އަގުއޭރޯ، ބާސެލޯނާ އަށް ބަދަލުވާން އެއްބަސްވެއްޖެ

May 14, 2021, 6:38 PM
އަގުއޭރޯ، ބާސެލޯނާ އަށް ބަދަލުވާން އެއްބަސްވެއްޖެ

ބާސެލޯނާ (މެއި 14) - މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް ބާސެލޯނާ އިން ލިބިފައިވާ ހުށަހެޅުން ގަބޫލުކޮށް އޭނާ އެ ޓީމަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އާޖެންޓީނާގެ ފުޓްބޯޅައިގެ ހަބަރު ގެނެސްދޭ ޓައިކް ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި މިއަދު ސްޕެއިނުގައި ބޭއްވި މަޝްވަރާތަކަށް ފަހު އަގުއޭރޯ ބާސެލޯނާއާ އެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. އަދި އެކަން އިއުލާނުކުރާނީ މި މަހު 29 ވަނަ ދުވަހު ސިޓީ ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް ފަހު އެވެ.

އުމުރުން 32 އަހަރުގެ އަގުއޭރޯ ދިހަ އަހަރަށް ފަހު ސިޓީ ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އަގުއޭރޯ ބާސެލޯނާ އަށް ބަދަލުވަނީ ސިޓީން ލިބޭ ވަރަށް ވުރެ ކުޑަ މުސާރަ އަކަށެވެ. ކުޑަ މުސާރަ އަކަށް އޭނާ ބާސެލޯނާ އަށް ބަދަލުވާން ނިންމީ ކްލަބް ލެވަލްގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެއް ޓީމަށް ކުޅެން ބޭނުންވާތީ ކަަމަށް ޓައިކް ސްޕޯޓްސް އިން ރިޕޯޓްކުރެ އެވެ. އަގުއޭރޯ ވަނީ މެސީއާ އެކު އާޖެންޓީނާ ގައުމީ ޓީމަށް ކުޅެފަ އެވެ.

މި ސީޒަނަށް ފަހު މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. އެކަމަކު އަގުއޭރޯ ގެންނަން ސިޓީން މަސައްކަތްކުރާ އެއް ސަބަބަކީ މެސީ އެ ކްލަބްގައި މަޑުކުރުވުން ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އަގުއޭރޯ ބާސެލޯނާ އަށް ބަދަލުވެއްޖެނަމަ އޭނާ ވެގެންދާނީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގެ ތެރޭގައި ސިޓީ ދޫކޮށް ބާސެލޯނާއާ ގުޅޭ ދެ ވަނަ ކުޅުންތެރިޔާ އަށެވެ. ސިޓީ އަށް ކުޅޭ އުމުރުން 20 އަހަރުގެ ސްޕެއިން ޑިފެންޑަރު އެރިކް ގާސިއާ ވެސް ވަނީ ކޮންޓްރެކްޓް ހަމަވުމުން މި ފަހަރު ބާސެލޯނާ އަށް ބަދަލުވާން ނިންމައިފަ އެވެ.

އެތުލެޓިކޯ މެޑްރިޑް ދޫކޮށް 2011 ވަނަ އަހަރު ސިޓީ އަށް ބަދަލުވި އަގުއޭރޯ ފަހަކަށް އައިސް ގިނަ މެޗުތަކުގައި ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ސިޓީއާ އެކު ފަސް ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ އަގުއޭރޯ އަކީ އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމަށް 257 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

އަގުއޭރޯގެ ސޮއި ލިބިއްޖެނަމަ ބާސެލޯނާ އިން ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ހޯދަން ކުރާ މަސައްކަތް ދޫކޮށްލާނެ އެވެ. ޑިޕާއި ވެސް ލިޔޯނާ އެކު ހުރީ މި ސީޒަނުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox