ހިޔާނާތުގެ 42 ދައުވާ އުފުލާފައިވާ އަންމަޓީ ބަންދުން ދޫކޮށްލައިފި

އަންމަޓީ ޝަރީއަތުގެ މަޖިލީހުގައި: އޭނާ ބަންދުން ދޫކޮށްލުމަށް ވަނީ އަމުރުކޮށްފަ

އަންމަޓީ ޝަރީއަތުގެ މަޖިލީހުގައި: އޭނާ ބަންދުން ދޫކޮށްލުމަށް ވަނީ އަމުރުކޮށްފަ

ސީލައިފް ފްލެޓްތަކުގެ މައްސަލާގައި ހިޔާނާތްތެރިވިކަމުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ އެމްޑީ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2015ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކުރި އެވެ. ނަމަވެސް، އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު އަންމަޓީގެ މައްޗަށް ވަނީ ކޮށްފަ އެވެ.

އެ ތުހުމަތުގައި އޭނާ ހޯދުމަށް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.

Advertisement

ސީލައިފްގެ ފްލެޓްތައް ފައިސާ ނެގުމަށްފަހު ހަވާލުނުކުރި މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލައިފަ އެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.

ލަންކާއިން އަންމަޓީ ގެނައި ފަހުން އޭނާ ހުރީ ބަންދުގަ އެވެ. ތަހުގީގު މަރުހަލާގައި ބަންދުގައި ހުރިއިރު، ދައުވާ އުފުލުމަށްފަހު ވެސް އޭނާގެ ބަންދަށް މުއްދަތު ޖަހަމުން ދިޔަ އެވެ.

މިއަދު އަންމަޓީގެ ބަންދު ރިވިއު ކުރުމަށް ބޭއްވި މަޖިލީހުގައި ދައުލަތުގެ ވަކީލް އެދިވަޑައިގެންނެވީ އަންމަޓީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ. އެއީ، ހެއްކަށް ނުފޫޒު ފޯރުވާނެ ކަމާއި މުޖުތަމައުއަށް ނުރައްކާވާ ކަމުގެ އިހުތިމާލު އޮތުމުންނެވެ.

އަދި، ޝަރީއަތަށް އޭނާ ހާޒިރުނުވެދާނެ ކަމާއި ފިލައިދާނެ ކަމުގެ ބިރު ވެސް އޮތުމުން ކަމަށް ވަކީލް ވިދާޅުވި އެވެ. ނަމަވެސް، އޭނާ ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރާ ކަމާއި ފިލައިދާނެ ކަމަށް ކުރާ ތުހުމަތުތައް ގޯސް ކަމަށް އަންމަޓީގެ ވަކީލް ވިދާޅުވި އެވެ.

ވަކީލް މުހުތާޒު މުހުސިން ވިދާޅުވި ގޮތުގައި މައްސަލަ ބިނާވެފައިވަނީ ކިތާބީ ހެކިތަކެއްގެ މައްޗަށް ކަމަށާއި އެ މައްސަލާގައި ނުފޫޒު ފޯރުވާނެ ހެއްކެއް ނެތް ކަމަށެވެ. އަދި، އަންމަޓީއަކީ ފިލައިގެން އުޅުނު މީހެއް ނޫން ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އެއްބާރުލުންދެމުންދިޔަކަން ފާހަގަ ކުރެއްވި އެވެ.

އަންމަޓީ ވެސް ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާ ބުނި ގޮތުގައި، ހެކިތަކަށް ފޯރުވާނެ ނުފޫޒެއް ނެތް ކަމާއި އެއްބަސްވުމުގެ ދަށުން ފައިސާ ދޫކުރި ކަމާއި ދޫކުރި އަދަދުތައް ފެންނަން ހުންނާނެ ކަމަށެވެ. އޭނާގެ ޕާސްޕޯޓް ވެސް ނެތްކަން ފާހަގަކޮށްފައި، ބަންދަށް ލުއިދިނުމަށް އެދުނެވެ.

ނަމަވެސް، އެކަމަށް ދައުލަތުގެ ވަކީލް އިއުތިރާޒު ކުރައްވައި ބަންދަށް ލުއި ނުދިނުމަށް އެދިވަޑައިގެންނެވި އެވެ. އެއާއެކު މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ކޮންމެ މައްސަލައެއްގައި ބަންދުގައި މީހުން ގެންގުޅެން ޖެހޭ ކަމަށް ދެކިގެން ވާހަކަ ނުދެއްކުމަށް އަންގަވާފަ އެވެ.

ގާޒީ ހަސަން ސައީދު ވިދާޅުވީ، ގާނޫނުގެ ރޫހަކީ މީހުން ބަންދުގައި ގެންގުޅުން ނޫން ކަމަށާއި ބަންދުގައި ބަހައްޓައިގެން އުޅެންޖެހުމުން އޭގެ ދަތިތައް ދައުލަތަށް ވެސް ފޯރާނެ ކަމަށެވެ. އެގޮތުން، ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރަން ޖެހުން ފަދަ ކަންކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް، ދައުލަތުގެ ވަކީލް ވިދާޅުވީ، ދަތިތައް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމަކު މިވަގުތު އޭނާ ބަންދުން ދޫކޮށްލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަންމަޓީ ބަންދުން ދޫކޮށްފިނަމަ އިންސާފުވެރި ޝަރީއަތަކަށް ހުރަސްއެޅި، ހެކި ނައްތާލުމާއި ފިލައިގެން ގޮސްދާނެ ކަމުގެ އިހުތިމާލު އެބަ އޮތްކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

އަންމަޓީ ފިލައިގެން ގޮސްދާނެ ކަމަށް ތަކުރާރުކޮށް ދައުލަތުން ބުނާތީ، ވަކީލް މުހުތާޒު ވެސް އަދި އަންމަޓީ ވެސް ވަނީ އެކަމ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަންމަޓީ ވަނީ އޭނާ ފިލައިގެން ނުދާނެ ކަމުގެ ޔަގީންކަން ވެސް ގާޒީއަށް ދެއްވާފަ އެވެ. އަދި، ބުނީ އޭނާ ރާއްޖެ އައީ އަމިއްލަ އިހުތިޔާރުގައި ބޭނުންވެގެން ކަމަށާއި ރާއްޖެ ނައިސް ވެސް އުޅެވެން އޮތް ކަމަށެވެ. ނަމަވެސް، ބޭނުންވީ މައްސަލާގެ އިންސާފާ ހަމައަށް ދިޔުމަށް ކަމަށް ވިދާޅުވި އެވެ.

އޭނާގެ ބަލި ހާލަތު ވެސް ހުރި ގޮތުން، ޝަރުތުތަކަކާއެކު ނަމަވެސް އޭނާ ބަންދަށް ލުއި ދިނުމަށް ތަކުރާރުކޮށް އެދެމުން ދިޔަ އެވެ.

ގާޒީ ހަސަން ސައީދު ނިންމެވީ، މި މައްސަލައަކީ އޭނާ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް، އަންމަޓީ ޖަލު ބަންދުން ދޫކޮށްލީ މާލޭން ބޭރަށް ނުދެވޭ ގޮތަށާއި ޝަރީއަތަށް ހާޒިރުވުމަށް ޝަރުތުކޮށްފަ އެވެ.

މިއަދު އެންމެ ފުރަތަމަ އޮތީ އަންމަޓީގެ ދައުވާތަކާ ގުޅޭ އިބްތިދާއީ އަޑުއެހުމެކެވެ. ނަމަވެސް، އެ އަޑުއެހުން ކުރިއަށް ނުގެންދެވުނީ ކޯޓަށް ހާޒިރުވެ، އަންމަޓީއާ އެއް ހާޒިރެއްގައި މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ވަކީލް މުހުތާޒު ފާހަގަ ކުރެއްވުމުންނެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް ވެސް ވިދާޅުވީ، އެންމެ އިންސާފުވެރި ގޮތަކީ ހުރިހާ ފަރާތްތަކުން ވެސް ކޯޓަށް ހާޒިރުވެ، ގާޒީގެ ކުރިމަތިފުޅުގައި މައްސަލަ ކުރިއަށް ގެންދިޔުން ކަމަށް ގަބޫލު ކުރައްވާފަ އެވެ. އެހެންވެ، ގާޒީ ނިންމެވީ އެ މައްސަލަ އެގޮތަށް ކުރިއަށް ގެންދެވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox