ދެ ވަނަ ފަހަރަށް ވެސް ކޮވިޑް ޖެހެމުންދާތީ ސަމާލުވާން އެދެފި

ކޮވިޑް-19 އަށް ޓެސްޓު ކުރާ ބަޔަކު: ބަލިޖެހިގެން އުޅޭ 20،000 ވުރެ ގިނަ މީހުން މިވަގުތު ރާއްޖޭގައި އެބަ ތިބި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ކޮވިޑް-19 އަށް ޓެސްޓު ކުރާ ބަޔަކު: ބަލިޖެހިގެން އުޅޭ 20،000 ވުރެ ގިނަ މީހުން މިވަގުތު ރާއްޖޭގައި އެބަ ތިބި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ހަލުވިކަމާ އެކު ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ދެ ވަނަ ފަހަރަށް ވެސް ބައެއް މީހުންނަށް ޖެހެމުންދާތީ އެކަމަށް ސަމާލުވުމަށް އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ގޮވާލައްވައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު ވެސް ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ވެސް 1000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ އެވެ. އޭގެ ތެރެއިން 252 މީހަކަށް ފަރުވާދެނީ އެނދުމަތިކޮށްގެނެވެ. އަދި މިހާރު ވެސް އެ ބައްޔަށް ޕޮޒިޓިވް 24،818 މީހުން ރާއްޖޭގައި އެބަ ތިއްބެވެ.

ކޮވިޑް ފަރުވާ ޓީމުގައި އިސްކޮށް އުޅުއްވާ ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އަލީ "އަދަދު"އަށް ވިދާޅުވީ ނަންބަރުތައް ނޭނގުނު ނަމަވެސް ރާއްޖޭގައި ވެސް "ދެ ފަހަރަށް ޕޮޒިޓިވްވާ މީހުން އެބަ ފެނޭ" ކަމަށެވެ.

"ގިނަވަމުންނޭ ނޭނގެ ބުނާކަށް އެކަމަކު ރާއްޖެއިން ވެސް ދެ ފަހަރަށް ޕޮޒިޓިވްވާ މީހުން އެބަ ފެނޭ،" ޑރ. މުހައްމަދު ވިދާޅުވި އެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ދެ ފަހަރަށް ޕޮޒިޓިވްވާ ސަބަބު ސީދާ ދަނެގަނެވިފައެއް ނުވެ އެވެ. ނަމަވެސް ލަފާ ކުރެއްވެނީ ދެ ވަނަ ފަހަރަށް މީހާ ބަލި ވަނީ ކޮވިޑް-19 ގެ އާ ވޭރިއަންޓެއްގެ ސަބަބުން ކަމަށްވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑަށް ހީވަނީ އާ ވޭރިއެންޓެއް އުޅޭތީހެން. އެކަމަކު އަދި އިންވެސްޓިގޭޝަންތަކުގެ ނަތީޖާ ރިޕޯޓުތައް ނުލިބޭތީ ޔަގީންކަމާ އެކު ބުނާކަށް ނޭނގޭ،" ޑރ. މުހައްމަދު ވިދާޅުވި އެވެ. "މޮސްޓް ލައިކްލީ ކޯސްއަކީ އެއީ."

ކޮވިޑު އެއް ފަހަރު ޖެހި ރަނގަޅުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަނދާންނައްތާނުލުމަށް އޭނާ އިރުޝާދު ދެއްވި އެވެ.

"ރަނގަޅުވި ކަމުގައިވި ނަމަވެސް ޕްރިކޯޝަންތައް ނަގަންޖެހޭނެ. ބައެއް މީހުންނަށް ފަރުވަ ކުޑަކޮށްލެވޭ ރަނގަޅުވީމަ ދެން ނުޖެހޭނެއޭ ހިތައްއަރާ. އެކަމަކު އަތް ދޮވުމާއި މާސް އެޅުން ފަދަ ކަންކަން ދޫކޮށްލައިގެންނުވާނެ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ރާއްޖޭގައި އުޅެމުންދާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އެހެން ބުނެފައި ވަނީ މި ފަހުން ބަލި ފެތުރޭ މިންވަރު އިތުރުވުމާއި ބަލީގައި ބޮޑުވަރުވާ މީހުންގެ ފުއްޕާމެއަށް ކޮށްފައިވާ އަސަރު އިތުރުވަމުންދާތީ އެވެ.

އޭގެ އިތުރުން ކުރިއާހިލާފަށް މާބަނޑު މީހުންނަށް ކޮވިޑްޖެހި ބަލިބޮޑުވާ މިންވަރު ވެސް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުންތައް ޑޮކްޓަރުން އޮތީ މީގެ ކުރިން ދީފަ އެވެ.

ކޮވިޑުގެ ހަތަރު ވަނަ ރާޅައާ އެކު ހާލަތު ގޯސްވެފައި އޮތް އިރު އެންމެ ގިނަ ބަޔަކު މަރުވީ މި މަސް ތެރޭގަ އެވެ. މި މަހުުގެ މަރުތަކާ އެކު މި ބަލީގައި ރާއްޖެ އިން މަރުވި ޖުމްލަ އަދަދު ވަނީ 157 އަށް އަރައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox