ޔޫރޯ ރަނގަޅަށް ނިންމާލައި ޕޮލެންޑް ވިސްނަނީ ވޯލްޑް ކަޕް ކޮލިފިކޭޝަނަށް

Jun 25, 2024, 7:50 AM
ޔޫރޯ ރަނގަޅަށް ނިންމާލައި ޕޮލެންޑް ވިސްނަނީ ވޯލްޑް ކަޕް ކޮލިފިކޭޝަނަށް

ޑޯޓްމަންޑް (ޖޫން 25) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑް މި ފަހަރު ކުޅޭނެ ފަހު މެޗުން ފްރާންސް އަތުން ޕޮއިންޓެއް ލިބުނަސް އެކަމާ ހިތްހަމަ ޖެހޭނެ ކަމަށާއި, މިހާރުގެ ވިސްނުން ހުރީ ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ކަމަށް ޕޮލެންޑްގެ ކޯޗު މައިކަލް ޕްރޮބިއާޒް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯގައި ޕޮލެންޑުން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ބަލިިވިއިރު، އެ ޓީމަކީ މި ފަހަރުގެ ޔޫރޯ އިން ކެޓި ފުރަތަމަ ޓީމެވެ.

މި ފަހަރުގެ ޔޫރޯގައި ޕޮލެންޑް ކުޅޭނެ ފަހު މެޗަކީ މިރޭ ފްރާންސާ ބައްދަލުކުރާ މެޗެެވެ.

ޕޮލެންޑްގެ ކޯޗު ޕްރޮބިއާޒް ބުނީ އެ ޓީމުގެ ފޯކަސް މިވަގުތު ހުރީ ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ކަމަށެވެ. އަދި އޭގެ ކުރިން ފްރާންސް މެޗުން ޕޮއިންޓެއް ލިބުނަސް އެކަމާ ހިތްހަމަ ޖެހޭނެ ކަމަށް ޕްރޮބިއާޒް ބުނެފައިވެ އެވެ.

މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޮލެންޑްގެ ތަރި ރޮބާޓް ލެވަންޑޯސްކީ, ބުނީ އުންމީދަކީ މި މެޗަކީ މި ފަހަރުގެ ޔޫރޯގައި ފެންނާނެ އެންމެ ފެންވަރު ރަނގަޅު މެޗު ކަމުގައި ވުން ކަމަށެވެ.

"އަހަރެން އުންމީދު ކުރަން މި މެޗަކީ ފެންވަރު ރަނގަޅު މެޗަކަށްވާނެ ކަމަށް. ގިނަ ފުރުސަތުތައް ލިބި ގިނަ ގޯލުތަކެއް ފެނިގެންދާނެ މެޗަކަށް ވުނެ ކަމަށް." ލެވަންޑޯސްކީ ބުންޏެވެ.

ލެވަންޑޯސްކީ ބުނީ މި މެޗަށް ނުކުންނަނީ ޕްލޭނަކާ އެކުގައި ކަމަށާއި, ޕްލޭނާ އެއްގޮތައް ކުޅެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އަނިޔާގެ ސަބަބުން ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ޕޮލެންޑުން ނެދަލަންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަންޑޯސްކީ ފެނިފައި ނުވެ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި އޮސްޓްރިއާއާ ދެކޮޅަށް ފަހު ހާފުގައި އޭނާ ވަނީ ކުޅެފަ އެވެ.

ފްރާންސާއި ޕޮލެންޑް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox