އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ތިމާވެއްޓާ ރައްޓެހި "ގްރީން ކޮންކްރީޓް" ރާއްޖެއަށް ތައާރަފުކުރަން ތައްޔާރުވެއްޖެ އެވެ.
ގްރީން ކޮންކްރީޓަކީ ޖައްވަށް ބޭރުކުރާ ކަބަންޑައިއޮކްސައިޑް 30 ޕަސެންޓާ ހަމައަށް ދަށްކޮށްދޭ ބާވަތުގެ ކޮންކްރީޓެކެވެ. އަދި އާންމުކޮށް އުފައްދާފައިވާ ކޮންކްރީޓްތަކާއި ހިލާފަށް ރިސައިކަލް މާއްދާތައް ގިނައިން ބޭނުންކޮށްގެން އުފައްދާ ކޮންކްރީޓެކެވެ.
އެސްޓީއޯގެ ތިމާވެއްޓާ ރައްޓެހި ޕްރޮޑަކްޓް ލައިނަށް އިތުރުވި މި ގްރީން ކޮންކްރީޓް ރާއްޖޭގެ ބާޒާރަށް ނެރެނީ ސެޕްޓެމްބަރު މަހުގަ އެވެ. އަދި މި ކޮންކްރީޓް ސަޕްލައި ކުރާނީ އެސްޓީއޯ ރެޑީމިކްސް ކޮންކްރީޓް ސަޕްލައިކުރާ ވެހިކަލްތައް ބޭނުންކޮށްގެނެވެ.
ތިމާވެއްޓާއި ރަހުމަތްތެރި މި ކޮންކްރީޓަކީ ޖައްވަށް ބޭރުކުރާ ކާބަންޑަ އޮކްސައިޑް 30 އިންސައްތަ އާއި ހަމައަށް ދަށްކޮށްދޭ ބާވަތުގެ ކޮންކްރީޓެއް -- އެސްޓީއޯ
އެސްޓީއޯއިން ވިއްކާ ތިމާވެއްޓާ ރައްޓެހި ޕްރޮޑަކްޓުތަކުގެ ތެރޭގައި އިމާރާތްކުރަން ބޭނުންކުރާ "ރެނާކޮން" ގާ ހިމެނެ އެވެ. މިއީ ރިސައިކަލް އާލާތްތައް ބޭނުންކޮށްގެން އުފައްދާފައިވާ "އީކޯ ފްރެންޑްލީ" ދަރަޖަ ލިބިފައިވާ ގަލެކެވެ.










