ޓެރަރިސްޓެއް ކަމަށް ބުނާ އަމީންގެ ޝަރީއަތް ނުފެށުނު، ބަންދު ލުއި ނުކުރި

އަމީން: އޭނާގެ ޝަރީއަތް މިއަދު ނުފެށުނު --

އަމީން: އޭނާގެ ޝަރީއަތް މިއަދު ނުފެށުނު --

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ ބަންދަށް ލުއި ނުދިނުމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މީގެ ދެ އަހަރު ކުރިން ހައްޔަރުކޮށް، އަމީންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

މިހާތަނަށް އެ ދެ ދައުވާއާ ގުޅޭ ޝަރީއަތް ފެށޭ ގޮތެއް ނުވެ އެވެ.

Advertisement

މިއަދު މައްސަލާގައި އަޑުއެހުމެއް ބޭއްވީ ޝަރީއަތުގެ މަރުހަލާ ފެށުމަށެވެ. މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ވެސް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު އެކުލަވާލެއްވި އެވެ. އެގޮތުން، އަންނަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހަށް މައްސަލާގެ ހުކުމް އިއްވޭ ވަރަށް ތާވަލު ހެއްދެވި އެވެ.

ދެން ގާޒީ ފުރުސަތު ދެއްވީ އިބްތިދާއީ ބަޔާން ދެ ފަރާތުން ވެސް ހުށަހެޅުމަށެވެ. ނަމަވެސް، އެކަމަށް އަމީންގެ ވަކީލް ޔާމީން ވަނީ އުޒުރުވެރިވާ ކަމަށް ވިދާޅުވެ، އެ ބަޔާނަށް އެންމެ ފުރިހަމައަށް ތައްޔާރު ނޫން ކަމަށް ވިދާޅުވެފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލް އަހުމަދު ނައުޝާދު ވަނީ ދައުލަތުން އިބްތިދާއީ ބަޔާން އިއްވުމަށް ތައްޔާރު ކަމަށާއި، އެ ފުރުސަތު މިއަދު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި، އިބްތިދާއީ ބަޔާން ހުށަހެޅުމަށް ތައްޔާރު ނޫން ކަމަށް ވަކީލް ޔާމީން ވިދާޅުވުމަކީ ގަބޫލުކުރަން ދަތިކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް، ގާޒީ ނިންމެވީ ދެ ފަރާތަށް އެއް ދުވަހެއްގައި ބަޔާން އިއްވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެހެން ދުވަހަކަށް އެކަން ތާވަލުކުރުމަށެވެ.

މިއަދު ވެސް މައްސަލާގެ ޝަރީއަތް ކުރިއަށް ނުގެންދެވުނުއިރު، ދެން ކުރިއަށް ގެންދިޔައީ އަމީންގެ ބަންދު ރިވިއު ކުރުމުގެ މަޖިލީހެވެ. ދައުލަތުގެ ވަކީލް ނައުޝާދު ވިދާޅުވި ގޮތުގައި، ޓެރަރިޒަމް މައްސަލަތަކީ މިހާރު ވެސް ޕަބްލިކްގެ ވަރަށް އިންޓްރެސްޓެއް އޮތް މައްސަލަތަކަށްވާއިރު އަމީން ދޫކޮށްލުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށެވެ. އަދި، އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުމާލު ވެސް އެބަ އޮތް ކަމަށެވެ.

އަމީންގެ ވަކީލް ޔާމީން ވަނީ އޭނާގެ ބަންދަށް ލުއި ގޮތެއް ހަދައިދީ، އެކަށީގެންވާ ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފަ އެވެ.

ވަކީލް ޔާމީން ފާހަގަ ކުރެއްވި ގޮތުގައި، އަމީންއަކީ އާތުރައިޓްސް ބަލި ހުންނަ މީހަކަށްވާއިރު، އޭނާ ގަވައިދުން ކަސްރަތުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް، އޭނާ ގޮޅިން ބޭރަށް ނެރެ އެ ފުރުސަތު ނުދޭ ކަމާއި މިހާތަނަށް ޑޮކްޓަރުން ލަފާ ދީފައިވާ ގޮތަށް ޓެނިސް ބޫޓެއް ވެސް ފޯރުކޮށްދީފައިނުވާ ކަމަށެވެ.

އޭގެއިތުރުން އަމީންއަށް އިރުގެ އަލިކަން ކޮންމެހެންވެސް ބޭނުންވާ ކަމަށާއި، ނަމަވެސް އިރުގެ އަލިކަން އޭނާއަށް ނުލިބޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ނައުޝާދު ވިދާޅުވި ގޮތުގައި، ކޮވިޑާ ގުޅިގެން އާންމު އުސޫލުން ޖަލުގައި ކަންކަން ކުރަން އުނދަގޫތަކެއް އޮތް ނަމަވެސް، ހާއްސަ އުސޫލުތަކުން ބަންދުގައި ތިބޭ މީހުންނަށް ކަންކަން ފަހިކޮށްދެމުންދާ ކަމަށެވެ. އެގޮތުން ބޭސްފަރުވާގެ އިންތިޒާމްތައް ވެސް ހަމަޖައްސައިދޭ ކަމަށެވެ.

އަމީންގެ ވަކީލް ޔާމީން ދެން ފާހަގަ ކުރެއްވީ، ދައުލަތުގެ ވަކީލް އަދި މީޑިއާއިން އަމީން "ޓެރަރިސްޓެއްގެ" ގޮތުގައި ސިފަ ކުރަމުންދާތީ، އެކަމުގެ ކަންބޮޑުވުމެވެ. އޭނާ ވިދާޅުވި ގޮތުގައި، އެކަމާ ގުޅިގެން އަމީންގެ ކަރާމާތަށް އުނިކަން ލިބެމުންދާ ކަމަށެވެ.

އަދި، މިފަހުން ފުލުހުން ޖަލުގައި ހިންގި ބަލާފާސްކުރުމުގެ އޮޕަރޭޝަނުގައި ވެސް އަމީންގެ ގޮޅި ފާސްކޮށް އޭނާ ގެންގުޅޭ މުއްސަފަކާއި އަންމާފޮތެއް ގެންދިޔަ ކަމަށާއި އޭނާ ފަތިސް ނަމާދަށް ހޭލަން ގެންގުޅޭ އެލާމް ގަޑީގެ މެކޭނިކަލް ބައި ވެސް ގެންދިޔަ ކަމަށެވެ. އެ ތަކެތި ގެންދަން ޖެހުނު ސަބަބެއް ނުވިސްނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވެސް ވަނީ އެ އޮޕަރޭޝަނުގައި އަމީންގެ ގޮޅިން ގަވައިދާ ހިލާފު ބައެއް ތަކެތި ފެނުނުކަން ފާހަގަކުރައްވާފަ އެވެ. އެކަމާ ގުޅޭ ގޮތުން އަމީން ބުނީ، އޭނާގެ ގޮޅިން ލައިޓަރެއް ގެންދިޔަ ކަމަށާއި ނަމަވެސް، އެއީ ޖަލުގައި ވިޔަފާރި އުސޫލުން ލިބޭ އެއްޗެއް ކަމަށެވެ. އަދި، އެއްޗެހި ހިއްކަން އަޅަން ގެންގުޅޭ ރޯނެއް ވެސް ގެންދިޔަކަން އަމީން ފާހަގަކުރި އެވެ.

އެ ވާހަކަތަކަށްފަހު، ގާޒީ ޝަކީލް ވިދާޅުވީ އަމީން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އަމުރަށް ބަދަލު ގެންނަން ޖެހޭ ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންވެ، އެ އަމުރު ދަމަހައްޓަން ގާޒީ ޝަކީލު ނިންމެވީ އެވެ.

ނަމަވެސް، ގާޒީ ޝަކީލް ވަނީ އަމީންއަށް ލިބެންވާ ހުރިހާ ހައްގުތަކެއް ކަށަވަރުކޮށްދޭން އަމުރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ބަންދުގައި މީހަކު ބެހެއްޓުމަކީ ހައްގުތަކުން މަހުރޫމް ކުރަން ޖެހޭނެ ކަމެއް ނޫން ކަމެވެ.

ގާޒީ ޝަކީލް މީގެކުރިން ވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭތީ އާއި ގޮޅިން ނިކުމެ ކަސްރަތުކޮށް ހެދުމުގެ ހައްގު ނުލިބޭތީ އަމީންއަށް ނުލިބޭ ކަމަށް ވިދާޅުވެ، އޭނާ ގޭބަންދަށް ބަދަލުކުރުމަށް އަމުރު ކުރައްވާފަ އެވެ.

އެ އަމުރާ ގުޅިގެން ގާޒީ ޝަކީލްގެ ސުލޫކީ މައްސަލައެއް ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ދަނީ ބަލަމުންނެވެ.

އަމީން ގޭބަންދަށް ބަދަލުކުރި އަމުރު ބާތިލްކުރީ ދައުލަތުން އެ މައްސަލާގައި ހައިކޯޓަށް ދިޔުމުންނެވެ. ހައިކޯޓުން ބުނެފައިވަނީ ގޮޅިން ނިކުމެ ކަސްރަތު ކުރަން ފުރުސަތު ނުލިބޭ ކަމަށް ބުނެ ބަންދުން ދޫކޮށްލުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމަށެވެ. ބޭސްފަރުވާ ނުލިބޭ ކަމުގައި ރިއާޔަތް ކުރަން ޖެހޭނީ އެމީހެއްގެ ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި ކަމަށް ހައިކޯޓުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox