241 ކޮމިޓީއަށް އަނދުން ހުސެއިންގެ ބަދަލުގައި އިންތި

މަޖިލީހުގެ ޖަލްސާއެއްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

މުޅި ރައްޔިތުންގެ މަޖިލީހުން އިގުރާރާރުވެގެން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕާލިމަންޓަރީ އިންކުއަރީއާ ހިންގަމުންދާ ދަނޑިވަޅެއްގައި، ކޮމިޓީގައި އެމްޑީޕީ ތަމްސީލު ކުރާ މެމްބަރުންނަށް އެ ޕާޓީން މިއަދު އަނެއްކާވެސް ބަދަލެއް ގެނެސްފި އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން، އެމަނިކުފާނު ފަރުވާއަށްފަހު އެނބުރި ވަޑައިގަންނަވަންދެން މަޖިލިސް ހިންގެވުމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާތީ ކަމަށް ވިދާޅުވެ، ކޮމިޓީގައި ހިމެނިވަޑައިގެންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ބަދަލުގައި އެމްޑީޕީގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ކޮމިޓީއަށް އައްޔަނުކުރި އެވެ.

ނަމަވެސް، އެ ހަމަލާއާ ގުޅޭ އިންކުޔަރީ ފެށުމާ އެކު އީވާ ވަނީ އަނބުރާ ކޮމިޓީއަށް ވަޑައިގެންފަ އެވެ. އެމްޑީޕީން އީވާ ކޮމިޓީގައި ހިމެނީ އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަދަލުގަ އެވެ.

އީވާ ކޮމިޓީއާ އަލުން ގުޅިވަޑައިގަތީ، އެ އިންކުޔަރީ ކުރިއަށްދާ ގޮތް މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ގާތުން ބެއްލެވުމަށްކަން އެނގިފައިވެ އެވެ.

އަދި އާޒިމްގެ ބަދަލުގައި ކޮމިޓީގެ ނައިބު މުގައްރިރުކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން އައްޔަނުކުރެވުނެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި އެމްޑީޕީން އަނެއްކާވެސް ކޮމިޓީ ތަމްސީލު ކުރާ އެ ޕާޓީގެ މެމްބަރުން ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.

އެގޮތުން، މިހާރު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބަދަލުގައި އެމްޑީޕީން ކޮމިޓީގައި ހިމަނަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އާ ބަދަލާއެކު 241 ކޮމިޓީ އެކުލެވިގެންވާ ގޮތް

  1. މުހައްމަދު އަސްލަމް - ހިތަދޫ އުތުރު ދާއިރާ - އެމްޑީޕީ - މުގައްރިރު
  2. ހަސަން ލަތީފް - ހެންވޭރު ހުޅަނގު ދާއިރާ - އެމްޑީޕީ - ނައިބު މުގައްރިރު
  3. އަލީ ނިޔާޒް - ހުޅުމާލެ ދާއިރާ - އެމްޑީޕީ
  4. އިމްތިޔާޒް ފަހުމީ - މާފަންނު އުތުރު ދާއިރާ - އެމްޑީޕީ
  5. އީވާ އަބްދުﷲ - ގަލޮޅު އުތުރު ދާއިރާ - އެމްޑީޕީ
  6. އަބްދުލްޣަފޫރު މޫސާ - ހަނިމާދޫ ދާއިރާ - އެމްޑީޕީ
  7. އިލްޔާސް ލަބީބް - ހުޅުދޫ ދާއިރާ - އެމްޑީޕީ
  8. ހިސާން ހުސެއިން - ތުޅާދޫ ދާއިރާ - އެމްޑީޕީ
  9. އާދަމް ޝަރީފް - މަޑުއްވަރީ ދާއިރާ - ޕީއެންސީ
  10. މުހައްމަދު ޣައްސާން މައުމޫން - ގުރައިދޫ ދާއިރާ - ޕީޕީއެމް
  11. އަބްދުﷲ ރިޔާޒް - ތިމަރަފުށި ދާއިރާ - ޖުމްހޫރީ ޕާޓީ
  12. އަހުމަދު ސިޔާމް މުހައްމަދު - މީދޫ ދާއިރާ - އެމްޑީއޭ
  13. ސައުދު ހުސެއިން - ވިލިނގިލި ދާއިރާ - އަމިއްލަ

މަޖިލިސް ތަމްސީލުކުރާ ހުރިހާ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުން ހިމެނޭގޮތަށް ޖުމްލަ 13 މެމްބަރުންގެ ކޮމިޓީގައި، މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮންނަ އެމްޑީޕީގެ އަށް މެމްބަރުން ތިއްބަވަ އެވެ.

އެމްޑީޕީގެ ތެރޭގައި ގާނޫނީ ވަކީލުކަމުގެ ބެކްގްރައުންޑް ހުރި ހިސާންގެ އިތުރުން އިންތި 241 ކޮމިޓީއަށް އައްޔަނުކޮށްފައިވާއިރު، ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކުރުމާ މެދު މަޖިލީހާއި އެމްއެންޑީއެފްގެ މެދުގައި ވަނީ ހިޔާލުތަފާތުވެފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ނަޝީދަށް ސެކިޔުރިޓީ ފޯރުކޮށްދިނުމަށް ފެއިލްވި ކަމަށް ބުނެ އެމްއެންޑީއެފް އަށެވެ.

ވަކިވަކި ސިފައިން ހާޒިރުކުރަން ކޮމިޓީން ބޭނުންވަނީ ދިފާއީ ބާރުގެ ތެރެއިން ކަންކަން ހިނގާފައިވާގޮތް އޮޅުންފިލުވުމަށެވެ.

ނަމަވެސް، ކޮމިޓީއަށް ހާޒިރުކުރަން ލިސްޓު އެކުލަވާލަމުން ދިޔަ ދަނޑިވަޅުގައި އެމްއެންޑީއެފުން ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެ ވަރުގަދަ ބަޔާނެއް ނެރެފަ އެވެ.

އެ ދިގު ބަޔާނުގައި ބުނީ އެންކުއަރީއަށް ސިފައިން އެއްބާރުލުން ދޭނެ ކަމަށެވެ. އެކަމަކު ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާ އެވެ. ގާނޫނު އަސާސީގެ އިތުރުން ސިފައިންގެ ގާނޫނާ ހަވާލާދީ، ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލެއް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، އެކަމުގައި މަޖިލީހުގެ ހިޔާލުތަފާތެވެ.

މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލުކުރެވިދާނޭ ކަމަށް މަޖިލީހުން ދެކެނީ ގާނޫނު އަސާސީއަށާއި މަޖިލީހުގެ ގަވާއިދާއި ކުރީގެ ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ އިސްތިރާޝީ ލަފައަކަށް ބިނާކޮށެވެ.

2011، މާޗް 10 ވަނަ ދުވަހު ނެރެފައިވާ އެ އިސްތިޝާރީ ލަފާގައި ބުނެފައި އޮންނަނީ، ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ނުވަތަ ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވިޔަސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީ ގައި ބުނެފައި އޮންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ކޮމިޓީން ސިފައިންގެ އެކި ރޭންކުތަކުގެ 40 އެއްހާ ސިފައިންނާ ސުވާލުކުރަން ބޭނުންވެ އެވެ.

އެގޮތުން، އެންމެ ފުރަތަމަ ހާޒިރުކުރަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

ޝަމާލް ކޮމިޓީއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރު 1:00 ގައި ކަން އެނގިފައިވެ އެވެ.

އޭގެ އިތުރުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ހާޒިރުކުރަން ނިންމާފައިވީ ނަމަވެސް، އަދި ވަކި ދުވަހެއް އަންގައިފައެއް ނުވާކަން ވެސް އެނގިފައިވެ އެވެ.

ދިފާއީ ބާރުގެ އިތުރުން، އިންޓެލިޖެންސާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިސް ބޭފުޅުން ވެސް ކޮމިޓީގެ ލިސްޓުގައި ހިމެނެ އެވެ.

އެގޮތުން، އިއްޔެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ހޯދައިފަ އެވެ.

ދިރިއުޅުއްވާ ގެކޮޅު ކައިރިން، ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގަތެވެ. ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށް ފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން އޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމިޓީގެ ރިޕޯޓު އަންނަ މަހުގެ ނިޔަލަށް ނިންމަން އަމާޒުހިފާފައިވާއިރު، މި އިންކުއަރީގެ ތެރެއިން ކޮމިޓީން ފާހަގަކުރެވޭ މައްސަލަތަކާއި ރަނގަޅު ކުރަންޖެހޭ ހުރިހާ ކަމެއް ހުށަހެޅުންތަކުގެ ތެރޭގައި ރިޕޯޓުގައި ހިމެނިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox