ޝިކްގެ މޮޅު ގޯލުތަކުން ޗެކް ރިޕަބްލިކުން ސްކޮޓްލެންޑް ބަލިކޮށްފި

Jun 14, 2021, 2:52 PM
ލަނޑު ޖެހުމަށް ފަހު ޝީކް އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ޝީކް އުފާފާޅުކުރަނީ.

ގްލާސްގޯ، ސްކޮޓްލެންޑް (ޖޫން 14) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕެޓްރިކް ޝިކް ޖެހި މޮޅު ދެ ގޯލާ އެކު ޗެކް ރިޕަބްލިކުން 2-0 އިން ސްކޮޓްލެންޑް ބަލިކޮށްފި އެވެ.

މިއީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު މިދިޔަ 23 އަހަރު ތެރޭ ބޮޑު މުބާރާތެއްގައި ސްކޮޓްލެންޑް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން ސްކޮޓްލެންޑާ ދެކޮޅަށް ޗެކް ރިޕަބްލިކް ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ. އެކަމަކު މި މެޗުން ލިބުނު މޮޅާ އެކު ޗެކް ރިޕަބްލިކަށް ބޮޑު އުފަލެއް ލިބޭނެ އެވެ.

ސްކޮޓްލެންޑްގެ ސްޓޭޑިއަމް ހެމްޕްޑެން ޕާކުގައި 12،000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗު ފަށައިގެން ފުރަތަމަ މިނިޓުން ފެށިގެން ވެސް ދެ ޓީމުން ދިޔައީ ކުރިއަށް ޖެހިގެން ކުޅެން މަސައްކަތް ކުރަމުންނެވެ. އެކަމަކު ފުރަތަމަ މެޗުގެ ނުރައްކާތެރި ޝޮޓް ފޮނުވާލީ ޗެކް ރިޕަބްލިކް އިންނެވެ. މެޗުގެ 15 ވަނަ މިނިޓްގައި އޭރިއާބޭރުން ޗެކް ރިޕަބްލިކްގެ ޝިކް ޖެހި ބޯޅަ ސްކޮޓްލެންޑް ކީޕަރު ޑޭވިޑް މާޝަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން ސްކޮޓްލެންޑްގެ ކެޕްޓަން އެންޑީ ރޮބަޓްސަން ނަގައިދިން ހުރަހަކުން ލީންޑަން ޑައިކްސް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

އޭގެ ފަހުން ރޮބަޓްސަން ޖެހި ބޯޅައެެއް ޗެކް ރިޕަބްލިކްގެ ގޯލްކީޕަރު ތޯމަސް ވަސްލިޗް ވަނީ މަތަކޮށްފަ އެވެ.

ޗެކް ރިޕަބްލިކުން އަލުން މަޑުމަޑުން މެޗުގެ ތެރެއަށް އައިސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުނެގި އެވެ. މެޗުގެ 42 ވަނަ މިނިޓްގައި މި ގޯލު ޖެހީ ޝިކް އެވެ. އަރިމަތިން ވްލަޑިމީރް ސޯފާލް ނަގައިދިން ހުރަހަކުން އުމުރުން 25 އަހަރުގެ ޝިކް މި ގޯލު ޖެހީ ބޮލުންނެވެ. މިއީ ބަޔާ ލެވަކޫސަން އަށް ކުޅޭ ޝިކް ގައުމީ ޓީމަށް ޖަހައިދިން 12 ވަަނަ ގޯލެވެ.

ޝިކް ބޮލުން ގޯލަށް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ގާތްގާތުގައި ޝިކް އާއި ވްލަޑިމީރް ޑަރީޑާ ޖެހި ދެ ބޯޅައެއް ސްކޮޓްލެންޑް ކީޕަރު މާޝަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަކުރަން ސްކޮޓްލެންޑްގެ ޖެކް ހެންޑްރީ ޖެހި ބޯޅައެއް ހުރަސްދަނޑިއަށް އަމާޒުވިއިރު، ފަހުން ޗެކް ރިޕަބްލިކް ކުޅުންތެރިއަކު ފައިގައި ޖެހިފައި ބައިކޮޅަށް ވަންނަން ދިޔަ ބޯޅަ ކީޕަރު ވަސްލިޗް ވަނީ ހުއްޓުވައިފަ އެވެ.

ސްކޮޓްލެންޑުން ކުރިއަށް ޖެހިގެން އެއްވަރުކުރަން މަސައްކަތްކުރަމުން ދަނިކޮށް ޗެކް ރިޕަބްލިކަށް ލިބުނު ފަޅި ފުރުސަތެއްގައި އެ ޓީމުން ދެ ވަނަ ގޯލެއް ޖެހި އެވެ. މެޗުގެ 52 ވަނަ މިނިޓްގައި މި ގޯލު ޖެހީ ޝިކް އެވެ. އޭނާ މި ގޯލު ޖެހީ ހާފްގެ މެދެއްހާ ހިސާބުންނެވެ. ސްކޮޓްލެންޑްގެ ކުޅުންތެރިއަކު ޖެހި ޝޮޓެއް ބްލޮކްވެގެން އައިސް ލިބުނީ ހާފްގެ މެދުރޮނގާ ތަންކޮޅެއް ކުރިން ޝިކް އަށެވެ. ކީޕަރު މާޝަލް ކުރިއަށް އަރައި އޮތުމުން ޝިކް ވަނީ އެ ބޯޅަ މަތިން ގޯލަށް އޮއްސާލައިފަ އެވެ. މިއީ ޔޫރޯ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު ގޯލެކެވެ.

ސްކޮޓްލެންޑުން މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެކަމަކު ގިނަ ބޯޅަތައް ހުއްޓުވީ ޗެކް ރިބަޕްލިކްގެ ގޯލުގައި މޮޅު ކުޅުމެއް ދެއްކި ވަސްލިޗް އެވެ. ޑައިކްސް އާއި މެކްޓޮމިނޭއި އަދި ޖޯން މެކްގިން ދެ ވަނަ ހާފްގައި ފޮނުވާލި ހަމަލާތައް ގޯލަކަށް ހަދައިނުލެވުނެވެ.

ހެޓްރިކް ހަދަން އޭރިއާތެރޭގައި ހުސްކޮށް ހުރެފައި ޝިކް ޖެހި ބޯޅަ އަމާޒުވީ ކީޕަރު މާޝަލް އަތަށެެވެ. މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޝިކް ވަނީ ބަދަލުކޮށްފަ އެެވެ. ޝިކްގެ ބަދަލުގައި ކުޅެން އެރި މިކޭލް ކާމެންޗިޗް ބޮލުން ޖެހި ބޯޅައެއް ކީޕަރު މާޝަލް ވަނީ މަތަކޮށްފަ އެވެ. މިއީ 1996 ވަަނަ އަހަރަށް ފަހު ސްކޮޓްލެންޑް އިން ޔޫރޯގައި ކުޅުނު ފުރަތަމަ މެޗެވެ.

މި ގްރޫޕްގެ ފުރަަތަމަ މެޗުން އިއްޔެ އިންގްލެންޑުން ވަނީ 1-0 އިން ކްރޮއޭޝިއާ ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox