ޔޫރަޕްގެ ކާމިޔާބަށް ފަހު ޓުޗެލް ޗެލްސީގެ ކޮންޓްރެކްޓް އާކޮށްފި

Jun 4, 2021, 12:06 PM
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް.

ލަންޑަން (ޖޫން 4) - މިދިޔަ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމާ ހަވާލުވެ އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު ދެ އަހަރަށް އާކޮށްފި އެވެ.

ޗެލްސީ އަށް ކުރިން ކުޅުނު ލަމްޕާޑް އެ ޓީމާ ހަވާލުވިތާ 18 މަސް ދުވަސް ފަހުން ވަކިކޮށް ޖެނުއަރީ މަހު ޓުޗެލް އަށް ދިނީ 18 މަސް ދުވަހުގެ ކޮންޓްރެކްޓެކެވެ. އެ އެއްބަސްވުމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޓުޗެލް ވަނީ ޗެލްސީ އަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަމުގެ އިތުރުން އެފްއޭ ކަޕްގެ ފައިނަލުގެ ފުރުސަތާއި އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ވަނަ ހޯދައިދީފަ އެވެ. އެފްއޭ ކަޕް ފައިނަލުގައި ލެސްޓާ ސިޓީ އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ.

ޓުޗެލް މިއަދު ޗެލްސީއާ އެކު އެއްބަސްވުން އާކުރީ 2024 ޖޫން މަހުގެ ނިޔަލަށެވެ. މެންޗެސްޓާ ސިޓީ ބަލިކޮށް މިދިޔަ ހޮނިހިރު ދުވަހު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި މެޗަށް ފަހު ޓުޗެލް ވަނީ ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗާ ދެެކެވުނު ވާހަކަތަކަށް ފަހު އާ ކޮންޓްރެކްޓަކާ މެދު އުއްމީދުކުރެވޭ ކަމަށް ބުނެފަ އެވެ.

"ކުރިން ވެސް ބުނިހެން މިއީ ކޮންޓްރެކްޓް އާ ކުރަން އެންމެ ރަނގަޅު ވަގުތު. އަހަރެން ބޭނުން ޗެލްސީގައި އިތުރު ކަންތައްތަކެއް ހާސިލްކުރަން. މި ކޮންޓްރެކްޓާ އެކު އެ ފުރުސަތު އެ ލިބުނީ،" ޗެލްސީގެ އާ ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު ޓުޗެލް ބުންޏެވެ.

ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީގެ ރެކޯޑް ރަނގަޅެވެ. އޭނާގެ ކޯޗުކަމުގައި 30 މެޗު ކުޅުނުއިރު، 19 މެޗުން މޮޅުވި އެވެ. ފަސް މެޗުން ބަލިވިއިރު، ހަ މެޗުން ވަނީ އެއްވަރުވެފަ އެވެ.

އަންނަ ސީޒަނަށް ޗެލްސީ ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ތިން ކުޅުންތެރިން ވަރު ބޭނުންވާނެ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

ޖަރުމަނުގެ އޯގްސްބާގުން 2007 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޓުޗެލް ވަނީ އެއް އަހަރު ފަހުން މައިންޒާ ހަވާލުވެފަ އެވެ. ޑިފެންޑަރަކަށް ކުޅުނު ޓުޗެލް ކޯޗިން ކެރިއަރުގައި ބޮޑަށް ފާހަގަވާން ފެށީ 2015 ވަނަ އަހަރު ޑޯޓްމަންޑާ ހަވާލުވި ފަހުންނެވެ. އެ ޓީމަށް 2017 ވަނަ އަހަރު ޖަރުމަނު ކަޕް ކާމިޔާބުކޮށްދިނެވެ. ޕީއެސްޖީއާ އެއް އަހަރު ފަހުން ގުޅުމަށް ފަހު އެ ޓީމާ އެކު ހަ މުބާރާތް ކާމިޔާބުކުރި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ޓުޗެލް ވަނީ ޕީއެސްޖީއާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަޔާން އަތުން ބަލިވެފަ އެވެ. މި ފަހަރު ޗެލްސީއާ އެކު އެ މުބާރާތް ކާމިޔާބުކުރީ އެވެ. ޓުޗެލް މިދިޔަ ޑިސެމްބަރު މަހު ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރީ ފްރެންޗް ލީގުގައި އެ ޓީމުގެ ނަތީޖާތަށް ދަށްވުމުންނެވެ.

ޗެލްސީން އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2012 ވަނަ އަހަރު، އެ ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވެ ކޯޗަކަށް މަސައްކަތްކުރި އިޓަލީގެ ކޯޗު ރޮބާޓޯ ޑި މަޓެއޯގެ އިރުޝާދުގެ ދަށުންނެވެ. އެ ފަހަރު ޗެމްޕިއަންސް ލީގުގެ ކާމިޔާބީ އަށް ފަހު އެ އަހަރު ޖޫން މަހު ޑި މަޓެއޯ އަށް ދެ އަހަރުގެ އެއްބަސްވުމެއް ޗެލްސީން ދިނެވެ. އެކަަމަކު ފަހުން ނަތީޖާތައް ދަށްވެ އެ އަހަރު ނޮވެމްބަރު މަހު އޭނާ މަގާމުން ވަކިކުރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox