241 ކޮމިޓީއަށް ޖަވާބު ދާރީ ވާނީ މުއައްސަސާއިން، ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރުވޭނެ

ރައީސް ނަޝީދުގެ ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ އިސްވެރިން. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައީސް ނަޝީދުގެ ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ސިފައިންގެ އިސްވެރިން. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިން އިރު، އެމަނިކުފާނަށް ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތުގެ ޕާލިމަންޓަރީ އެންކުޔަރީއަށް ސިފައިން އެއްބާރުލުން ދޭނެ ކަމަށާއި، ނަމަވެސް ވަކިވަކި ސިފައިން ހާޒިރުނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ނިންމައިފި އެވެ.

ނަޝީދަށް ދިން ހަމަލާއާގުޅޭ ހާއްސަ މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ނިންމީ ހަމަލާދިން އިރު ރައީސް ނަޝީދަށް ދެމުންދިޔަ ސެކިޔުރިޓީ ބްރީޗުވި ގޮތުގެ އިންކުޔަރީއެއް، ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު އެންމެ ފުޅާމިނެއްގައި ހެދުމަށެވެ.

ތާރީހުގައި ފުރަތަމަ ފަހަރަށް ކޮމިޓީ މެދުވެރިކޮށް މަޖިލީހުން ކުރިއަށް ގެންދާ އިންކުޔަރީއަށް މައުލޫމާތު އެއްކޮށްފައިވާއިރު، އެކަމުގައި ކުރީގެ އަދި މިހާރުގެ މާހިރުންގެ ލަފާއާއި އިރުޝާދު ވެސް ވަނީ ހޯދައިފަ އެވެ.

އަދި އެކަމާ ގުޅުންހުރި ފަރާތްތަކާ ސުވާލުކުރާނީ އެ މައުލޫމާތުތައް ދިރާކުރުމަށްފަހު ކަމަށް އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، "އަދަދު"އަށް އެނގިފައިވާ ގޮތުގައި މައުލޫމާތު އެއްކުރުމުގެ މަރުހަލާ ނިންމައި، ކޮމިޓީން ވަނީ ހާޒިރުކުރަންޖެހޭ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް އަންގައިފަ އެވެ.

އެކަމާ ގުޅިގެން ސިފައިން ހާޒިރުކުރަން ކޮމިޓީން މަސައްކަތް ކުރާތީ، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ވަނީ އަންގައިފަ އެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި އެމްއެންޑީއެފުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ކޮމިޓީއަށް ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާއިން ކަމަށާއި، ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރުވޭނެ ކަމަށެވެ.

ނަމަވެސް، ތަހުގީގަށް ސިފައިންގެ ފުރިހަމަ އެއްބާރުލުން ކޮމިޓީއަށް ލިބޭނެ ކަމުގެ ޔަގީންކަން ވެސް އެ ސިޓީގައި ދީފައިވެ އެވެ.

އޭގެ ފަހުން ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުޞޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މި މުއައްސަސާގެ ފަރާތުން ކަމުގައި ދެކޭ ކަމަށެވެ.

"އަދި، ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމެޓީއަކުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ، އެމަޢުލޫމާތެއް ވެސް މި މުއައްސަސާއިން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ސިފައިންގެ އިތުރުން، ފުލުހުން ވެސް ކޮމިޓީއަށް ހާޒިރުކުރާއިރު، ފުލުހުންގެ ތެރޭގައި އިސްކޮށް ތިއްބެވި ފަސް ބޭފުޅަކު ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ނިންމާފައިވާ ކަން އެނގިފައިވެ އެވެ.

ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުނުކުރެވޭނެ ކަމަށް ބުނެފައިވާއިރު، ހަމަލާއާ ގުޅޭ މައުލޫމާތެއް އޮތް ނަމަ ހިއްސާކޮށްދޭން ސަލާމަތީ ހިދުމަތްތަކަށް ކޮމިޓީން ތިން ފަހަރެއްގެ މަތިން ހުޅުވައިލި އެވެ.

އަދި އެންކުޔަރީއަށް ހާޒިރުކުރާ މީހުން ދޭ މައުލޫމާތަކާ ގުޅިގެން އެ މީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވެސް ކޮމިޓީން އެންގި އެވެ.

އެމްޑީޕީގެ ގިނަ މަޖިލިސް މެމްބަރުން ވެސް ހިމެނޭ ގޮތަށް ގިނަ މެމްބަރުން ގެންދަވަނީ އެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ.

އޭގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށެވެ. ނަޝީދަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތެއް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މާރިޔާއާ ހިއްސާކުރެއްވިކަން ހާމަވުމާއެކު ފާޑުކިޔުންތައް އިތުރުވި އެވެ.

އަދި ނަޝީދު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔައިރު، އެތަނުގެ ފާހާނާއެއްގައި ފިސްތޯލައެއް ބޭއްވި މައްސަލަ ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ކޮމިޓީން ވެސް އެ ހުރިހާ ކަމެއް ބަލާނެކަމަށް މުގައްރިރު ވަނީ ވިދާޅުވެފަ އެވެ.

ކޮމިޓީގެ ރިޕޯޓު އަންނަ މަހުގެ ނިޔަލަށް ނިންމަން އަމާޒުހިފާފައިވާއިރު، މި އިންއަޔަރީގެ ތެރެއިން ކޮމިޓީން ފާހަގަކުރެވޭ މައްސަލަތަކާއި ރަނގަޅު ކުރަންޖެހޭ ހުރިހާ ކަމެއް ހުށަހެޅުންތަކުގެ ތެރޭގައި ރިޕޯޓުގައި ހިމެނިގެންދާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށްފަހު އެމަނިކުފާނު މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދެވިފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ބޮންގޮއްވާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އާއި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު އެވެ.

އެ ހަތަރު މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުންއޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox