އެތުލީޓުންގެ ފަރާތުން އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އަށް ސާއިދު

އެތުލީޓުންގެ ފަރާތުން އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އަށް ސާއިދު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އިންތިހާބުގައި އެތުލީޓްސް ކޮމިޝަންގެ ފަރާތުން ހިންގާ ކޮމިޓީ އަށް ހޮވި ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު ހަސަން ސާއިދު ތާރީހުން ޖާގަ ހޯދައިފި އެވެ.

މި މަހު 10 ވަނަ ދުވަހު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެތުލީޓްސް ކޮމިޝަންގެ ފަރާތުން ހިންގާ ކޮމިޓީގެ މަގާމަށް ވާދަކުރީ ސާއިދުގެ އިތުރުން ކާމިޔާބު ފެތުންތެރިޔާ އައިމިނަތު ސަޖަން އެވެ. އެތުލީޓްސް ކޮމިޝަނެއް އަދި ފުޅާކޮށް ހިނގަންފަށާފައި ނުވާތީ އެތުލީޓުންގެ ތެރެއިން ވޯޓު ލީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކޮށްފައިވާ އެތުލީޓުންގެ ތެރެއިން 11 އެތުލީޓުންނެވެ. އެ އެތުލީޓުންގެ ތެރެއިން އެމްއޯސީ އިންތިހާބުގައި ކުރިއަށްދިޔަ ވޯޓުން ސަަޖަން އަށް ދެ ވޯޓު ލިބުނުއިރު، ސާއިދަށް ވަނީ ހަ ވޯޓު ލިބިފަ އެވެ.

މިއާ އެކު ސާއިދު ވެފައިވަނީ އެތުލީޓުންގެ ފަރާތުން އޮލިމްޕިކް ކޮމިޓީ ހިންގާ ކޮމިޓީގައި ބައިވެރިވާނެ ފުރަތަމަ އެތުލީޓަށެވެ. ސާއިދު އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގައި ބައިވެރިވާއިރު، އަހަރީ އަންމު ޖަލްސާތަކުގައި ސާއިދާއި ސަޖަން ވެސް ބައިވެރިވެ ވޯޓުލާނެ އެވެ.

އޮލިމްޕިކް ކޮމިޓީ އިންތިހާބުގައި ސަޖަން ވޯޓުލަނީ.-- ފޮޓޯ: އޮލިމްޕިކް ކޮމިޓީ

އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ މަރުޒޫގް އަހުމަދު (މަރޭ) މިއަދު "އަދަދު" އަށް ވިދާޅުވީ އެތުލީޓުންގެ ފަރާތުން ހިންގާ ކޮމިޓީގައި ރެޕްރެޒެންޓޭޓިވް އެއް އިނުމަކީ ހަގީގަތުގައި ކުޅިވަރުގެ ޕޮލިސީ ލެވަލްގައި އެތުލީޓުންނަށް ބަސްބުނުމުގެ ފުރުސަތު ލިބޭނެ ކަމެއް ކަމަށެވެ.

"މިއީ ވަކި ކުޅިވަރަކަށް ނޫން ހުރިހާ އެތުލީޓުންނަށް ލިބިގެންދިޔަ ބާާރެއް. ކުޅިވަރުގެ ޕޮލިސީ ލެވަލްގައި ދެން އެތުލީޓުންގެ އަޑުވެސް އިއްވޭނެ،" މަރޭ ވިދާޅުވި އެވެ.

ސާއިދު އަކީ ރާއްޖެ އަށް މިހާތަނަށް ބައިނަލްއަގުވާމީ މުބާރާތްތަކުން މެޑަލަށާއި ކާމިޔާބަށް ބަލާއިރު އެންމެ ބޮޑެތި ވަނަތައް ހޯދައިދިން އެތުލީޓެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2015 ވަނަ އަހަރުގެ މުބާރާތުގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖެ އަށް ބައިނަލްއަގްވާމީ ގޭމްސްއަކުން ފުރަތަމަ ރަން މެޑަލް ހޯދައިދިނީ ސާއިދު އެވެ. އަދި އެ ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް ހޯދި އެވެ.

އެ އަހަރަށް ފަހު 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރަން ނުލިބުނަސް ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު ރިހި މެޑަލް ހޯދައި އެ ގޭމްސްގައި އެހާތަނަށް އެތުލެޓިކްސް އިން ވެސް އަދި އެހެން އިންޑިވިޖުއަލް ކުޅިވަރަކުން ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ ހޯދައިފަ އެވެ. އަދި 2019 ވަނަ އަހަރުގެ އައިއޯއައިޖީގެ 200 މިޓަރުން ރިހި މެޑަލް ހޯދައި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރުން ރަން މެޑަލް އަދި 200 މިޓަރުން ލޯ މެޑަލް ހޯދި އެވެ. އޭގެ އިތުރުން ވެސް އޭނާ ވަނީ އިންޑިއަން ގްރޯން ޕްރީ އާއި މެލޭޝިއަން އޯޕަން އިން ރަން މެޑަލް ހޯދައިފަ އެވެ.

އޮލިމްޕިކް ކޮމިޓީން ބުނީ އެތުލީޓްސް ކޮމިޝަން ފުޅާކޮށް ހިނގަން ފެށުމާ އެކު ދެން ހިންގާ ކޮމިޓީ އާއި އަހަރީ އާންމު ޖަލްސާގައި ބައިވެރިވާނީ އެ ކޮމިޝަނުގެ ތެރެއިން ނެގޭ ވޯޓަކުން ހޮވޭ މެމްބަރުން ކަމަށާއި މި ވަގުތަަށް އެ ފުރުސަތު ދޭނެ އެތުލީޓެއް ކަނޑައެޅުމުގައި ބެލީ އޮލިމްޕިކްސްގައި ވާދަކޮށްފައިވާ އެތުލީޓުންނަށެވެ.

އެތުލީޓްސް ކޮމިޝަނަށް ބާރުތައް ދޭގޮތަށް ފާސްކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގަ އެވެ. ސާއިދު އާއި ސަޖަން އެތުލީޓްސް ކޮމިޝަނަށް ހޮވީ މިދިޔަ އަހަރު އެވެ.

އެތުލީޓްސް ކޮމިޝަނަކީ 2009 ވަަނަ އަހަރު އޮލިމްޕިކް ކޮމިޓީ އަށް މެމްބަރުން އިންތިހާބުކުރަން ފެށުނުއިރުއްސުރެން ވެސް ހިމެނޭ ބައެކެވެ. އެކަމަކު މީގެ ކުރިން އެ ކޮމިޝަންގެ އެކްޓިވް ބައެއްގެ ގޮތުގައި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox