ޗެރިޓީ އަށް މަސައްކަތް ކުރާތީ ޑްރޮގްބާ އަށް ހާއްސަ ޑިގްރީ އެއް

Jun 4, 2021, 8:05 AM
ޑްރޮގްބާ އަށް އޮނޮރަރީ ޑިގްރީ އެއް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ޑްރޮގްބާ އަށް އޮނޮރަރީ ޑިގްރީ އެއް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

އަބީޖާން، އައިވަރީ ކޯސްޓް (ޖޫން 4) - އައިވަރީ ކޯސްޓްގެ ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީވުމަށް ޑިޑިއޭ ޑްރޮގްބާ ޗެރިޓީ އަށް ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ގައުމުގެ ޔުނިވާސިޓީ އަކުން އިސްނަގައިގެން ޑްރޮގްބާ އަށް އޮނަރަރީ ޑިގްރީއެއް ދީފި އެވެ.

ކުރިން ޗެލްސީ އަށް ކުޅެ ބޮޑު މަގުބޫލުކަމެއް ހޯދި އުމުރުން 43 އަހަރުގެ ޑްރޮގްބާ އަށް ޑިގްރީއެއް ދިނީ އައިވަރީ ކޯސްޓުގެ ޔުނިވާސިޓީއެއްގެ އިސްނެގުމާ އެކު އެފްރިކާގެ ގިނަ ގައުމުތަކެއްގެ ޔުނިވާސިޓީތައް އެކުވެގެން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ ރުސްޓާގެ ފަރާތުންނެވެ.

އައިވަރީ ކޯސްޓް ގައުމީ ޓީމަށް 2002-2014 އަށް 105 މެޗުން 65 ގޯލް ޖަހައިދީފައިވާ ޑްރޮގްބާ ވަނީ 2015 ވަނަ އަހަރު އެ ޓީމަށް އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދީފަ އެވެ. ޑްރޮގްބާ ވަނީ އޭނާ އެންމެ މޮޅަށް ކުޅުނު ޗެލްސީގައި ހުރެ އިނގިރޭސި ޕްރިމިއާ ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

އައިވަރީ ކޯސްޓަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔަކީ ޑްރޮގްބާ.

އައިވަރީ ކޯސްޓް ގޮވައިގެން ތިން ވޯލްޑް ކަޕެއްގައި ކުޅުނު ޑްރޮގްބާ ވަނީ އެ ގައުމުގެ މުޖުތަމައުގެ ހަމަޖެހުމަށް ވެސް ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. އެގޮތުން 2005 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގެ މެޗަކަށް ފަހު ޑްރޮގްބާ ވަނީ ޓީވީ ކެމެރާތައް އައިވަރީ ކޯސްޓުގެ ޗޭންޖިން ރޫމަށް ގެންގޮސްގެން ހާއްސަ އިންޓަވިއުއެއް ދީ ސޫދާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލަން އެދިފަ އެވެ. އޭގެ ދުވަސް ކޮޅެއް ފަހުން އެ ހަނގުރާމަ ހުއްޓާލިއިރު، ޑްރޮގްބާ އަށް ގިނަ ބަޔަކު ތައުރީފުކުރި އެވެ.

ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ގުޑްވިލް އެމްބަސަޑަރަކަށް ޑްރޮގްބާ ހަމަޖެއްސީ 2007 ވަނަ އަހަރު އެވެ. އަދި 2009 ވަނަ އަހަރު ޑްރޮގްބާ ވަނީ ޕެޕްސީގެ އިޝްތިހާރުތައް ކުޅެގެން އޭނާ އަށް ލިބުނު ތިން މިލިއަން ޑޮލަރުން އަމިއްލަ ގައުމުގައި ހޮސްޕިޓަލެއް އަޅައިފަ އެވެ. އެ ހޮސްޕިޓަލް ވަނީ ކޮވިޑް-19ގެ ކަންތައްތައް ކުރަން އައިވަރީ ކޯސްޓް ސަރުކާރަށް ވަގުތީ ގޮތުން ދޫކޮށްލައިފަ އެވެ.

ފުޓްބޯޅަ އަށް ޑްރޮގްބާ ކޮށްދިން ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޔުއެފާ ރައީސް އަލެކްސަންޑަ ކެފެރިން ވަނީ މިދިޔަ އަހަރު ޑްރޮގްބާ އަށް ޔުއެފާގެ ޕްރެޒިޑެންޓްސް އެވޯޑް ދީފަ އެވެ. ކެފެރިން ވިދާޅުވީ ޑްރޮގްބާ އަކީ އެފްރިކާގެ ވަރުގަދަ ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ ސެމުއެލް އެޓޫ އާއި ޖޯޖް ވެއާ ފަދަ މަގުބޫލު ސަހުސިއްޔަތެއް ކަމަށެވެ.

ޑްރޮގްބާ އަންނަނީ އައިވަރީ ކޯސްޓްގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބުގައި ވާދަކުރަމުންނެވެ. މިދިޔަ އަހަރު ބާއްވަން ނިންމި އިންތިހާބުގައި ޑްރޮގްބާގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޓޯރަލް ކޮމިޓީން ނިންމި މައްސަލަ ހޫނުވެ، ފީފާ އިން ނިންމީ އިންތިހާބު ސަސްޕެންޑްކުރާށެވެ. އަދި ފީފާ އިން ވަނީ މި އަހަރުގެ ނިޔަލަށް އާ އިންތިހާބެއް ބޭއްވުމަށް މެންޑޭޓެއް ދީ ނޯމަލައިޒިން ކޮމިޓީއަކާ އައިވަރީ ކޯސްޓް ފުޓްބޯޅަ ފެޑެރޭޝަން ހިންގުން ހަވާލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox