މޮޅުވި މެޗުގައި ޝިކް ވަނީ ތަފާތު މޮޅު ދެ ގޯލު ޖަހައިފަ އެވެ. އަދި ސްކޮޓްލެންޑުން ފޮނުވާލި ގިނަ ހަމަލާތަކެއް ކީޕަރު ވަސްލިޗް ވަނީ މަތަކޮށްފަ އެވެ.

ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުމުގެ ކުރިން ޗެކް ރިޕަބްލިކްގެ ކޯޗު ޔަރޯސްލާވް ޝިލްހަވީ ބުނީ ސްކޮޓްލެންޑް އަތުން ލިބުނު މޮޅަކީ ޓީމުގެ ރޫހު ރަނގަޅު ކުރަން ލިބުނު ފުރުސަތެއް ކަމަށެވެ. އެ މެޗުން މޮޅުވީ ޓީމުގެ މަސައްކަތުން ކަމަށް ވިޔަސް ހާއްސަ ކްރެޑިޓެއް ޝިކް އާއި ވަސްލިޗް އަށް ދޭން ޖެހޭ ކަމަށް ޝިލްހަވީ ބުންޏެވެ.

ޗެކް ރިޕަބްލިކްގެ ކޯޗު ޝިލްހަވީ (ކ) އާއި ޝިކް.

"އެ ދެ ކުޅުންތެރިން (ވަސްލިޗް އާއި ޝިކް) 100 ޕަސެންޓަށް ވުރެ އިތުރަށް ދިން. އަހަރެމެން ކްރޮއޭޝިއާ އަތުން ނަތީޖާއެއް ނެރޭނަމަ މި ދެ ކުޅުންތެރިން އަނެއްކާ ވެސް އެބަޖެހޭ ކޮލިޓީ ދައްކަން،" ޝިލްހަވީ ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި ޗެކް ރިޕަބްލިކް އެންމެ ފަހުން ކުޅުނު 19 މެޗުގެ ތެރެއިން އެއްވަރުވީ އެއް މެޗުންނެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއާ އެކު 2-2 އިންނެވެ. މިރޭ މޮޅުވެގެން ޗެކް ރިޕަބްލިކަށް ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު ޕޮއިންޓެއް ލިބުނަސް އެއީ ގޯސް ނަތީޖާ އަކަށް ނުވާނެ ކަމަށް ޝިލްހަވީ ގަބޫލުކުރެ އެވެ.

"އަހަރެެމެންނަށް އެއް ޕޮއިންޓް ލިބުނަސް އަދިވެސް އެބައޮތް އަނެއް ބުރަށް ދިއުމުގެ ފުރުސަތު. މިއީ ހަގީގަތުގައި ނަތީޖާ ނެރެން ފަށަން ޖެހޭ ހިސާބު. ފުރަތަމަ މެޗުން އެ ލިބޭ މޮޅުގެ ފައިދާ ދެ ވަނަ މެޗުން ނެގުން މުހިއްމު،" ޝިލްހަވީ ބުންޏެވެ.

"މިހެން ބުންޏަސް ވިސްނަން ޖެހޭ ކްރޮއޭޝިއާ އަކީ ސްކޮޓްލެންޑަށް ވުރެ މޮޅަށް ކުޅޭ ހުނަރުވެރި ކުޅުންތެރިން ތިބި ޓީމެއް. އަހަރެމެން ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެން ޖެހޭ މެޗެއް މިއީ،"

ޗެކް ރިޕަބްލިކުން އެންމެ ފަހުން ޔޫރޯގެ ފުރަތަމަ ދެ މެޗުން މޮޅުވީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި މުބާރާތުންނެވެ. އެ ފަހަރު ޗެކް ރިޕަބްލިކް ކެޓީ ސެމީ ފައިނަލުގައި ގްރީސް އަތުންނެވެ. ގްރީސް އަކީ އެ ފަހަރުގެ ޗެމްޕިއަން ޓީމެވެ.

ހެމްޕްޑެން ޕާކްގައި ޗެކް ރިޕަބްލިކާއި ކްރޮއޭޝިއާ ކުޅޭ މިރޭގެ މެޗު ފަށާނީ ރާއްޖޭ ގަޑިން 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox