ރޯވި ގޭގެ އާއިލާތަކަށް އެހީވާން އެސެސްމެންޓެއް ހަދަނީ

މއ. މޯނިން ވިއުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި: ލިބުނު ގެއްލުންތައް ބަލަން އެސެސްމަންޓް މާދަމާ ފަށަނީ-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

މއ. މޯނިން ވިއުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި: ލިބުނު ގެއްލުންތައް ބަލަން އެސެސްމަންޓް މާދަމާ ފަށަނީ-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

މއ. މޯނިން ވިއުގޭގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް ދައުލަތުން އެހީތެރިވުމުގެ ގޮތުން އެސެސްމަންޓެއް މާދަމާ ހަދަން ފަށާނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ހަތަރު ބުރިއަށް ހަދާފައިވާ މުޅި އިމާރާތް އެ ހާދިސާގައި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ނިދާފައި ތިއްބައި ރޯވެ ހިނގި އެ ހާދިސާގައި، އެ ގޭގެ ފަސް އެ ޕާޓްމަންޓެއްގައި ދިރިއުޅޭ 32 މީހެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހުނެވެ. އެންޑީއެމްއޭ އިން އެ ދުވަހު ވަނީ އެ މީހުން ގެސްޓް ހައުސްތަކަށް ބަދަލުކޮށް ޒަރޫރީ ބޭނުންތައް ފުއްދައިދޭން ފަށައިފަ އެވެ.

އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން، "އަދަދު" އަށް ވިދާޅުވި ގޮތުގައި އެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކުގެ އެސެސްމަންޓް ހަދާނީ ޕްލޭނިން މިނިސްޓްރީ އާއި އެމްއެންޑީއެފުންނެވެ. އަދި އެ ގޭގައި ދިރިއުޅުނު މީހުންގެ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުންތައް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ގެ އެވަނީ ދިރިނޫޅެވޭ ވަރަށް ހަލާކުވެފައި. އެސެސްމަންޓަށް ފަހު ކަނޑައަޅާނީ ދޭނީ ކިހާވަރެއްގެ އެހީއެއްކަން. އޭރަށް ސާފުވާނެ ލިބުނު ގެއްލުން،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގޭގައި ދިރިއުޅުނު 32 މީހުން ވަގުތީ ގޮތުން ތިބީ ގެސްޓް ހައުސްތަކުގައި ކަމަށެވެ. އެ މީހުން އެ ތަންތަނުގައި ތިބޭނެ މުއްދަތަކާއި އެ މީހުންނާ ދޭތެރޭ ދެން އަމަލު ކުރާނެ ގޮތެއް ވެސް ނިންމާނީ އެސެސްމަންޓްތަކަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.

ގެދޮރު ގެއްލުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމާއި އަންނައުނުގެ އިތުރުން އެހެން ޒަރޫރީ ތަކެތިވެސް އެންޑީއެމްއޭން އަންނަނީ ފޯރުކޮށްދެމުންނެވެ.

އެ ގޭގައި އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަންކަން ބަލަމުން އަންނަ ކަމަށް ސިފައިން ބުނެ އެވެ.

އެ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން މިލިއަނުން މައްޗަށް ދާނެ ކަމަށް އެ ގޭގައި ދިރިއުޅޭ މީހުން ބުނެ އެވެ. އަލިފާނުގެ ހާދިސާ ހިނގުމާ އެކު އެމްއެންޑީއެފްއަށް އެންގި ނަމަވެސް ސިފައިން ދިޔަލެއް ލަސްވުމުގެ ޝަކުވާ ގޭގެ މީހުން ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox