ވޮލީ ތަރި ލޯންގޭ ކޮވިޑަށް ޕޮޒިޓިވް

ވޮލީ ތަރި ލޯންގޭ ކޮވިޑަށް ޕޮޒިޓިވް

ފަނަރަ އަހަރު ވަންދެން ގައުމީ ވޮލީ ޓީމަށް ކުޅުނު ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ސިފައިންގެ ވަޒީފާ އަދާކުރާ ލޯންގޭ ކޮވިޑަށް ޕޮޒިޓިވްވީ ކޮވިޑް-19ގެ އަލާމަތްތައް ފެންނާތީ ޓެސްޓް ކުރުމުންނެވެ. އޭނާ އަށް ޓެސްޓްގެ ނަތީޖާ ލިބުނީ ރޭގަ އެވެ. ލޯންގޭއާ އެކު އޭނާގެ އަންހެނުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

"އިންޝާﷲ ރަނގަޅުވަމުން އަންނަނީ. ގައިގައި ރިއްސުމާއި ރަހަ ނުލުމާއި ވަސް ނުުދުވުން ކަހަލަ ކަންކަން މި ހުރީ،" ލޯންގޭ، 34، "އަދަދު" އަށް ބުންޏެވެ.

Advertisement

ވ. ކެޔޮދު އަށް އުފަން ލޯންގޭ ވަނީ ޖޫނިއާ ޓީމަށް ކުޅުނު ދެ އަހަރާއި އެކު ޖުމްލަ 17 އަހަރު ގައުމީ ޓީމަށް ކުޅެފަ އެވެ. ލޯންގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އެންމެ ފަހުން 2019 ވަަނަ އަހަރު ބޭއްވި ސެންޓްރަލް ޒޯން މުބާރާތަށް ފަހު އެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް މިދިޔަ އަހަރު ހާސިލްކުރި ލޯންގޭ އަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ފުރުސަތު ލިބުނީ 2004 ވަނަ އަހަރުގެ ސާފް ގޭމްސް އިންނެވެ. އޭގެ ފަހުން އޭނާ ވަނީ މެދުކެނޑުމެއްނެތި 15 އަހަރު ގައުމީ ސީނިއާ ޓީމަށް ކުޅެފަ އެވެ. އަނިޔާވެގެން ނޫން ގޮތަކަށް އޭނާ އަަށް ގައުމީ ޓީމުން ފުރުސަތު ގެއްލިފައެއް ނުވެ އެވެ.

ކޯޗު އިބްރާހިމް ރަޝީދު (ސަތޯ)ގެ ކޯޗުކަމުގެ ދަށުން 2001 ވަނަ އަހަރު އެމްއީއެސް ވޮލީ ޓީމުން ވިދާލި ލޯންގޭ އަކީ ރާއްޖޭގެ ވޮލީގައި ގިނަ ކާމިޔާބީތެއް ހޯދައި ރަން އަކުރުން ފަވާލެވޭނެ ފެންވަރުގެ ކުޅުންތެރިޔެކެވެ. މެދުކެނޑުމެއްނެތި ގައުމީ ޓީމުގައި ހިމެނުނު ލޯންގޭ އޭނާ ކުޅުން ހުއްޓާލުމާ ގާތަށް ދިޔައިރު ޓީމުގެ ކެޕްޓަންކަން ކުރި އެވެ. މޮރިޝަސްގައި 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ކެޕްޓަންކަން ކުރީ ވެސް ލޯންގޭ އެވެ.

ދިގު ކެރިއަރުގައި ލޯންގޭ ވަނީ ގައުމީ ޓީމާ އެކު ދެ ރިހި މެޑަލާއި ދެ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. ދިވެހި ސިފައިންގެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ލޯންގޭ އަންނަނީ ވޮލީ ކޯޗިންގެ ތެރޭގައި ވެސް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox