241 ކޮމިޓީގެ އިންކުއަރީއަށް ސަރުކާރުން ހުރަހެއް ނާޅާ: އަސްލަމް

އަސްލަމް: އޭނާ ވަނީ ސަރުކާރުން އިންކުއަރީއަށް ހުރަސް ނާޅާ ކަމަށް ވިދާޅުވެފައި - ފޮޓޯ: މަޖިލިސް

އަސްލަމް: އޭނާ ވަނީ ސަރުކާރުން އިންކުއަރީއަށް ހުރަސް ނާޅާ ކަމަށް ވިދާޅުވެފައި - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރަމުންދާ އިންކުއަރީއަށް ސަރުކާރުން ހުރަސް އަޅާ ކަމުގެ މައުލޫމާތެއް ނެތް ކަމަށް ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތާރީހުގައި ހިންގާ ފުރަތަމަ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ކުރުމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީ އާއި މަޖިލީހާ ދެމެދު މައްސަލަ ހޫނުވެފައިވަނިކޮށް، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އިންކުއަރީއަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެގޮތުން، ސިފައިންނަށް ފަރުދީ ގޮތުން ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީނުވެވޭނެ ކަމާއި ޖަވާބުދާރީވާނީ މުއައްސަސާއިން ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ކޮމިޓީއަށް ސިޓީ ފޮނުވުމުން، އޭނާގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ނަޝީދު އަންގަވައިގެން ހުށަހެޅި އެވެ.

ރޭ އެ ސުލޫކީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، އެމްޑީޕީގެ ހަތަރު މެންބަރެއްގެ ވޯޓާއެކު މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ. އެއާއެކު، ސަރުކާރަށް އަމާޒުކޮށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފާޅުގައި ތުހުމަތުތައް ކުރައްވާފަ އެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، 241 ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ އީވާ އަބްދުﷲ ވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން، ސަރުކާރުން ބޭނުންވާ ގޮތަށް އިންކުއަރީ ހުރަސް އެޅުމަށް އަލިފުށީ ދާއިރާ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވި އެވެ.

އޭގެފަހުން ރައީސް ނަޝީދު ވެސް ވަނީ މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ނުކުރުމަށް އިސްކޮށް މަސައްކަތް ކުރައްވަނީ ރައީސް ސޯލިހު ކަމަށް ވިދާޅުވެ، ފޮރުވަން މަސައްކަތް ކުރަނީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ސަރުކާރުން ހުރަހެއް ނާޅާ ކަމަށް ވިދާޅުވި
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ސަރުކާރުން ހުރަހެއް ނާޅާ ކަމަށް ވިދާޅުވި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ސަރުކާރުން ހުރަހެއް ނާޅާ ކަމަށް ވިދާޅުވި

އެކަން ހޫނުވެފައިވަނިކޮށް، މިއަދު 241 ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވި ގޮތުގައި ސަރުކާރުން ވެސް އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވެސް އިންކުއަރީއަށް ހުރަސް އެޅުމަށް އެއްވެސް މަސައްކަތެއް ކުރާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

އޭގެ ބަދަލުގައި ހުރިހާ މުއައްސަސާއަކުން ވެސް ކޮމިޓީގެ އިންކުއަރީއަށް ފުރިހަމައަށް އެއްބާރުލުންދެމުންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވެސް ކޮމިޓީއަށް ހާޒިރުވެވަޑައިގެން، ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވައި، އެ ދެ މުއައްސަސާގެ ފުރިހަމަ އެއްބާރުލުން ކޮމިޓީއަށް ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ސަރުކާރުން މި އިންކުއަރީއަށް ހުރަސް އެޅުމަށް އެއްވެސް މަސައްކަތެއް އެއްވެސް މިންވަރަކަށް ކުރާ ކަމެއްގެ މައުލޫމާތު އަޅުގަނޑަށް ލިބިފައެއް ނެތް، ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށާއި އަޅުގަނޑުމެން މުއާމަލާތް ކުރަމުންދާ އިދާރާތަކަށް ޝުކުރު ދަންނަވަން ބޭނުން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، ރައީސް ސޯލިހު ވެސް ގުޅުއްވައި، ފުރިހަމައަށް އިންކުއަރީ ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ވެސް އަދި އެހެން ހުރިހާ ބޭފުޅުންނަށް ވެސް އެންމެ ރަނގަޅު ވާނެ ގޮތަކީ މި އިންކުއަރީ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވުން ކަމަށެވެ.

"އެހެންވީމަ އެ މަގުގައި ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރީމަ ހުންނާނީ ރަނގަޅަށް،" އަސްލަމް ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވަނީ އިންކުއަރީގެ މެދު ތެރެއިން ޑިފެންސްގެ ނައިބު ޒަމީލުގެ ސުލޫކީ މައްސަލައެއް ހުށަހެޅިގެން ދިޔުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން، އަސްލަމް ވިދާޅުވީ ސުލޫކީ މައްސަލައާ ބެހޭ މާ ތަފްސީލީ މައުލޫމާތެއް މެމްބަރުންނަށް ނުދީ، ރޭގެ ވަގުތެއްގަ އިމްތިޔާޒް ކޮމިޓީއަށް ސުލޫކީ މައްސަލައެއް ހުށަހެޅިގެން ދިޔުމަކީ ގަބޫލުކުރަން ދަތިކަމެއް ކަމަށެވެ.

ހާއްސަކޮށް 241 ކޮމިޓީއަށް ވަކި ވުޒާރާއަކުން މައުލޫމާތު ނުދިންކަމަށް ބުނެ އެ މައްސަލަ ހުށަހެޅިގެން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގަ މިފަދަ ކަންކަން މިހެން ހިނގާކަމަށް ވަނީ ނަމަ އޭގެ އަސަރު އިންކުއަރީއަށް ކުރާނެ ކަމަށް ގަބޫލުކުރެވެނީ. އަޅުގަނޑު އެދެނީ މި އިންކުއަރީއަށް ފަހިވާ ގޮތަށް ހުރިހާ ކަންކަމެއް ހުރިހާ ބޭފުޅުން ވެސް ކުރެއްވުން،" އަސްލަމް ވިދާޅުވި އެވެ.

ރޭ ހިނގާދިޔަ ކަންކަމާ ގުޅޭގޮތުން މަޖިލީހުގެ ރައީސްގެ އިތުރުން 241 ކޮމިޓީގައި ވެސް އިންނަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާ ވެސް މަޝްވަރާ ކުރެއްވި ކަމަށް އަސްލަމް އިތުރަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox