ކްރޮއޭޝިއާ

Jun 11, 2021, 5:50 PM
ކްރޮއޭޝިއާ

މިއީ ކްރޮއޭޝިއާ އިން ޔޫރޯގައި ކުޅޭ ހަ ވަނަ ފަހަރެވެ. އަދި މި ފަހަރުގެ މުބާރާތަށް ކޮލިފައިވުމާ އެކު އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ފަސް ޔޫރޯ އަށް ވެސް ކޮލިފައިވެފަ އެވެ. އެ ޓީމުން މިހާތަނަށް ޔޫރޯގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ އަކީ 1996 އާއި 2008 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދުމެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ޔޫރޯގައި ކްރޮއޭޝިއާ ކެޓީ އެ މުބާރާތް ކާމިޔާބުކުރި ޕޯޗުގަލް އަތުން ދެ ވަނަ ބުރުގަ އެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ފްރާންސް އަތުން ބަލިވި ކްރޮއޭޝިއާ އިން މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވިއިރު، ބަލިވީ އެއް މެޗުންނެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ ޓީމު ބަލިވީ ރަށުންބޭރުގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ކްރޮއޭޝިއާ ޓީމުގައި މި ވަގުތު އޮތް ސްކޮޑަކީ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުނު ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިންނެެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ކެޕްޓަން ލޫކަ މޮޑްރިޗާއި އިވާން ރަކިޓިޗް އަދި ފޯވާޑް އަންދްރޭ ކްރަމަރިޗް އެވެ. ކޮލިފައިން ބުރުގައި ކްރޮއޭޝިއާ އިން ވިދާލީ ކުރިން ލެސްޓާ ސިޓީ އަށް ކުޅުނު ކްރަމަރިޗް އެވެ. މިހާރު ޖަރުމަނު ލީގުަގައި ހޮފެންހައިމް އަށް ކުޅެމުން އަންނަ ކްރަމަރިޗް އަކީ ޑާވޯ ސުކާ އަށް ފަހު އައި އެންމެ ރަނގަޅު އެއް ފޯވާޑް ކަމަށް ކްރޮއޭޝިއާގެ ކުރީގެ ކެޕްޓަން ނިކޯ ކޮވަޗް ވަނީ ބުނެފަ އެވެ.

ކްރޮއޭޝިއާގެ ކޯޗު ޑާލިޗް

ކޯޗު: ޒްލަޓްކޯ ޑާލިޗް

ގައުމީ ޓީމަށް ކުޅުމުގެ ނަސީބު ލިބިފައިނުވި ނަމަވެސް ޑާލިޗް ވަނީ މިހާތަނަށް ކޯޗިން ކެރިއަރުގައި ގައުމީ ޓީމުން ލިބުނު ފުރުސަތުގައި ރަނގަޅު މަސައްކަތެއް ކުރަމުންނެވެ. އޭނާ ކްރޮއޭޝިއާގެ ކޯޗުކަމާ ހަވާލުވީ 2017 ވަނަ އަހަރު އެވެ. އެ ޓީމަށް 2018 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުން ފުރުސަތު ލިބުނީ ޑާލިޗްގެ ރޭވުންތައް ރަނގަޅުވެ، މުހިއްމު މެޗުތަކުގައި އޭނާ ގެނައި އެކި ބަދަލުތައް ވެސް ރަނގަޅުވުމުންނެވެ.

ސްކޮޑު:

ކީޕަރުން: ޑޮމިނިކް ލިވަކޮވިޗް (ޑިނަމޯ ޒަގްރެބް)، ލޮވްރޭ ކަލިނިޗް (ހަޖުކް ސްޕްލިޓް)، ސިމޯން ސްލޫގާ (ލޫޓަން)

ޑިފެންޑަރުން: ސީމް ވިސާލްކޯ (އެތުލެޓިކޯ މެޑްރިޑް)، ބޯރްނާ ބަރިސިޗް (ރޭންޖާސް)، ޑޫޖް ކަލެޓާ-ކާ (މާސޭ)، ޑޭޔާން ލޮވްރެން (ޒެނިޓް)، ޔޯސިފް ޔުރަނޮވިޗް (ލެހިއާ ވޯސޯ)، ޑޮމަގޯއީ ވީޑާ (ބެސިކްޓާސް)، ޔޯސްކޯ ގްވާޑިއޯލް (ލެއިޕްޒިގު)، ޑޮމަގޯއި ބްރަޑާރިޗް (ލިލް)، މައިލް ސްކޯރިޗް (އޯސިޔެކް)

މިޑްފީލްޑަރުން: މަޓެއޯ ކޮވަސިޗް (ޗެލްސީ)، ލޫކަ މޮޑްރިޗް (ރެއާލް މެޑްރިޑް)، މާސެލޯ ބްރޮޒޮވިޗް (އިންޓަ މިލާން)، މިލާން ބަޑެލް (ޖެނޯއާ)، ނިކޯލާ ވްލަސިޗް (ސީއެސްކޭއޭ މޮސްކޯ)، މާރިއޯ ޕަސާލިޗް (އެޓަލަންޓާ)، އިވާން ޕެރިސިޗް (އިންޓަ މިލާން)، ޔޯސިޕް ބްރެކާލޯ (ވުލްފްސްބާގް)، މިސްލާޗް އޯރްސިޗް (ޑިނަމޯ ޒާގްރެބް)، ލޫކަ އިވަނުސެވިޗް (ޑިނަމޯ ޒާގްރެބް)

ފޯވާޑުން: އަންޓޭ ރެބިޗް (އޭސީ މިލާން)، ބްރޫނޯ ޕެޓްކޮވިޗް (ޑިނަމޯ ޒަގްރެބް)، އަންޓޭ ބުޑިމީއޭ (އޮސަސޫނާ)، އަންދްރޭ ކްރަމަރިޗް (ހޮފެންހައިމް)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox