ޗައިނާ އަށް ދިއުމުގައި ހުރަސްތަކެއް، ކޮލިފައިން ފަސްވެދާނެ: ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް އާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ދުބާއީގައި ގައުމީ ޓީމާ ބައްދަލުކުރަނީ.-- ފޮޓޯ: އެފްއޭއެމް

އެފްއޭއެމްގެ ރައީސް ބައްސާމް އާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ދުބާއީގައި ގައުމީ ޓީމާ ބައްދަލުކުރަނީ.-- ފޮޓޯ: އެފްއޭއެމް

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ފަހު މެޗުތައް ޗައިނާގައި ސެންޓަރަލައިޒްކޮށް މިއަދު ފަށާއިރު، ރާއްޖެ އާއި ފިލިޕީންސް އަދި ސީރިއާ އަށް ޗައިނާ އަށް ދިއުމުގައި ހުރަސްތަކެއް ކުރިމަތިވެ، މެޗުތައް ފަސްކުރަން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މިއަދު ހެނދުނު ސީރިއާއާ އެކު ޗައިނާ ދާން އޮތް ނަމަވެސް ގައުމީ ޓީމުން އެންމެ ފަހުން ކުރި ކޮވިޑް ޓެސްޓްތަކުން އަލީ އަޝްފާގު (ދަަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) ޕޮޒިޓިވްވެފައިވާތީ ޓީމު ވަނީ ދުބާއީގައި މަޑުކޮށްފަ އެވެ. ސީރިއާ ޓީމުގައި ވެސް ކޮންމެ ވެސް ވަރަކަށް ޕޮޒިޓިވް ކޭސްތަކެއް އުޅޭއިރު، މި ވަގުތު ގަތަރުގައި ތިބި ފިލިޕީންސް ޓީމުގެ ވެސް ގިނަ ކުޅުންތެރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެެވެ. ރާއްޖެއާ އެކު ސީރިއާ ޓީމު ވެސް މިއަދު އޮތީ ފުރާގޮތަށެވެ. އެކަމަކު އެ ޓީމު ވެސް ދުބާއީގައި މަޑުކުރީ އެވެ.

ގުއާމުން މިއަދު މިއަދު ޗައިނާއާ ދެކޮޅަށް އެ ގައުމުގައި ކޮލިފައިން މެޗަށް ނުކުންނައިރު، ގުއާމްގެ ބައެއް ކުޅުންތެރިންނަށް ވެސް ކޮވިޑްގެ ސަބަބުން ޓީމާ އަދި ނުގުޅެ އެވެ.

އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ޗައިނާގެ ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުމުގެ ސަބަބުން ރާއްޖޭގެ އިތުރުން ފިލިޕީންސާއި ސީރިއާ ޓީމަށް ވެސް ޗައިނާ އަށް ދެވެން ނެތް ކަަމަށާއި މީގެ ސަބަބުން މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް މެޗުތައް ކުރިއަށް ގެންދަން އުނދަގޫތަކެއް އެބަހުރި ކަމަށެވެ.

"މި ޓީމުތަކަށް ޗައިނާ އަށް ނޭރެވޭ ގޮތަށް ޗައިނާ ސަރުކާރުން އޮތީ މި ވަގުތު ކަނޑައަޅާފައި. ޗައިނާ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ޗައިނާ ސަރުކާރާ މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން. އޭއެފްސީން ވަރަށް އަވަހަށް އެންމެ ލަސްވެގެން މާދަމާ ގޮތެއް ނިންމާނެ ކަމަށް ބެލެވޭ،" ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައި ބުނާ ކަމަށްވަންޏާ ހީވަނީ މެޗުތައް ލަސްވާނެހެން. ދެން އަލުން މެޗުތައް ބާއްވާއިރު ޗައިނާގައި މެޗުތައް ނުކުޅުމުގެ ފުރުސަތު ވެސް އެބައޮތް. އަޅުގަނޑު އެދެނީ އެ ފަދަ ހާލަތެއްގައި ދުބާއީގައި މެޗުތައް ކުޅުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތް ކަމަށް،"

ގައުމީ ކޯޗު މާޓިން ކޫޕްމަން ވަނީ މި ވަގުތު ހާލަތު އޮތްގޮތުން ކޮލިފައިން މެޗުތަކަށް ނުކުންނަން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ބުނެފަ އެވެ.

މި ވަގުތު ޝެޑިއުލް ކޮށްފައި އޮތީ އަންނަ މަހު ކޮލިފައިންގައި ރާއްޖޭގެ ބާކީ ތިން މެޗު ކުޅޭށެވެ. އެ ގޮތުން އަންނަ މަހު ތިން ވަނަ ދުވަހު ރާއްޖެ ކުޅެނީ ޗައިނާއާ އެވެ. އޭގެ ފަހުން ހަތް ވަނަ ދުވަހު ސީރިއާއާ ބައްދަލުކުރުމަށް ފަހު އަންނަ މަހުގެ 15 ގައި ރާއްޖެ ކުޅޭނީ ފިލިޕީންސާ ދެކޮޅަށެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް މި މަހު މާލޭގައި ކުޅެން ހަމަޖެހުނު ނަމަވެސް ބެންގަލޫރުގެ ކުޅުންތެރިން ޕްރޮޓޮކޯލާ ހިލާފުވުމުން ރާއްޖޭގެ ސަރުކާރުން މެޗުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅި އެވެ.

އޭއެފްސީން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ ފަހު ކޮޅުގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ މެޗުތައް ކުޅޭ ގޮތަށެވެ. އޭއެފްސީ ކަޕްގައި ކުޅޭ ރާއްޖޭގެ މާޒިޔާ އާއި އީގަލްސް އަށް ތައްޔާރުވާން ގޮތްތަކެއް ހޯދައިދޭން އެފްއޭއެމާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބައްސާމް ވިދާޅުވި އެވެ. އެފްއޭއެމުން ވަނީ އޭއެފްސީ ކަޕް މެޗުތައް ހޯސްޓް ކުރަން ދެން ބިޑް ނުކުރަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox