ޕޮލެންޑް

Jun 11, 2021, 5:49 PM
ޕޮލެންޑް

މި ފަހަރަކީ ޔޫރޯގައި ޕޮލެންޑްގެ ހަތަރު ވަނަ ފެނިލުމެވެ. އެންމެ ފުރަތަމަ އެ ޓީމުން ޔޫރޯގައި ވާދަކުރީ 2008 ވަނަ އަހަރު ސްވިޒަލެންޑާއި އޮސްޓްރިއާގައި ބޭއްވި މުބާރާތުގަ އެވެ. އޭގެ ފަހުން ބޭއްވި ދެ މުބާރާތުގައި ވެސް އެ ޓީމު ވާދަކޮށްފައިވެ އެވެ. ޔޫރޯގައި ޕޮލެންޑްގެ އެންމެ ރަނގަޅު ނަތީޖާ އަކީ އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރުމެވެ. އެ ޓީމު ކުއާޓާގައި ޕެނަލްޓީ ޖަހައިގެން ބަލިވީ ޗެމްޕިއަންކަން ހޯދި ޕޯޗުގަލް އަތުންނެވެ.

ޕޮލެންޑް މި ފަހަރުގެ ޔޫރޯ އިން ފުރުސަތު ހޯދީ ކޮލިފައިން ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ޕޮލެންޑް ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވިއިރު، އެއް މެޗުން އެއްވަރު އަދި އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. އެއްވަރުވީ ލަޓްވިއާއާ އެވެ.. އަދި ބަލިވީ ރަށުންބޭރުގައި ސްލޮވީނިއާ އަތުންނެވެ. މި ފަހަރު ޔޫރޯގައި ޕޮލެންޑް އޮތް ގްރޫޕްގެ ގޮތުން ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުން ވެގެންދާނީ ވަރަށް ބޮޑު ޗެލެންޖަކަށެވެ.

ޕޮލެންޑް ޓީމުގެ ތަރިއަކީ އެ ޓީމުގެ ފޯވާޑް އަދި މިދިޔަ އަހަރު ފީފާ އިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާ ރޮބަޓް ލެވަންޑޯސްކީ އެވެ. ލެވަންޑޯސްކީ ވަނީ ކޮލިފައިންގައި ހަ ގޯލު ޖަހައިފަ އެވެ. އަދި މި ފަހަރުގެ ޔޫރޯ އަށް އޭނާ ކުރިމަތިލާނީ ލަނޑު ޖެހުމުގެ ބޮޑު ރެކޯޑެއް މުގުރާލައި ޔޫރަޕްގެ ރަން ބޫޓާ އެކު އެވެ. އެހެންކަމުން ލެވަންޑޯސްކީ މި ފަހަރު ޔޫރޯގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެ އެވެ. ދެން އެ ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ބްރައިޓަންގެ ޔެކުބް މޯޑާ އާއި ނަޕޯލީ އަށް ކުޅޭ ޕިއޮޓްރޭ ޒިއެންލިންސްކީ އަދި މާސޭގެ ފޯވާޑް އަކައުންޑެއުޝް މިލިކް ހިމެނެ އެވެ.

ޕޮލެންޑްގެ ކޯޗު ސޯސާ.

ކޯޗު: ޕައޮލޯ ސޯސާ

އެންމެ ފުރަތަމަ ޝެޑިއުލްކުރި ގޮތަށް މިދިޔަ އަހަރު ޔޫރޯ ބޭއްވިނަމަ އެ ޓީމުގެ ބެންޗުން ފެންނާނީ ޖާޒީ ބްރެޒެޝެކް އެވެ. އެކަމަކު މި އަހަރު ޖެނުއަރީ މަހު ޕޯޗުގަލްގެ ކުރީގެ ކުޅުންތެރިޔާ ޕައޮލޯ ސޯސާ ވަނީ ޕޮލެންޑްގެ ކޯޗުކަމާ ހަވާލުވެފަ އެވެ.. އޭނާ ވަނީ ކޯޗިންގެ މަސައްކަތް އެކި ގައުމުތަކުގައި ކޮށްފަ އެވެ. އޭގެ ތެރޭގައި އިންގްލެންޑް، ހަންގޭރީ، އިޒްރޭލް، ސްވިޒަލެންޑް ، އިޓަލީ، ފްރާންސް އަދި ޗައިނާހިމެނެ އެވެ.

ސްކޮޑު

ކީޕަރުން: ލޫކަސް ފަބިއާންސްކީ (ވެސްޓް ހޭމް)، ވޮޒްޝިއޭ ޝެޒްނީ (ޔުވެންޓަސް)، ލޫކަސް ސްކޮރުޕްސްކީ (ބޮލޯނިއާ)

ޑިފެންޑަރުން: ޔެން ބެޑްނަރެކް (ސައުތެމްޓަން)، ބާޓޯޒް ބެރެޒިންސްކީ (ސަމްޑޯރިއާ)، ޕަވެލް ޑަވިޑޯޒިޗް (ވެރޯނާ)، ކަމިލް ގްލިކް (ބެނެވެންޓޯ)، މިކަލް ހެލިކް (ބާންސްލީ)، ތޯމަސް ކެޑްޒިއޯރާ (ޑިނަމޯ ކިއޭވް)، ކަމިލް ޕިއަޓޯސްކީ (ރަކޯ ޗެޒެސްޓޮޗޯވާ)، ޓީމޮޓިއުޒް ޕުޗާޒް (ލެޗް ޕޮޒްނަން)، މަސިއެ ރީބަސް (ލޮކޮމޯޓިވް މޮސްކޯ)

މިޑްފީލްޑަރުން: ޒެމީސްލޯ ފްރެންކޯސްކީ (ޝިކާގޯ ފަޔާ)، ކަމީލް ޖޯޒްވިއާކް (ޑާބީ)، މަޓެއުޝް ކްލިޗް (ލީޑްސް ޔުނައިޓެޑް)، ކެޝްޕާ ކޮޒްލޯވްސްކީ ( ޕޮގޯން ޝެޒްޝިން)، ގްރެގޯރް ކްރިކޯވިއަކް (ލޮކޮމޯޓިވް މޮސްކޯ)، ކަރޯލް ލިނެއްޓީ (ޓޮރީނޯ)، ޔަކޫބް މޯޑާ (ބްރައިޓަން)، ޕްރްޒެމީސްލޯ ޕަލަޗެޓާ (ނޯވިޗް ސިޓީ)، ޕިއޮޓްރޭ ޒިއެލިންސްކީ (ނަޕޯލީ)

ފޯވާޑުން: ރޮބަޓް ލެވަންޑޯސްކީ (ބަޔާން މިއުނިކް)، ޑޭވިޑް ކޯނަކީ (ފޯޗިއުނާ ޑޫސެލްޑޯފް)، އަކަންޑިއުޝް މިލްކް (މާސޭ)، ކަރޯލް ސްވިޑާސްކީ (ޕީއޭއޯކޭ)، ޔަކުބް ޝްވިއެޒޯކް (ޕީއޭސްޓް ގްލިވީޝް)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox