ޔުނައިޓެޑުން އަނެއްކާ ވެސް ސަންޗޯ ހޯދަން މަސައްކަތް ފަށައިފި

Jun 6, 2021, 4:05 AM
ޔުނައިޓެޑުން އަނެއްކާ ވެސް ސަންޗޯ ހޯދަން މަސައްކަތް ފަށައިފި

މެންޗެސްޓާ (ޖޫން 6) - ބޮރޫޝިއާ ޑޯޓްމަންޑްގެ އިނގިރޭސި ވިންގް ޖޭޑަން ސަންޗޯ ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ކުރާ މަސައްކަތް އަނެއްކާ ވެސް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރު ޔުނައިޓެޑުން ސަންޗޯ ހޯދަން ތިން ބިޑެއް ކުރި ނަމަވެސް ޑޯޓްމަންޑުން ބޭނުންވާ އަގު ދޭން ދެކޮޅު ހަދާތީ އެ ޑީލް ކުރިއަށް ނުދިޔަ އެވެ.

ސަންޗޯ ގަންނަން ޔުނައިޓެޑުން މިދިޔަ އަހަރު ކުރި ފަހު ބިޑަކީ 117 މިލިއަން ޑޮލަރުގެ ބިޑެކެވެ. ޑޯޓްމަންޑުން ވަނީ އެ ހުށަހެޅުން ވެސް އަނބުރާ ފޮނުވާލައިފަ އެވެ. ޑޯޓްމަންޑުން ޔުނައިޓެޑަށް އަންގާފައިވަނީ 135 މިލިއަން ޑޮލަރު ނޫން އަގަކަށް ސަންޗޯ ނުވިއްކޭނެ ކަމަށެވެ. އަދި އެ ޑީލްގެ އަގުތައް ދައްކަން ޖެހޭނީ ވެސް ފުރަތަމަ 100 މިލިއަން ޑޮލަރު ދޭ ގޮތަށް ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ކުރި ފަހު ބިޑްގައި ވެސް ފުރަތަމަ ދައްކަން ހިމަނާފައި އޮތީ 70 މިލިއަން ޑޮލަރެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ފަހަރު ޑޯޓްމަންޑުން ސަންޗޯ ވިއްކާލަން ކިޔާ އަގު ވަނީ ކުޑަކޮށްފަ އެވެ. މި ފަހަރު ޑޯޓްމަންޑްގެ ބޭނުންވަނީ 110 މިލިއަން ޑޮލަރަށް ސަންޗޯ ވިއްކާލާށެވެ. އެއީ ފުރަތަމަ 85 މިލިއަން ޑޮލަރު ދޭގޮތަށެވެ. އަދި ބާކީ ބައި ދެ އަހަރަށް ބަހާލައިގެން ދޭ ގޮތަށެވެ. މި ގޮތަށް ޑީލް ކުރިއަށް ގޮސްފިނަމަ ޔުނައިޓެޑުން މި ފަހަރު ސަންޗޯ ގަންނާނީ މީގެ އެއް އަހަރު ކުރިން ޑޯޓްމަންޑް ކީ އަގަށް ވުރެ 25 މިލިއަން ޑޮލަރު އަގުހެޔޮކޮށެވެ.

އިންގްލެންޑްގެ ޕްރެކްޓިހެއްގެ ތެރެއިން ސަންޗޯ ބޯޅަ ހިފައިގެން.

އުމުރުން 20 އަހަރުގެ ސަންޗޯ އަންނަ ސީޒަނުގައި ފެންނާނީ އިނގިރޭސި ޕްރިމިއާ ލީގުން ކަމަށް އޭނާގެ ގާތް ފަރާތްތަކާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިންޑިއާގައި 2017 ވަނަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިންގްލެންޑް ޓީމުގައި ހިމެނޭ ސަންޗޯ ޑޯޓްމަންޑަށް ބަދަލުވީ އެ މުބާރާތަށް ފަހު އެވެ. ޖަރުމަނުގެ ގަދަބާރު ޑޯޓްމަންޑުން ސަންޗޯ ގަތީ 2017 ވަނަ އަހަރު މެންޗެސްޓާ ސިޓީން 10 މިލިއަން ޑޮލަރު ދައްކައިފަ އެވެ. މުޅި ޑީލް އެއްކޮށް ނިމުނުއިރު، ޑޯޓްމަންޑުން ދެއްކި ފީ ވަނީ 14 މިލިއަން ޑޮލަރަށް އަރައިފަ އެވެ.

ޓްރާންސްފާ މާކެޓްގެ އެހެން ހަަބަރުތަކަށް ބަލާއިރު ނޯވިޗް ސިޓީގެ އާޖެންޓީނާ މިޑްފީލްޑަރު އެމީ ބުއެންޑީއާ ހޯދުމުގެ ރޭހުގައި އާސެނަލް ފަހަތައް ޖައްސާލައި އެސްޓަން ވިލާ ވަނީ ކުރިހޯދައިފަ އެވެ. އެސްޓަން ވިލާ އިން ބުއެންޑީއާ ގެންނާނީ އެ ކްލަބްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގޮތުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ލިވަޕޫލުން އަންނަނީ އޮސްޓްރިއާގެ އާރްބީ ސަލްޒްބާގަށް ކުޅޭ ފޯވާޑް ޕެޓްސަން ޑަކާ ހޯދަން މަޝްވަރާކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox