ކަރަންޓު މައްސަލައެއް ދިމާވެގެން މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާއެއްގައި ޖަލްސާ ކުރާ މާލަން ހުސްކޮށް. -ފޮޓޯ: މަޖިލިސް

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާއެއްގައި ޖަލްސާ ކުރާ މާލަން ހުސްކޮށް. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކަރަންޓު މައްސަލައެއް ދިމާވެގެން މިއަދަށް ތާވަލުކޮށްފައިވާ މަޖިލީހުގެ ޖަލްސާ ކެންސަލް ކުރަން ޖެހިއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.

މިއަދުގެ ޖަލްސާ ހެނދުނު 10:00 އަށް ތާވަލުކޮށްފައިވަނިކޮށް، މަޖިލީހުގެ މީޑިޔާ އެންޑް ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "އަދަދު"އަށް ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދުގެ ޖަލްސާ ކެންސަލްކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދިމާވެގެން އުޅޭ ޓެކްނިކަލް މައްސަލަ ޒިޔާއު ސާފުކޮށް ނުދެއްވި ނަމަވެސް، "އަދަދު"އަށް އެނގިފައިވާ ގޮތުގައި ޖަލްސާ ކެންސަލް ކުރަންޖެހުނީ މަޖިލީހުގެ އިދާރާގައި ކަރަންޓު މައްސަލަ އެއް ދިމާވެގެންނެވެ.

އަދި އެ މައްސަލަ ހައްލުކުރަން ސްޓެލްކޯއިން ވެސް މިހާރު ހަރަކާތްތެރިވަމުންދާ ކަން އެނގިފައިވެ އެވެ.

ޒިޔާއު އިތުރަށް ވިދާޅުވީ މަޖިލީހުގެ ޖަލްސާ ކެންސަލް ކުރި ނަމަވެސް، އެހެން މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގަމުންދާ ޕާލިމަންޓަރީ އިންކުޔަރީއާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު މެނދުރު 12:00 ގައި ތާވަލުކޮށްފައިވާއިރު، އެ ބައްދަލުވުން އޮންނާނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox