ކޮވިޑުގައި 444 ދުވަސް: ހަރަދާއި ދަރަނި

ކޮވިޑުގައި 444 ދުވަސް: ހަރަދާއި ދަރަނި

ކޮވިޑް ރޯގާއިން ސަލާމަތްވޭތޯ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވުނުތާ މިއަދަށް 444 ދުވަހެވެ.

މި މުއްދަތުގެ ތެރޭގައި ރާޅަކަށް ފަހު ރާޅެއް އައިސް ރާއްޖެއިން ބައި ލައްކައަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިއްޖެ އެވެ. ސަތޭކަ ފަންސާހަށް ވުރެ ގިނަ މީހުން މި ބަލީގައި ދުނިޔެއާ އަލްވަދާއު ކިޔައިފި އެވެ.

ބިލިއަނުން ހަަރަދުކުރި ނަމަވެސް، ބަލިމަޑުކަމަށް ނިމުމެއް އަންނާނެ ދުވަހެއް ކޮޅުމަތިން ފެންނާކަށް ނެތެވެ.

ބަލިމަޑުކަމުގެ ހަތަރުވަނަ ރާޅުގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ބާރު ބޮޑުވެ، އެތައް ބިލިއަން ރުފިޔާއެއް ހޭދަކުރުމާ ދިމާއަށް މިސްރާބު ހުރި އިރު، މިއީ ހަމަ ޔަގީނުން ވެސް ދިވެހިންނަށް އުފުލޭނެ ވަރުގެ ބުރައެއް ނޫނެވެ. ކުރު މުއްދަތެއްގެ ތެރޭގައި ކޮވިޑަށް ކުރި ހޭދަ އާއި ނެގި ދަރަނިން އެކަން ވަރަށް ސާފެވެ.

ހަރަދުތަކަށް 3.4 ބިލިއަން ރުފިޔާ

ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކަށް ދިވެހި ސަރުކާރުން 3.4 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ފަހުން ހޭދަވި މުއްދަތުގެ ތެރޭގައި ކޮވިޑާ ގުޅޭ ކަންކަމަށް ކުރި ހަރަދުތައް އުޅޭނީ މަހަކު 241 މިލިއަން ރުފިޔާއިން މަތީގަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ސިއްހީ ކަންކަމަށާއި އިގުތިސޯދީ ގެއްލުންތައް ފޫބައްދަން ސަރުކާރުން ކުރި ހަރަދު -- ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)
ކޮވިޑް-19 ގެ ސަބަބުން ސިއްހީ ކަންކަމަށާއި އިގުތިސޯދީ ގެއްލުންތައް ފޫބައްދަން ސަރުކާރުން ކުރި ހަރަދު -- ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

ކޮވިޑް-19 ގެ ސަބަބުން ސިއްހީ ކަންކަމަށާއި އިގުތިސޯދީ ގެއްލުންތައް ފޫބައްދަން ސަރުކާރުން ކުރި ހަރަދު -- ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު

ސިއްހީ ދާއިރާއަށް ކުރި ހޭދައިގެ ބޮޑު ބަޔެއް ހަރަދުކުރީ މެޑިކަލް ކޮންސިއުމަބަލްސް ހިމެނޭ ގޮތަށް ބޭނުންވާ މެޑިކަލް ސަޕްލައި އަށެވެ. އެކަމަށް 499.7 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. އަދި މުވައްޒަފުންގެ މުސާރައަށާއި ފްރަންޓްލައިންގައި ހަރަކާތްތެރިވި މީހުންނަށް އެލަވަންސް ދިނުމަށް 446.6 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

އިގުތިސޯދީ ދާއިރާއިން ކުރި ހޭދައިގެ ތެރެއިން 67 ޕަސެންޓު ހަރަދުކުރީ ވިޔަފާރިތަކުގެ ވާކިން ކެޕިޓަލް ހަމަޖެއްސުމަށާއި ކޮވިޑް ރިލީފް ލޯނުގެ ގޮތުގަ އެވެ. ބީއެމްއެލް އަދި އެސްޑީއެފްސީ މެދުވެރިކޮށް ވިޔަފާރިތަކަަށް ދޫކުރި ލޯނުގެ އަގު 1.1 ބިލިއަން ރުފިޔާއަށް އަރަ އެވެ. އިތުރު 419.4 މިލިއަން ރުފިޔާ ހަރަދުކުރީ ވަޒީފާ ގެއްލުނު ނުވަތަ އާމްދަނީއަށް އަސަރުކުރި 22،858 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޭންށެވެ.

ކޮވިޑުގެ ފަހުން 11.5 ބިލިއަން ރުފިޔާގެ ބޭރު ދަރަނި

ކޮވިޑާ ގުޅިގެން އިގުތިސޯދަށް އައި ހީނަރުކަމުގެ ތެރޭގައި ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލިއްޖެ އެވެ. މި މުއްދަތުގެ ތެރޭގައި ސީދާ ދައުލަތުން ނެގި ދަރަނީގެ އަގު 11.5 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެވުނު ފަހުން ދައުލަތުގެ ބޭރު ދަރަނި އުފުލެމުން އަންނަނީ މަހަކު 816 މިލިއަން ރުފިޔާގެ ރޭޓުގަ އެވެ. އަދި ދަރަނި އުފުލެމުން ގޮސް ޖީޑީޕީގެ ނިސްބަތުން 149 ޕަސެންޓަށް ދަަރަނި އިތުރުވެއްޖެ އެވެ.

މިއީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުގެ ކަންބޮޑުވުން ހުރި ކަމެކެވެ. އަދި ބަލިމަޑުކަމުގެ ހާލަތު ކޮންޓްރޯލް ނުވެއްޖެނަމަ ރާއްޖެއަށް ދަރަނި ނުދެއްކޭ ހާލަތަށް ދައުލަތުގެ މާލީ ހާލަތު ވެއްޓުމުގެ ބިރު ބޮޑުކަމަށް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.

ރާއްޖޭގެ ދަރަނި އުފުލެމުން އަންނަ މިންވަރާ ދޭތެރޭ ކަންބޮޑުވުން ހުރި ނަމަވެސް، މާލީ ވަޒީރު އިބްރާހިމް އަމީރު ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ އިގުތިސޯދީ ރިކަވަރީ ހުރީ ދަރަނި މެނޭޖްކުރެވޭ ވަރަށެވެ. އަދި އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ މިހާރު ކުރެވެމުންދާ ރީފައިނޭންސިން މަސައްކަތުގެ ތެރެއިން ކުރު މުއްދަތުގެ ދަރަނި ކުޑަކުރެވޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ވިދާޅުވަނީ ދަރަނި މެނޭޖްކުރުމުގެ ޕްލޭންގެ ތެރެއިން ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް -- ފޮޓޯ: އެޗްއީއޯސީ
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ވިދާޅުވަނީ ދަރަނި މެނޭޖްކުރުމުގެ ޕްލޭންގެ ތެރެއިން ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް -- ފޮޓޯ: އެޗްއީއޯސީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ވިދާޅުވަނީ ދަރަނި މެނޭޖްކުރުމުގެ ޕްލޭންގެ ތެރެއިން ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް -- ފޮޓޯ: އެޗްއީއޯސީ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މި ހޭދަވީ މުއްދަތުގެ ތެރޭގައި ހަރަދަށް ބަލާއިރު އެނގޭހާވެސް ކަމަކީ މިއީ މި ގައުމަށް އުފުލޭ ވަރަށް ވުރެ ބޮޑު ބުރައެއް ކަމެވެ. ބަލިމަޑުކަމުގެ ތެރޭގައި ހޭދަވާ ކޮންމެ ދުވަހަކު ހޭދަ އާއި ދަރަނި އިތުރުވާއިރު، ބަލި ކޮންޓްރޯލް ކުރުން ނޫން ގޮތެއް ނެތެވެ.

ނޫނީ މި ނުރައްކާތެރި ރޯގާގެ ހަތަރުވަނަ ރާޅުގެ މޯހިރުން ފެންނަނީ ރާއްޖެއަށް އުނދަގޫ ދުވަސްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox