ސްލޮވާކިއާ

Jun 11, 2021, 5:49 PM
ސްލޮވާކިއާ

ސްލޮވާކިއާ އިން ފުރަަތަމަ ފަަހަރަށް ޔޫރޯގައި ކުޅުނީ މީގެ ފަސް އަހަރު ކުރިން ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ. އެ މުބާރާތުގެ ދެ ވަަނަ ބުރުގައި ވާދަކޮށް ސްލޮވާކިއާ ބަލިވީ ޖަރުމަނު އަތުން 3-0 އިންނެވެ. ސްލޮވާކިއާ އިން އެ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔައީ ހުރިހާ ގްރޫޕެއްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރެއިން ސްލޮޓެއްގަ އެވެ.

ސްލޮވާކިއާ މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެގެން ޕްލޭއޮފް ސްލޮޓެއްގެ ތެރެއިންނެވެ. އެ ޓީމުން ވަނީ ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ރިޕަބްލިކް އޮފް އަޔަލެންޑް ބަލިކުރުމަށް ފަހު، ޕްލޭއޮފްގެ ފަހު މެޗުގައި ނޮތަން އަޔަލެންޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ކޮލިފައިންގައި ސްލޮވާކިއާ އިން އެންމެ ގިނަ ގޯލު ޖެހީ ރޮބާޓް ބޮެޒެނިކާއި މަރެކް ހަމްޝިކް އަދި ޔޫރަޖް ކުޗްކާ އެވެ. މީގެ އިން ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ގޯލު ޖަހައިފަ އެވެ. ސްލޮވާކިއާ އިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ކުރިން ނަޕޯލީ އަށް ކުޅެ މިހާރު ސްވިޑަން ލީގުގައި ކުޅޭ ހަމްޝިކް އެވެ. އުމުރުން 33 އަހަރުގެ ހަމްޝިކް އަކީ ސްލޮވާކިއާ އަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އެ ޓީމުން މި ފަހަރުގެ ޔޫރޯގައި ފާހަގަކޮށްލެވޭނެ އަނެއް ކުޅުންތެރިއަކީ އުމުރުން 18 އަހަރުގެ ތޯމަސް ސުސްލޯވް އެވެ.

ސްލޮވާކިއާގެ ކޯޗު ޓާކޮވިޗް.

ކޯޗު: ސްޓެފަން ޓާކޮވިޗް

މިއީ ވަގުތީ ކޯޗެއްގެ ގޮތުގައި ބޮޑު ޒިންމާ އަކާ ސްޓެފަން ޓާކޮވިޗާ ހަވާލުވާން ޖެހޭ ދެ ވަނަ ފަހަރެވެ. މިދިޔަ އޮކްޓޫބަރު މަހު ޕަވެލް ހަޕާލް ސްލޮވާކިއާ ކޯޗުކަމުން ވަކިވުމުން ޓާކޮވިޗް އެ ޓީމާ ހަވާލުވި އެެވެ. މިދިޔަ ޑިސެމްބަރު މަހު ސްލޮވާކިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޓާކޮވިޗަށް ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ދޭން ނިންމައިފަ އެވެ. ޓާކޮވިޗް ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގައި ސްލޮވާކިއާ ކޯޗިން ޓީމުގައި މަސައްކަތްކޮށްފަ އެވެ.

ސްކޮޑު

ކީޕަރުން: މާޓިން ޑުބްރާވްކާ (ނިއުކާސަލް)، މަރެކް ރޮޑަކް (ފުލަމް)، ޑޫސާން ކުޝިއަކް (ލެޗިއާ ގަޑާންސްކް)

ޑިފެންޑަރުން: ޕީޓާ ޕެކާރިކް (ހާތާ ބާލިން)، ލިއުބޯމީރް ސަޓްކާ (ލެޗް ޕޮޒްނަން)، ޑެނިސް ވަވްރޯ (ހުއެސްކާ)، މިލާން ސްކްރިނިއޭ (އިންޓަ މިލާން)، ތޯމަސް ހުބޯޗަން (އޮމޯނޯއިއާ)، ޑޭވިޑް ހެންކޯ (ސްޕާޓާ ޕްރާހާ)، މާޓީން ކޮޝްސެލްނިކް (ލިބެރެކް)، މާޓިން ވަލިޔެންޓް (މަޔޯކާ)

މިޑްފީލްޑަރުން: މަރެކް ހަމްޝިކް (އައިއެފްކޭ ގޮޓެބޯގް)، ސްޓަނިސްލާވް ލޮބޮޓްކާ (ނަޕޯލީ)، ޕެޓްރިކް ހްރޯސޯވްސްކީ (ގެންކް)، ޖޫރަޖް ކުޗްކާ (ޕާމާ)، އޮންޑްރޭ ޑޫޑާ (ކޮލޯން)، ރޮބާޓް މާކް (ފެރެންސްވަރޯޝް)، ވްލަޑިމީރް ވެއިސް (ސްލޯވަން ބްރަޓިސްލާވާ)، ލާޒްލޯ ބޭނެސް، (އައުސްބާގް)، ލޫކަސް ހަރާސްލީން (ސަސުއޯލޯ)، ޔަކުބް ރޮމާޑާ (ސްލަވިއާ ޕްރާހާ)، ތޯމަސް ސުސްލޯވް (ގްރޮނިންގެން) ޖޭން ގްރެގަސް (މިނެސޮޓާ)

ފޯވާޑުން: މިކަލް ޑޫރިސް (އޮމޯނޯއިއާ)، ރޮބާޓް ބޮޒެނިކް (ފެއިނޫޑް)، އިވާމް ޝްރާންޒް (ޔަބްލޮނެކް)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox