ގެއްލިފައިވާ މަރިޔާދުގެ ދޮރޯށި

ގެއްލިފައިވާ މަރިޔާދުގެ ދޮރޯށި

އަސްލު ލިޔުއްވީ: މުޞްޠަފާ އަލްމަންފަލޫޠީ

ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު

މި ފަހަރު އަހެރެން ޅެންވެރިޔަކު ކަމުގައިވާނަމެވެ. އެކަމަކު ވަޒަނާއި ކާފިޔާއިން ދުރުވެހުރެ އެވެ. ހަތަރުކަޅި ހަމަކޮށްގެން ހިތްތަކާ ވާހަކަދެއްކުމަށެވެ. އެއީ ޅެންބަހުން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.

ބިމަށް އުކާލެވޭ އޮށްތަކުން ކޯދުލައި ނިރުފަޅަނީ، ދަނޑުވެރިޔާ ފަސްގަނޑު ޖަހައި، ވެލިގަނޑު އެފުށްމިފުށަށް ޖަހާތީ އެވެ. ހިތްތައް ވަނީ އެފަދައިންނެވެ. ހިތްތަކުގެ އެތެރެއަށް ދެމިގަނެ އޭގެ ފުށްވަރުތައް ވަކިން ނިއުޅައި، އެންމެ ފުންމިނަށް ވާސިލުނުވާނަމަ، އިބުރަތެއް ނުލިބޭނެ އެވެ. ހިތްތަކުގެ ފަސްގަނޑުޖެހޭނެ އުދައްޔެއް ޅެންބަހުރުވަ ފިޔަވައި ނުވެ އެވެ.

އުފާވެރި މީހާ އެވެ. އޯގާވެރިވާށެވެ. ހިތަށް އޯގާ ވައްދާށެވެ. ހިތަކީ އޯގާކަމުގައި ވެއްޖައުމަށް ދާންދެނެވެ.

ކަލޭ ބުނެފާނެ އެވެ. އަހަރެން މިހުރީ އުފަލަކުން ނޫނެވެ. އަހަރެންގެ ހިތަކީ، އެހެން ހިތްތަކަށް އުފުލަންޖެހިފައި ނުވާފަދަ ހާސްކަމާއި ނުތަނަވަސްކަން އުފުލަންޖެހިފައިވާ ހިތެކެވެ. ރަނގަޅެވެ. އެކަން އެގޮތަށް ބާއްވާށެވެ. އެކަމަކު ބަނޑުހައިވެފައިވާ މީހާއަށް ކާންދޭށެވެ. ނިވާކުރާނޭ ފަދައެއް ނެތް މީހާއަށް ފޭރާންދޭށެވެ. ހިތްދަތި މީހާއަށް ހިތްވަރުދޭށެވެ. މުސީބާތްޖެހިފައިވާ މީހާއަށް ފަސޭހަކޮށްދޭށެވެ. ކަލޭގެ އާހުތަކާއި އުދާސްތައް ފިލައިދާނެ ފަދަ އެންމެ ހެޔޮ ހަމްދަރުދީ މިނިކަމެތި މުޖުތަމައުން ލިބޭނެ އެވެ. ކަޅުފޮއި އަނދިރިކަމުގެ ތެރެއިން އަލިކަން ނުކުމެދާނެކަމާމެދު ޝައްކު ނުކުރާށެވެ. ރޭގަނޑުގެ ފަރުދާ ފޫދުއްވާލާފައި މެނުވީ ސާދަވިލޭރޭގެ ހަނދު ފާޅެއް ނުވާނެ އެވެ. އަނދިރީގެ ބަނޑުން ނޫނީ ފަތިސް ނުވިހާނެ އެވެ. ހުރިހާ އަރާމުތަކެއް ބާވެއްޖެ އެވެ. ގިޔާމަތް މަހުޝަރު ދުވަހުގެ ވާހަކަތައް އަޑުއެހުމަށްވުރެ ލައްޒަތްތަކުން ނަފުސަށް ލިބޭ ބުރަތައް ބޮޑުވެއްޖެ އެވެ. އިންސާނާއަށް ކެތްތެރިކަން ލިއްބައިދޭނޭ އެންމެ ލައްޒަތެއް ނޫނީ ބާކީ ނެތެވެ. އޯގާވެރިވުމުގެ މީރުކަމެވެ.

ޝުކުރުވެރިކަމުގެ މަންޒަރަކީ ދަމާ ބާރު ހުންނަ ރީތި މަންޒަރެކެވެ. ޝުކުރުވެރިޔާގެ ސަނާގެ ބަސްތަކާއި ތައުރީފުގެ ލަފުޒުތައް ޒައިލަފޯނެއްގެ ލެންބުންތަކާއި ފުއްމާއޮނުގެ މިޔުޒިކަށް ވުރެ އެހުމަށް ހިތްގައިމެވެ.

ހާލުގައި ޖެހިފައިވާ މީހުންނާއި ފަގީރުންނާއި ނިކަމެތީންނަށް އޯގާވެރިވާށެވެ. ހިތްފަސޭހަކަމާއި އުފާވެރިކަމުގެ މަރިޔާދުގެ މައިޒާންވަނީ އެމީހުންގެ ހިތްތަކުގެ ދުއާތަކުގެ ބަނޑުގަ އެވެ.

ކަލޭގެ ނަޒަރު ދެރަ މީހަކަށް އެހެންޏާ ނިކަމެއްޗަކަށް ހުއްޓޭހިނދު ކަލޭ ރޯނެނަމަ ކޮންފަދަ ހެއްޔެވެ؟ ކަލޭގެ ރުއިމާއި ކަރުނައިން އޭނާ ހިނިތުންވުމަށްޓަކަ އެވެ. އެހެނީ މިފަދަ ދަނޑިވަޅުތަކުގައި ކަލޭގެ ކޯތާފަތް މައްޗަށް އޮހޮރޭ ކަރުނައަކީ، އެ ހުދު ގަނޑުގައި ކަލެޔަކީ އިންސާނެއްކަމަށް ލިޔެދޭ ރެނދަންލީ ފޮޅުވަތްތަކެކެވެ.

އުޑު ރޮނީ ވިލާގެ ކަރުނައިންނެވެ. ވިންދުޖަހަނީ ވިދުވަރުގެ އަލީންނެވެ. ހަޅޭލަވަނީ ގުގުރީގެ އަޑުންނެވެ. ބިންގަނޑު ކުކުރަނީ ވައިގެ ރޯޅިންނެވެ. މުގުރަނީ ކަނޑުގެ ރާޅުންނެވެ. އުޑުގެ ރުއިމާއި ބިމުގެ ކުކުރުން އިންސާނުންނަށް އޯގާތެރިކަމެއްކަމުގައި ނޫނީ ނުވެ އެވެ. އަހަރެމެންނަކީ އޭގެ ދަރީންނެވެ. އޭގެ ރުއިމާއި ކުލުނުގައި ހިނގަމާ ހެއްޔެވެ؟

ލޭއޮހޮރުވާ އަތަށްވުރެ ކަރުނަތައް ހުއްޓުވާ އަތް މާހެޔޮވެފައި ހެޔޮކަން ބޮޑެވެ. ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދޭ އަތް ބަނޑުތައް ފޫވައްޓާ އަތަށްވުރެ ޝަރަފުވެރި އެވެ. ދިރިހުރި މީހެއް މަރާ މީހާ އާއި މަރުވެފައިވާ މީހެއް ދިރުވާ މީހާއާ ދެމެދު ކިހާ ތަފާތެއް ހުންނާނެ ހެއްޔެވެ؟

އޯގާގެ ލަފުޒު ކުޑަ އެވެ. އެކަމަކު އޭގެ މާނައިގެ ފަރަގު، އިރުގެ ހަގީގަތާއި ދުރުން ފެންނަ މަންޒަރާ ދެމެދު ހުރި ތަފާތާ އެއްފަދަ އެވެ.

ހިކުމަތްތެރިޔާއަށް ގެއްލިގެންއުޅޭ އެތި އޭނާގެ ގުނަންތަކުގެ ތެރެއިން އޯގާވެރި ހިތެއް ފެނިއްޖެއްޔާ އެއޮތީ ފެނިފަ އެވެ. މުޖުތަމައު ހޯދަމުންދާ އުފާފާގަތިކަން މުޖުތަމައަށް އެހާރުން އެއޮތީ ފެނިފަ އެވެ.

މީސްތަކުން އެއްބަޔަކު އަނެއް ބަޔަކަށް އޯގާވެރި ވެއްޖެނަމަ އެމީހުންގެ ތެރޭގައި ބަނޑުހައިވެފައިވާ މީހަކު، ބޭނުމެއް ޖެހިފައިވާ މީހަކު، ހިތްދަތި މީހަކު، ކަންބޮޑުވެފައިވާ މީހަކު ނުހުންނާނެ އެވެ. ކަރުނަވަޅުތަކުން ފެން އޮބި، އަރިކަށިތައް ތަންމަތީގައި ހަމަޖެހިދާނެ އެވެ. އޯގާވެރިކަން މުޖުތަމައުގެ ބިކަކަން ފުހެލާނީ، ހެނދުނުގެ ދުލުން އަނދިރީގެ ދެލިގަނޑު ފޮހެލާ ފަދައިންނެވެ.

މާތް ﷲ އިންސާނާ ހެއްދެވީ އޭނާގެ ރިޒުގު ތާށިކޮށްފައި ހައިހޫނުކަމާއެކު މަރުވެދިއުމަށް މުޖުތަމައަށް އެއްލާލުމަކަށް ނޫނެވެ. އެކަމަކު އެކަލާނގެ ހިކުމަތްވަންތަކަން ނިޔާކުރީ އޭނާއާއެކު އޭނާގެ ކޮއްތާއި ބޭނުންވާނެ ތަކެތި އުޑުގެ ހިޔާދަށުގައި ބިމުގެ ތަނަވަސް މައިދާނުގައި ލެއްވުމަށެވެ. ނަމަވެސް އޯގާވެރިކަން ނެތިދިއުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާވެރިވަނީ އެވެ. ގަދަ މީހާ ބިކަ މީހާއަށް ހިޔާނާތްތެރިވަނީ އެވެ. ދެރަމީހާގެ އެތިކޮޅުވެސް މޮޅުމީހާ ދަމައިގަންނަނީ އެވެ. އޭގެ ސަބަބުން އަދުލުވެރިކަމާއެކު ބެހިގެންދިއުމުގެ ނިޒާމު ގަޑުބަޑުވަނީ އެވެ. ނިޒާމުގެ ރީތި ހުތުރަށްވަނީ އެވެ.

މުޖުތަމައަކީ ތިމާ އެވެ. ގިނަވަނީ ތަފާތު ސޫރައިގައި ތިބީމަ އެވެ. އިންސާނަކު އިންސާނަކަށްވާނީ މި ހަގީގަތް ލޮލުން ފެނި އޭގައި އަތުން ހިފުނު އިރަކުންނެވެ. އޭރަށް ތިމާގެ ހިތް ތެޅޭނީ އެހެން ހިތްތަކުގެ ތެޅުމަށެވެ. ހަމަޖެހޭނީ އެހެން ހިތްތަކުގެ ހަމަޖެހުމަށެވެ. އެކަނިވެރިވަނީ މި އިންސާނީ ކަރަންޓު ކެނޑުމުންނެވެ.

އުފާވެރިޔާ އެވެ. ނިކަމެތީންނާއި ފަގީރުންނަށް އޯގާވެރިވާށެވެ. ނިކަމެތީންގެ ކަރުނަތައް ފޮހޭށެވެ. ބިމުގައިވާ މީހުންނާއި ތަކެއްޗަށް ރަހުމު ކުރާށެވެ. ރަހުމާންވަންތަ ކަލާނގެ ރަހުމަތްލައްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox