ކާންޓޭ އަށް ބެލޮންޑިއޯ ލިބުމުގެ ފުރުސަތު ކުޑަ: ޑެޝޯމްޕްސް

Jun 3, 2021, 3:55 AM
ޗެލްސީގެ މިޑްފީލްޑަރު ކާންޓޭ.

ޗެލްސީގެ މިޑްފީލްޑަރު ކާންޓޭ.

ޕެރިސް (ޖޫން 3) - މި ސީޒަނުގައި ޗެލްސީ އަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އަށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ލިބުމުގެ ފުރުސަތު ކުޑަ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗާއި ފައިނަލުގައި ސިޓީ އަތުން ޗެލްސީ މޮޅުވި މެޗުގައި ކާންޓޭ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ. އުމުރުން 30 އަހަރުގެ ކާންޓޭ ވަނީ މިދިޔަ އަހަރުތަކުގައި ދެއްކި މޮޅު ކުޅުން މި ފަހަރު ވެސް ތަކުރާރުކޮށްފަ އެވެ. އަދި ޗެލްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުމާ އެކު ކާންޓޭ އަށް ބެލޮންޑިއޯ ހައްގުވާކަމުގެ އަޑުތައް ގަދަވާންފެށި އެވެ.

އެހެން ނަމަވެސް ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ބުނީ ބެލޮންޑިއޯ ދެމުން އަންނަ އުސޫލަށް ބަލާއިރު ކާންޓޭ އަށް މީގެ އޮތް ފުރުސަތު ކުޑަ ކަަމަށެވެ.

"ކްރިއޭޓިވް ފުޓްބޯޅަ ނުކުޅޭ ކުޅުންތެރިއަކަށް މި ކަހަލަ (ބެލޮންޑިއޯ) އެވޯޑެއް ނުދޭނެ ވަރަށް މަދުން ނޫނީ. އެހާ ގިނަ ގޯލު ނުޖަހާ މަދުން ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރާ ކުޅުންތެރިންނަށް އުނދަގޫވާނެ. އެކަމަކު މީގެ އަނެއް ފަޅި ވެސް އެބައޮތް. ގޯލު ޖެހުމާއި ގޯލު ޖަހަން ފުރުސަތު މަދުން ތަނަވަސް ކުރިޔަސް އެބަހުރި މަގާމުތައް ލިބިފައި،" ޑެޝޯމްޕްސް ބުންޏެވެ.

"މިސާލަކަށް ކަނަވާރޯ (2006) މަތައިސް ސަމާ (1996) މި ކަހަލަ ކުޅުންތެރިން އެބަހުރި ހޯދާފައި. އެކަމަކު އަހަރެން މިބުނަނީ މެޖޯރިޓީ ފަހަރުތަކުގައި ވެފައި ހުރި ގޮތަށް ބަލާއިރު، ލަނޑު ޖަހާ ކްރިއޭޓިވް ކުޅުންތެރިންނަށް ލިބިފައި ހުރީ،"

ކާންޓޭ ޗެމްޕިއަންސް ލީގުގެ ތަށްޓާ އެކު.-- ފޮޓޯ: ޔުއެފާ

ޑެޝޯމްޕްސް ބުނީ މިއީ އެއްގޮތަކަށް ވެސް ކާންޓޭ އަކީ ދަށް ކުޅުންތެރިއެއްގެ ގޮތުގައި ސިފަކުރަނީ ނޫން ކަމަށާއި ކަންތައް ހިނގާގޮތަށް ބަލައި ދައްކާ ވާހަކަ ކަމަށެވެ.

ފްރާންސްގެ ދަށް ޑިވިޝަންތަކުގައި ކުޅުނު ކާންޓޭ ބޮޑަށް ފާހަގަވާން ފެށީ 2015 ވަަނަ އަހަރު ލެސްޓާ ސިޓީ އަށް ބަދަލުވި ފަހުންނެވެ. ލެސްޓާ ޓީމާ އެކު 2016 ވަަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އަހަރު ކާންޓޭ ވަނީ އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެ ކުޅުން ވަނީ ޖެހިގެން އައި އަހަރު ޗެލްސީއަށް ބަދަލުވެފައި ވެސް ތަކުރާރުކޮށްފަ އެެވެ. އަދި ޗެލްސީއާ އެކު ވެސް ލީގު ހޯދި އެވެ.

އޭގެ ފަހުން ޗެލްސީއާ އެކު ޔޫރޮޕާ ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު މި ވަނީ ކާމިޔާބުކޮށްފަ އެވެ. ޗެލްސީގައި އެންޓޯނިއޯ ކޮންޓޭ، މައުރީޒިއޯ ސާރީ، ފްރޭންކް ލަމްޕާޑް އަދި ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ވެސް ކާންޓޭ ފެނުނީ ތަފާތުކޮށެވެ.

ފްރާންސުން 2018 ވަަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް ކާންޓޭ އިސް ދައުރެއް އަދާކުރި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ބެލޮންޑިއޯ އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ.

މި އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ. އެކަމަކު ފަހުން 2016 ވަނަ އަހަރު ފީފާ އިން ވަނީ ފީފާ ބެސްޓްގެ ނަމުގައި އާ އެވޯޑެއް ތައާރަފްކޮށްފަ އެެވެ. ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑް ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox