"ވަފާތެރިކަމުގެ" ވާހަކަ ބިގޭ ނުދައްކަވަން އެދިވަޑައިގެން ނަޝީދުގެ ރައްދެއް!

ނަޝީދާއި ބިގޭ ބަޔަކާ ވާހަކަ ދައްކަވަނީ: ބިގޭގެ ވާހަކަތަކާ މެދު ނަޝީދު ވަނީ ހިތްހަމަނުޖެހުންފާޅުކުރައްވާފައި. -- ފޮޓޯ/ސޯޝަލްމީޑީއާ

ނަޝީދާއި ބިގޭ ބަޔަކާ ވާހަކަ ދައްކަވަނީ: ބިގޭގެ ވާހަކަތަކާ މެދު ނަޝީދު ވަނީ ހިތްހަމަނުޖެހުންފާޅުކުރައްވާފައި. -- ފޮޓޯ/ސޯޝަލްމީޑީއާ

އެހެން ބޭފުޅުން "އަޅުގަނޑަށް ބަހައްޓަވާ ވަފާތެރިކަމުގެ" ވާހަކަ، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ނުދައްކަވަން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރުގަދަ ރައްދެއް މިއަދު ދެއްވައިފި އެވެ.

ބޮމުގެ ހަމަލާގައި ލިބިވަޑައިގަތް ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ޖަރުމަންގައި ހުންނެވި ނަޝީދު ބިގޭއަށް ބަހުގެ ހަމަލާއެއް މި އަމާޒުކުރެއްވީ ތަހުގީގަށް ބިގޭ ހުރަސްއަޅުއްވާ ކަމުގެ ތުހުމަތުތަކެއް ހޫނުވެފައި ވަނިކޮށެވެ. އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ ކޮމިޓީން ބޭރުކޮށްލީ ބިގޭ މެމްބަރުންނަށް ގުޅުއްވައިގެން ކަމުގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

އެކަން އެގޮތަށް އޭނާ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމަށް ކަމަށް ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. މިކަމާ މެދު ހިތްހަމަޖެހިވަޑައިނުގެން ބިގޭ ވެސް ވަނީ "ތުތި މަހަށް ކޮށައި ކާޅަށް ކާން ދިނަސް" ހައްގު ބަސް ބުނުމުގައި ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ މެމްބަރުންނަށް މެސެޖެއް ދޫކޮށްލައްވައިފަ އެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ "އަޅުގަނޑުގެ ރަހުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެމްބަރު" ސިޔާސީ ފައިދާއަށްޓަކައި ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްފުޅުތައް ހުދު އޭނާއަށް އެނގިވަޑައިގަންނަވާނެ ކަަމަށެވެ.

އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާ މެދުގެ ވާހަކަ އެ ބޭފުޅާ [ބިގޭ] ނުދެއްކެވިއްޔާ. -- ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޕްރެސް ކޮންފަރެންސެއްގައި: ބިގޭ ދެއްކެވި ވާހަކަތަކާ މެދު ހިތްހަމަނުޖެހުންފާޅުކުރެއްވި. -- ފޮޓޯ/ އަދަދު

ނަޝީދު މި ރައްދު އަމާޒުކުރެއްވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ބިގޭ މިއަދު ދެއްކެވި ވާހަކަތަކަށް ކަމަށް ބެލެވެ އެވެ.

އިމްތިޔާޒް ކޮމިޓީގައި ބަލަން އުޅުނު މައްސަލަ ބޭރުކޮށްލުމުގައި އޭނާގެ ދައުރެއް ނެތް ކަމަށް ދިފާއުވެވަޑައިގަންނަވަމުން ބިގޭ ވިދާޅުވީ ރައީސް އިބްރާހިމް ސޯލިހް އޭނާ އަށް ގުޅުއްވައި ވޯޓު ވަކި ގޮތަކަށް ގެންދަވަން މެމްބަރުންނަށް އިރުޝާދު ދެއްވަން ވިދާޅު ނުވާ ކަމަށެވެ. އެކަމަކު ނުހިނގާ ކަމެއް އޭނާއަށް ތުހުމަތުކޮށް، އެމްޑީޕީގެ ތެރެއިން ވަރަށް ހުތުރުކޮށް އެއްޗެހި ކިއުން ބަލައެއް ނުގަނެވޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ހިތްދަތިވީ "ދަރިންގެ ގޮތުގައި ބަލާ ބައަކު" އެއްޗެހި ގޮވުމުންނެވެ. ބިގޭ އަށް އެންމެ ބޮޑު ފާޑުކިއުމެއް އެ މައްސަލައިގައި އަމާޒުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ފަރާތުންނެވެ.

އެ މައްސަލައިގައި ބިގޭ ހުރަސްނޭޅުއްވިޔަސް "ބިގޭގެ ސަރުކާރު ދެމިއޮންނާނެ ކަމަށް" ވިދާޅުވެ އީވާ ހިތްހަމަނުޖެހުންފާޅުކުރެއްވި އެވެ.

ބިގޭ ވިދާޅުވި ގޮތުގައި ނަޝީދަށް އަމާޒުކުރި ބޮމުގެ ހަމަލާއަކީ އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތުން އެމްޑީޕީގެ އެއްވެސް މެމްބަރަކު ބަލައިގަންނާނެ ކަމެއް ނޫނެވެ. އެކަމުގައި ފުރޮޅަން ޖެހުނު ކޮންމެ ގާކޮޅެއް ފުރޮޅައިގެން ވެސް އިންސާފު ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާއަށް ފުރިހަމަ އިތުބާރު އެބައޮތެވެ. ނަޝީދަށް ގެއްލުންވެދާނެ ފަދަ އެއްވެސް ކަމެއް އެކަމަނާ ނުކުރައްވާނެ ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.

ހަމަލާގެ އިންކުއަރީ 241 ކޮމިޓީން ކުރިއަށް ގެންދަނިކޮށް އިމްތިޔާޒް ކޮމިޓީން ކުއްލި ބައްދަލުވުމެއް ބާއްވައި ވަކި މީހެއްގެ މައްސަލަ ބެލުން ތާއީދުނުކުރާ ކަމަށް ކޮމިޓީގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ވާހަކައަށް ބިގޭ ބާރު ދެއްވި އެވެ. އަދި ސަރުކާރުން އެކަމަށް ހުރަސްނާޅާ ކަމަށް ވެސް އަސްލަމް ވިދާޅުވެފައި އޮތް ކަން ބިގޭ ފާހަގަކުރެއްވި އެވެ.

ޑިފެންސް ނައިބުގެ މައްސަލަ އިމްތިޔާޒް ކޮމިޓީން ބެލުން ހުއްޓުވި މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރުންގެ މެދުގައި ވަނީ ކޯޅުން ބޮޑުވެ ބަހުގެ ހަމަލާތައް ގިނަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox