ހަންގޭރީ

Jun 11, 2021, 5:48 PM
ހަންގޭރީ

މިއީ ކުރިން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅުނު ހަންގޭރީން ޔޫރޯގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. ސްޕެއިންގައި 1964 ވަނަ އަހަރު ބޭއްވި ޔޫރޯގައި އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެ މުބާރާތުގެ ތިން ވަނަ ހޯދި އެވެ. އޭގެ ފަހުން އެ ޓީމުން ދެ ފަހަރު ޔޫރޯގައި ކުޅުނެވެ. އެއީ 1972 ވަނަ އަހަރާއި މީގެ ފަސް އަހަރު ކުރިން ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. ފްރާންސްގައި ބޭއްވި މުބާރާތުން ހަންގޭރީ ކެޓީ ދެ ވަނަ ބުރުގައި ބެލްޖިއަމް އަތުން 4-0 އިން ބަލިވުމުންނެވެ.

ހަންގޭރީން މި ފަހަރުގެ ޔޫރޯ އިން ފުރުސަތު ހޯދީ ޕްލޭއޮފްގައި ކުޅެގެންނެވެ. ޕްލޭއޮފްގައި އެ ޓީމު ކުޅެން ޖެހުނީ ކޮލިފައިން ގްރޫޕުން ގަދަ ދެ ޓީމު ތެރެއިން ފުރުސަތު ނުލިބިގެންނެވެ.. ޕްލޭއޮފްގައި ހަންގޭރީން ވަނީ ކުރިން ޔޫރޯގައި ކުޅެފައިވާ ދެ ޓީމެއްެގެ މައްޗަށް ކުރިހޯދައިފަ އެވެ. ޕްލޭއޮފް ފުރަތަމަ މެޗުން ބަލްގޭރިއާ އަތުން މޮޅުވިއިރު، ޔޫރޯ އަށް ދިޔައީ ފަހު މެޗުން އައިސްލެންޑް އަތުން މޮޅުވުމުންނެވެ. ހަންގޭރީ އަށް މި ފަހަރު ޔޫރޯ ކޮލިފައިންގައި އެންމެ ބޮޑު މައްސަލައެއް ދިމާވީ ލަނޑު ޖެހުމުގަ އެވެ. އެ ޓީމަށް ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖަހައިދިނީ ފަހަތަށް ކުޅޭ ވިލީ އޮބާން އެވެ. އޭނާ ވަނީ ތިން ގޯލު ޖަހައިފަ އެވެ.

ހަންގޭރީން ވިދާލާނެ ކަމަށް މި ފަހަރު ބެލެވޭ ކުޅުންތެރިންނަކީ އޮބާންގެ އިތުރުން ރެޑްބުލް ސަލްޒްބާގުން ފަށައި ފަހުން އާރްބީ ލައިޕްޒިގަށް ބަދަލުވި ޑެނީ ސޮބޮސްލާއީ އަދި ފްރެއިބާގަށް ކުޅޭ ޒުވާން ކުޅުންތެރިޔާ ރޮލާންޑް ސައްލާއީ އެވެ. މި ފަހަރު ޖަރުމަނު ލީގުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ އަށް ގޯލު ޖަހައި ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ހަންގޭރީގެ ކޯޗު ރޮސީ.

ކޯޗު: މާކޯ ރޮސީ

ކުރިން އިޓަލީ ގައުމީ ޓީމުގެ ޑިފެންޑަރަކަށް ކުޅުނު މާކޯ ރޮސީ ހަންގޭރީގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އޭނާގެ ކޯޗުކަމުގައި އެ ޓީމުން ވަނީ އަރަމުން އަންނަ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ. އަދި ހަންގޭރީގެ އެކި ކުުޅުންތެރިން ޔޫރަޕްެގެ ވަރުގަދަ ލީގުތަކުގައި ކުޅެން ފުރުސަތު ހޯދައިދިނެވެ.

ސްކޮޑު

ކީޕަރުން: އެޑަމް ބޮގްޑާން (ފެރެންސްވަރޯޝް)، ޑެނޭސް ޑިބުޒް (ފެރެންސްވަރޯޝް)، ޕީޓާ ގުލާޝީ (ލައިޕްޒިގު)

ޑިފެންޑަރުން: ބެންޑެގޫޒް ބޯލާ (ފެހޭރްވާރް)، އެންޑްރޭ ބޮޓްކާ (ފެރެންސްވާރޯޝް)، އަޓިލާ ފިއޯލާ (ފެހޭރްވާރް)، އަކޯސް ކެޒްކޭޝް (ލުގާނޯ)، އެޑަމް ލޭން (އޮމޯނޯއިއާ)، ގާގޯ ލޮވްރެންޝިޝް (ފެރެންސްވަރޯޝް)، ވިލީ އޯބާން (ލައިޕްޒިގު)، އަޓީލާ ސްޒަލާއި (ފެނަބާޗޭ)

މިޑްފީލްޑަރުން: ޓަމާޝް ސޭރީ (މެޒޮކޮވެސްޑް)، ޑެނިއަލް ގަޒްޑާގް (ބުޑަޕެސްޓް ހޮންވޭޑް)، ފިިލިޕް ހޮލެންޑާ (ޕާޓިޒާން)، ލާޒްލޯ ކްލެއިންހެއިސްލާ (އޮސިޔެކް)، އެޑަމް ނާގީ (ބްރިސްޓަލް ސިޓީ)، ލޮއިކް ނޭގޯ (ފެހޭރްވާރް)، އަންޑްރަސް ޝާފާ (ޑުނާސްކާ ސްޓްރޭޑާ)، ޑޭވިޑް ސީގާ (ފެރެންޝްވަރޯޝް)

ފޯވާޑުން: ޖަނޯސް ހަހްން (ޕަކްސް)، ނެމަންޏާ ނިކޮލިކް (ފެހޭރްވާރް)، ރޮލަންޑް ސަލާއި (ފްރެއިބާގް)، ސްލަބޮޝް ޝޯން (ޑަލަސް)، އެޑަމް ޝްޒަލާއި (މައިންޒް)، ކެވިން ވާގާ (ކަސިމްޕާސާ)، ރޮލަންޑް ވާގާ (އެމްޓީކޭ ބުޑަޕެސްޓް)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox