ކޯޓުގެ ބެންޗުގައި ދެން އިށީންނާނީ ނާއިންސާފެއް ގަބޫލު ކުރާ ބޭފުޅުން، އެބައެއްގެ ފެށުން ވެސް ގޯސް: އިންތި

އިންތި ޑިމޮކްރެޓްސްގެ ބައްދަލުވުމެއްގައި: ވިދާޅުވީ ގައުމަށް ބަދަލެއް ގެނެވޭނީ ރައްޔިތުން މަސައްކަތްކޮށްގެން ކަމަށް -- ފޮޓޯ: އަދަދު ފައިލް

އިންތި ޑިމޮކްރެޓްސްގެ ބައްދަލުވުމެއްގައި: ވިދާޅުވީ ގައުމަށް ބަދަލެއް ގެނެވޭނީ ރައްޔިތުން މަސައްކަތްކޮށްގެން ކަމަށް -- ފޮޓޯ: އަދަދު ފައިލް

ގައިރު ގާނޫނީކޮށް ބުދަ ދުވަހު ވަކި ކުރި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ބަދަލުގައި އެ ކޯޓަށް ދެން އަންނާނީ ފަނޑިޔާރުން ވަކި ކުރި ގޮތަށް އެއްބަސްވާ ބޭފުޅުން ކަމަށާއި އެ ބައެއްގެ ފެށުން ވެސް ގޯސްވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އަދަދު އަށް ދެއްވި އިންޓަވިއުއެއްގައި އިންތި ވިދާޅުވީ އިންތި ވިދާޅުވީ، ދެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާ ބޭފުޅުން ވަޑައިގަންނަވާނީ "ނާއިންސާފެއް ގަބޫލުކޮށްގެން" އެކަމާ އެއްބަސްވެގެން ކަމަށެވެ.

"މި ހާލަތުގައި ސުޕްރީމް ކޯޓަށް ދާން އެއްބަސްވާ ބޭފުޅަކު ވެސް ވަޑައިގަންނަވަން އެއްބަސްވާނީ، މިހާރު މި ފަނޑިޔާރުން ވަކި ކުރި ގޮތް ގަބޫލު ކުރެވިގެން. ސުޕްރީމް ކޯޓުގެ ބެންޗުގައި ދެން އިށީންނަ މީހާގެ މަސައްކަތް އެ ފެށެނީ ވެސް ބޮޑު ނަހަމައަކުން، ނާއިންސާފެއް ގަބޫލުކޮށްގެން އިނދެގެން. ދެން އެފަދަ ބަޔަކު ގޮސް ހިންގާނެ ކަންތައްތަކަކީ ވަރަށް ނާއިންސާފު ކަންތައްތަކަކަށްވާނެ ކަމަށް ބެލެވެނީ. މިނިވަނެއް ނުވާނެކަން ލަފާ ކުރެވެނީ،" އިންތި ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ވަކި ކުރީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. އެ ދެ ބޭފުޅުން ވަކި ކުރީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ގައިރު ގާނޫނީ ތަހުގީގެއް މައްޗަށް ބިނާކޮށެވެ. މަހާޒް އާއި އަޒްމިރާލްދާ ވަކި ކުރަން މަޖިލީހުން ނިންމީ، ޖޭއެސްސީގެ ތަހުގީގު ގާނޫނާ ހިލާފު ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެފައި އޮއްވަ އެވެ.

އިންތި ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ބޭރު ކުރުމުން ކޯޓު ބަދަލުވެގެންދާނީ ރަބަރު ސްޓޭމްޕު ޖަހާ ތަނަކަށް ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އަދި ވިދާޅުވީ މިވަގުތު މި އޮތީ ވެރިކަން ހިންގާ ބާރާއި ގާނޫނު ހަދާ ބާރާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު އެއްވެފައި ކަމަށެވެ.

"ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް ފޮތުގައި އޮތަސް އެ ނިޒާމެއް ނޫން މިހާރު މި ހިނގަނީ. އެއީ ސުޕްރީމް ކޯޓަށް މި ހެދި ގޮތުން. ސުޕްރީމް ކޯޓަކީ ސަރުކާރުގެ ރަބަރު ސްޓޭމްޕު ތަނަކަށް ވާނެ ހެން ލަފާ ކުރެވެނީ. މަޖިލިސް މިހާރު ވެސް މި މަސައްކަތް ކުރަނީ ރަބަރު ސްޓޭމްޕް ޖަހާ ތަނެއްގެ ގޮތުގައި. މިނިވަން މުއައްސަސާތައް ވެސް އެގޮތަށް ދާނީ ކުރިއަށް އޮތް ދުވަސްތަކުގައި،" މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު އަދާ ކުރެއްވި އިންތި ވިދާޅުވި އެވެ.

އޭގެ އިތުރުން އިންތި ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ޑިމޮކްރަސީގެ ހަމަތައް ވެސް ގައުމުން ނެތިގެންދާނެ ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ވެސް ކުރިއަށް އޮތް ތަނުގައި ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަންކަން ހުއްޓުވައި، ބަދަލެއް ގެނެވޭނީ ރައްޔިތުން ނުކުމެ މަސައްކަތް ކޮށްގެން ކަމަށެވެ.

"މި ވެރިކަމުގެ ދެން ބާކީ މި އޮތް ދުވަސްތައް ދާނީ މިހެން އަޅުގަނޑުމެން ރައްޔިތުން މިކަމަށް ސަމާލުވެގެން އެއީ ރައްޔިތުންގެ ޒިންމާއެއް ކަމަށް ދެކިގެން މަސައްކަތް ނުކުރާ ކަމަށްވަނީ ނަމަ. އަބަދުވެސް އެ ބުނަނީތާ، ހާލަތު ބަދަލުވާނީ އެބަޔަކު އަމިއްލައަށް ބަދަލު ކުރީމައޭ،" އިންތި ވިދާޅުވި އެވެ.

"މިކަންކަން ބަދަލު ކުރަން ރައްޔިތުން އިންޓްރެސްޓެއް ނަގައިގެން މެނުވީ ނުވާނެ. ރައްޔިތުންގެ ކަމަކަށް ހަދައިގެން، އެންމެންވެގެން އުޅެގެން ދެން ބަދަލެއް ގެނެވޭނީ. އަނެއްކާ ކުރީ ޒަމާނުގައި ފެށި މަސައްކަތް ފަށަންޖެހޭ ހިސާބަށްދަންޏާ ވަރަށް ދެރަ މައްސަލައެއް ނޫންތޯ އެއީ. އެ ހިސާބަށް ދިޔުމުގެ ކުރިން އެންމެން އެކީ ތެދުވެގެން ނޫނިއްޔާ މިކަމަކުން ސަލާމަތެއް ނުވާނެ."

ފަނޑިޔާރުން ވަކި ކުރަން އިއްޔެ މަޖިލީހުން ނިންމުމުން، އަޒްމިރާލްދާ ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ. އޭގައި ވިދާޅުވެފައި ވަނީ ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ވެރިކަން ކުރާ ޕާޓީގެ މެންބަރުން ކުރިއަށް ގެންދިޔައީ "އަޅުވެތި ސޯބުތަކެއް" ގޮތަށް ކަމަށެވެ.

"އެ ނިންމެވުން ނިންމަވާފައިވަނީ އަޅުގަނޑު އެއްވެސް ކުށެއް ނުކުރާކަން ވެރިކަން ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ސުޕަ މެޖޯރިޓީ މެންބަރުންނަށް ވެސް އެނގިވަޑައިގެން ތިއްބަވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން،" އަޒްމިރާލްދާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox