ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބް: އަގުއޭރޯ

May 31, 2021, 6:59 PM
އަގުއޭރޯ މިއަދު ބާސެލޯނާ ޖޯޒީގައި މީޑިއާ އަށް ތައާރަފްކުރުމުގެ ތެރެއިން.

އަގުއޭރޯ މިއަދު ބާސެލޯނާ ޖޯޒީގައި މީޑިއާ އަށް ތައާރަފްކުރުމުގެ ތެރެއިން.

ބާސެލޯނާ (މެއި 31) - ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބް ކަމަށް އެ ޓީމަށް ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން މިއަދު ބަދަލުވި އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފި އެވެ.

އަގުއޭރޯ ވަނީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް 10 އަހަރު ވަންދެން ކުޅެފަ އެވެ. ބާސެލޯނާ އަށް ކުޅެން ބޭނުންވާތީ އުމުރުން 32 އަހަރުގެ އަގުއޭރޯ ސިޓީ ދޫކޮށްލީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ބާސެލޯނާގެ ރައީސް ކަމާ ދެ ވަނަ ފަހަރަށް ޖޮއާން ލަޕޯޓާ ހަވާލުވުމަށް ފަހު ރަސްމީކޮށް އެ ޓީމާ ގުޅުނު ފުރަތަމަ ކުޅުންތެރިޔަކީ އަގުއޭރޯ އެވެ. އަގުއޭރޯ ބުނީ ބާސެލޯނާގެ ހުށަހެޅުން ލިބުމާ އެކު ދެ ވަނަ ވިސްނުމަކަށް ނުގޮސް ވަގުތުން އެ ކްލަބަށް އަންނަން ބޭނުންވި ކަމަށެވެ.

"އަހަރެމެން އެންމެނަށް އެނގޭ ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ މޮޅު ކްލަބް ކަން. އަހަރެންގެ ނަޒަރުގައި މި ޓީމާ ގުޅެން ނިންމުމަކީ އަހަރެން ނިންމި ވަރަށް ރަނގަޅު ނިންމުމެއް. އަހަރެންގެ ކެރިއަރުގައި ކުރިއަށް ފިޔަވަޅެއް މި އެޅުނީ. އުއްމީދަކީ ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދުން،" އަގުއޭރޯ ބުންޏެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް 2011 ވަނަ އަހަރު ސިޓީ އަށް ބަދަލުވި އަގުއޭރޯ މި ސީޒަނުގައި ގިނަ މެޗުތަކުގައި ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ ސިޓީ އަށް ކުޅުނު އެންމެ ފަހު މެޗަކީ ހޮނިހިރު ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޗެލްސީ އަތުން ސިޓީ ބަލިވި މެޗެވެ. އެ މެޗުގައި ވެސް އަގުއޭރޯ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެެވެ.

އަގުއޭރޯ ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރުމުގެ ތެރެއިން.

ސިޓީއާ އެކު އަގުއޭރޯ ވަނީ ބޮޑު 15 މުބާރާތް ކާމިޔާބުކޮށްފަ އެވެ. ސިޓީއާ އެކު ފަސް ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ އަގުއޭރޯ އަކީ އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމަށް 260 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަގުއޭރޯ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި އެއް ޓީމަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ އެ ރެކޯޑް ހެދީ ޕްރިމިއާ ލީގުގައި 184 ގޯލު ޖަހައިގެންނެވެ.

ބާސެލޯނާއާ އެކު އަގުއޭރޯ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަނުވަނިސް އޭނާ ގަންނަން އެހެން ކްލަބަކުން ބޭނުންނަމަ 100 މިލިއަން ޔޫރޯ ހަރަދުކުރަން ޖެހޭނެ އެވެ.

މީގެ ކުރިން އާޖެންޓީނާގެ ޓައިކް ސްޕޯޓްސް އިން ރިޕޯޓްކުރި ގޮތުގައި އަގުއޭރޯ ބާސެލޯނާ އަށް ގެނައުމުގައި ލިއޮނަލް މެސީގެ ދައުރު ބޮޑެވެ. ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު ބާސެލޯނާގެ ރައީސް ލަޕޯޓާ ވަނީ މެސީ އެ ކްލަބްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

ބާސެލޯނާ އިން ވަނީ ސިޓީގެ ސްޕެއިން ޑިފެންޑަރު އެރިކް ގާސިއާ ވެސް ހިލޭ ޓްރާންސްފާއެއްގައި ގެންނަން ހުރިހާ ކަމެއް ނިންމައިފަ އެވެ. އަދި ލިވަޕޫލަށް ކުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އާއި ލިޔޯންގެ ފޯވާޑް މެމްފިސް ޑިޕާއި އަދި އޭސީ މިލާންގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ވެސް ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ އަށް ބަދަލުވާން އަންނަނީ ވާހަކަ ދައްކަމުންނެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox