މަޖިލިސް ސިއްރުކޮށް، ބޮމުގެ ހަމަލާއާ ގުޅޭ ތިން މީހުންގެ ބަންދަށް އިތުރު 15 ދުވަސް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން: ބަންދަށް ވަނީ އިތުރު 15 ދުވަސް މިއަދު ޖަހާފައި

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން: ބަންދަށް ވަނީ އިތުރު 15 ދުވަސް މިއަދު ޖަހާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް އިތުރު 15 ދުވަސް މިއަދު ކުރިމިނަލް ކޯޓުން ޖަހައިފި އެވެ.

ކުރިމިނަލް ކޯޓުން މިއަދު އިތުރު 15 ދުވަސް ޖަހާފައިވަނީ މުޖާޒް އަހުމަދާއި ތަހުމީން އަހުމަދާއި އަހުމަދު އަދުހަމް ރަޝީދުގެ ބަންދަށެވެ. މީގެކުރިން ވެސް މި ތިން މީހުންގެ ބަންދަށް ދެ ފަހަރެއްގެ މަތިން 15 ދުވަސް ޖެހި އެވެ.

ކުރިމިނަލް ކޯޓުގެ އޮފިޝަލަކު މިރޭ "އަދަދު"އަށް ވިދާޅުވި ގޮތުގައި ތިން މީހުންގެ މައްޗަށް 15 ދުވަހުގެ ބަންދެއް ދީފައިވަނީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ބަންދު މަޖިލީހެއްގަ ކަމަށެވެ. ބަންދު މަޖިލީހުގެ އަޑުއެހުން ސިއްރުކޮށްގެން ކުރިއަށް ގެންދިޔައީ، އޮފިޝަލް ވިދާޅުވި ގޮތުގައި، ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންގޮސްދިނުމަށް ފުލުހުންގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދިފައިވާތީ އެވެ.

އެ މާއްދާގައި ބުނަނީ މުޖްތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުން، ނުވަތަ މުޖްތަމައުގެ އަމަންއަމާންކަން ގާއިމްކުރުން، ނުވަތަ ގައުމީ ސަލާމަތަށް ބުރޫއެރިޔަ ނުދިނުމަށްޓަކައި އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު ވަނަ މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. އެއީ، އަހުމަދު ފާތިހެވެ. އޭނާ ވެސް ބަންދު މުއްދަތެއްގައި ޖަލުގަ އެވެ.

މި ހަތަރު މީހުންނާ ގުޅޭ ހެކި ވެސް ފުލުހުންނަށް ލިބިފައިވާއިރު، ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލައި މި ހަމަލާ ފުލުހުން ގުޅުވަނީ ހަރުކަށި ފިކުރުގެ ވިސްނުމާ އެވެ.

ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި މައުލޫމާތު ދިނުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މައްސަލާގައި މިހާތަނަށް ހޯދުނު ހެކިތައް "މައްސަލައިގެ އިންސާފަށް ވާސިލްވުމަށް" މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގަށް އެއްކުރެވިފައިވާ ފޮރެންސިކް ހެކިތަކުން ވެސް މުހިންމު ހެކިތަކެއް ލިބިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. މިއީ މި މައްސަލައިގެ އިންސާފަށް ވާސިލްވުމަށް މުހިންމު ދައުރެއް އަދާ ކުރާނެ ހެކިތަކެއް،" ޝިފާއު ވިދާޅުވި އެވެ.

މަގުމަތީގައި ބަހައްޓާފައި ހުންނަ ސީސީޓީވީ ފުޓޭޖްތަކާއި އާންމުންގެ ފަރާތުން ގާތްގަނޑަކަށް 200 ވަރަކަށް ގަޑިއިރުގެ ވީޑިއޯ ލިބިފައިހުރިއިރު އެއިން ވެސް މުހިންމު މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ސީސީޓީވީ ފުޓޭޖް އެނަލެސިސްތަކުން މައްސަލައިގެ ތަހުގީގަށް ވަރަށް މުހިންމު ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކޮށްލަން،" ޝިފާއު ވިދާޅުވި އެވެ.

ޓެރަރިސްޓް ހަމަލާއަށްފަހު ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ. އެގޮތުން އެ އޮޕަރޭޝަނުގައި މާލޭންނާއި ހުޅުމާލޭން ހައްދުހަނައެޅުމުގެ ބޮޑުން ކަމަށް ބެލެވޭ ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

އެއީ، އަބްދުﷲ އަލީ މަނިކާއި މުހައްމަދު ނާޒިމެވެ. އެ ދެ މީހުން ވެސް ތިބީ ޖަލު ބަންދެއްގަ އެވެ. އޮޕަރޭޝަންގެ ތެރެއިން އައްޑޫ ސިޓީން އައިއެސްއަށް ތާއިދުކުރާ ނުވަ މީހަކު ވެސް ހައްޔަރުކުރި އެވެ.

ބޮމުގެ ހަމަލާގައި ރައީސް ނަޝީދު ވަރަށް ބޮޑަށް އަނިޔާވެވަޑައިގެންނެވި އެވެ. ގާތްގަނޑަކަށް 16 ވަރަކަށް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ނަޝީދުގެ ހަށިކޮޅުން 10 ރޭޒަރު ފުއް ޑޮކްޓަރުން ނެގި އެވެ. އަދި ހަށިކޮޅުގައި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕުލާސްޓިކު ކޮޅެއް ވެސް ތާށިވެފައި އޮތެވެ.

އިތުރު ފަރުވާއަށް ނަޝީދު މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox