ކަޓާފައި އޮތް ޕޮލެންޑާ އެއްވަރުވެ ފްރާންސް ދެ ވަނަ އަށް

Jun 25, 2024, 6:04 PM
ކަޓާފައި އޮތް ޕޮލެންޑާ އެއްވަރުވެ ފްރާންސް ދެ ވަނަ އަށް

ޑޯޓްމަންޑް (ޖޫން 25) - ފުރަތަމަ ދެ މެޗުން ބަލިވެ، ޔޫރޯ ފުޓްބޯޅަ މުބާރާތުން އެންމެ ފުރަތަމަ ކެޓި، ޕޮލެންޑާ 1-1 އިން އެއްވަރުވެ، ފްރާންސް އިން ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރަށް ދަތުރުކޮށްފި އެވެ.

މި މެޗުގައި ފްރާންސްގެ ތަރި އަދި ކެޕްޓަން ކީލިއަން އެމްބާޕޭ ވަނީ އަނިޔާ އިން ސަލާމަތްވެ, ކުޅެފަ އެވެ. އޭނާ މި މެޗުގައި ކުޅުނީ މާސްކެއް އަޅައިގެންނެވެ.

މި މެޗު ފަށައިގެން ފްރާންސް އިން ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރި ނަމަވެސް އެ ޓީމަށް ފުރަތަމަ ހާފުގައި ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.

ދެ ވަނަ ހާފުގައި ފްރާންސް އިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ހާފު ފަށައިގެން ފްރާންސް އިން ވަނީ ފުލުފުލުގައި ޕޮލެންޑްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

އެ ގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ފްރާންސް އިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މިއީ ޕޮލެންޑްގެ ޖަކޫބް ކީވިއޯ އޭރިއާތެެރެއިން ފްރާންސްގެ ފޯވާޑް, އުސްމާން ޑެމްބަލޭ އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އަކުން އެމްބާޕޭ ޖެހި ގޯލެކެވެ. މިއީ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެމްބާޕޭ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އޭގެ ދެ މިނެޓު ފަހުން ފްރާންސްގެ ބްރެޑްލީ ބާކޯލާ އަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ޕޮލެންޑްގެ އޭރިއާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ބާކޯލާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޕޮލެންޑްގެ ކީޕަރު ލޫކަސް ސްކޮރޮލްޕްސްކީ އެވެ.

އޭގެ ފަހުން، މެޗުގެ 72 ވަނަ މިނެޓުގައި ޕޮލެންޑްގެ ތަރި ލެވަންޑޯސްކީ ވަނީ އޭރިއާ ބޭރުން ބާރު ހަމަލާ އެއް ފޮނުވާލައިފަ އެވެ. އެކަމަކު، އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ދިޔައީ ބޭރަށެވެ. އޭގެ ތިން މިނެޓު ފަހުން އެމްބާޕޭ އަށް ވަނީ ލީޑު ފުޅާ ކުރަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ޕޮލެންޑްގެ ކާރޯލް ސްވިޑާސްކީ އަށް ފްރާންސްގެ ޑަޔޮޓް އުޕަމެކާނޯ، އެ ޓީމުގެ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު ރެފްރީ ވަނީ ޕެނަލްޓީ އެއް ދީފަ އެވެ. މި ޕެނަލްޓީ ލެވަންޑޯސްކީ ފުރަތަމަ ޖެހިއިރު, ފްރާންސްގެ ކީޕަރު މައިކް މައިންގްނޯން ދިފާއު ކުރި އެވެ. އެކަމަކު، ލެވަންޑޯސްކީ ޖެހުމުގެ ކުރިން މެއިންގަން ގޯލު ލައިން އިން ނުކުތުމުން ރެފުރީ ނިންމީ އަލުން ޕެނަލްޓީ ޖެހުމަށެވެ. ދެ ވަނަ ފަހަަރަށް ލެވަންޑޯސްކީ ޖެހި ޕެނަލްޓީ، ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.

މި ނަތީޖާއާ އެކު ފްރާންސް އަށް ގްރޫޕް ޑީގެ ދެ ވަނަ ލިބުނީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދިޔައީ، ނެދަލެންޑްސް އަތުން 3-2 އިް މޮޅުވި އޮސްޓްރިއާ އެވެ. އެ ޓީމަށް ތިން މެޗުން ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ނެދަލެންޑްސް އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، އެ ޓީމު ވެސް ވަނީ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox