ކޮންޓޭ އަށް ރެއާލާއި ޓޮޓެންހަމްގެ ހުށަހެޅުންތަކެއް

May 27, 2021, 2:54 PM
މަޝްހޫރު ކޯޗު އެންޓޯނިއޯ ކޮންޓޭ.

މަޝްހޫރު ކޯޗު އެންޓޯނިއޯ ކޮންޓޭ.

މިލާން (މެއި 27) - އިންޓަ މިލާންގެ ވެރިން އެ ކްލަބްގެ ހަރަދުތައް ކުޑަކޮށް ގިނަ ކުޅުންތެރިންތަކެއް ވިއްކާލަން ނިންމުމާ އެކު އެ ޓީމުގެ ކޯޗުކަމުން ވަކިވި އިޓަލީގެ މަޝްހޫރު ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ރެއާލް މެޑްރިޑާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިންޓަ މިލާނަށް 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދައިދިންތާ މާ ގިނަ ދުވަހެއް ނުވެ ކޮންޓޭ އެ ޓީމު ކޯޗުކަން ދޫކޮށްލީ ސަބަބުތަކާ އެކު އެވެ. އެއީ އިންޓަ ހިންގަމުން އަންނަ ޗައިނާގެ ކުންފުނި ސަނިން ހޯލްޑިންގްސް ގްރޫޕުން ކްލަބްގެ ކުޅުންތެރިންތަކެއް ވިއްކާލަން ނިންމުމާ އެކު އެވެ. ކޮންޓޭ އިންޓަ ދޫކޮށްލީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވައި ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ.

ކޮންޓޭ ބަދަލުވާނެ ކަމަށް އިޓަލީގެ ގިނަ މީޑިއާ ރިޕޯޓްތައް ބުނަނީ ސްޕެއިނުގެ ރެއާލަށެވެ. ދިހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ރެއާލުން ހުސްއަތާ ސީޒަން ނިންމާލަން ޖެހުމުން ރެއާލްގެ ކޯޗަކަށް ހުރި އެ ކްލަބްގެ ކުރީގެ ކުޅުންތެރިޔާ ޒިނެދިން ޒިދާން ވަނީ މަގާމުން ވަކިވެފަ އެވެ.

ރެއާލުން ފުރަތަމަ ހޯދަން މަސައްކަތްކުރީ ޔުވެންޓަސް އާއި އޭސީ މިލާންގެ ކުރީގެ ކޯޗު މެސިމޯ އަލެގްރީ އެވެ. އެކަމަކު ޔުވެންޓަސްގެ ކޯޗަކަށް މި ސީޒަނުގައި ހުރި އަންދްރެއާ ޕިރްލޯ ވަކިކޮށް ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން އަލެގްރީ އެ ޓީމާ ހަވާލުވާން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ސްކައި އިޓާލިއާ އިން މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ.

ޒިދާން ވަކިވިކަން ކަށަވަރު ކޮށްދެމުން ރެއާލުން ބުނީ ވަރަށް އަވަަހަށް އާ ކޯޗެއްގެ ކަންކަން ނިމިގެންދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ރެއާލުން ދެކޭ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކޮންޓޭއާ އެކު އެއްބަސްވުމަކަށް އާދެވޭނެ އެވެ. ރެއާލުން ކޮންޓޭ އަށް ދޭން ވިސްނަނީ ދެ އަހަރުގެ ކޮންޓްރެކްޓެކެވެ.

ޓޮޓެންހަމަށް ކޮންޓޭ ކުރީ ޝަރުތުތަކެއް

މިދިޔަ އޭޕްރީލް މަހު ޓޮޓެންހަމްގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކުރުމަށް ފަހު ސީޒަންގެ ނިޔަލަށް ޓޮޓެންހަމުން ކޯޗަކަށް ބެހެއްޓީ ޔޫތު ކޯޗު ރަޔާން މޭސަން އެވެ.

އިންޓަގެ މެޗެއްގެ ތެރެއިން ކޮންޓޭ އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

ކޯޗެއް ހޯދަން ކުރާ މަސައްކަތުގައި ޓޮޓެންހަމަށް އަދި އޮތީ އަލިމަގެއް ނުފެނި އެވެ. އެ ޓީމުން ގެންނަން މަސައްކަތްކުރީ އާރްބީ ލައިޕްޒިގުން ވަކިވެ، ބަޔާން މިއުނިކަށް ބަދަލުވާން ނިންމި ހޫލިއަން ނާގަލްސްމަން އާއި އަަޔަކްސްގައި މަޑުކުރަން ނިންމި އެރިކް ޓެން ހާގާއި ލެސްޓާ ސިޓީގެ ބްރެންޑަން ރޮޖާސް އަދި އަލެގްރީ ތެރެއިން ކޯޗެއް ގެންނާށެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ އޭގެއިން ކޯޗެއް ޓޮޓެންހަމަށް އަންނަން ބޭނުންނުވީ އެވެ.

ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ޕީއެސްޖީގައި ހުރި ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަލުން ގެންނަން ޓޮޓެންހަމުން ވަނީ މަޝްވަރާތަކެއް ފަށައިފަ އެވެ. އެކަމަކު އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލީވީ ވަނީ ކޮންޓޭއާ ޓޮޓެންހަމްގެ ކޯޗުކަން ހަވާލުކުރަން ވާހަކަ ދައްކައިފަ އެވެ.

އަހަރަކު 15-20 މިލިއަން ޔޫރޯގެ މުސާރަ އަަކަށް ކޮންޓޭ އަށް ތިން އަހަރުގެ އެއްބަސްވުމެއް ދޭން ޓޮޓެންހަމުން އޮތީ ތައްޔާރަށެވެ. އެކަމަކު ކޮންޓޭ ވަނީ ޓޮޓެންހަމަށް ޑިމާންޑްތަކެއް ކޮށްފަ އެވެ. ކުރިން ޕްރިމިއާ ލީގުގައި ޗެލްސީ އަށް ކޯޗުކޮށްދިން ކޮންޓޭ ޓޮޓެންހަމްގެ ވެރިން ކައިިރިން އެދުނީ އިންޓަ މިލާނުގެ ތިން ކުޅުންތެރިއަކު ގެނެސްދީފިނަމަ ޓޮޓެންހަމާ ހަވާލުވާނެ ކަމަށެވެ.

އެ ކުޅުންތެރިންނަކީ އިންޓަގެ ސަނިން ގްރޫޕުން ވިއްކާލަން ނިންމާފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ތިން ކުޅުންތެރިންނެެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން ކޮންޓޭ ޝަރުތުކުރީ އިންޓަގެ ރޮމެލޫ ލުކާކޫ، ލަޓާރޯ މާޓިނޭޒް އަދި އަލެސަންދުރޯ ބަސްޓޯނީ ޓޮޓެންހަމަށް ގެނެސްދޭށެވެ. ޓޮޓެންހަމްގެ ތަރި ހެރީ ކޭން މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމާފައިވާއިރު، ކޮންޓޭގެ އެދުމަކީ ކޭން ވިއްކާލައިގެން ލިބޭ ފައިސާ އާއި އިތުރު ޓްރާންސްފާ ފަންޑް ހޯދައިގެން ލުކާކޫ، މާޓީނޭޒް އަދި ބަސްޓޯނީ ގެންނާށެވެ. އެ ތިން ކުޅުންތެރިން ގަންނަން މަދުވެގެން 150 މިލިއަން ޔޫރޯ ބޭނުންވާނެ އެވެ.

އިޓަލީ ގައުމީ ޓީމުގެ ހެޑް ކޯޗުކަން ކުރި ކޮންޓޭ ވަނީ އޭނާ މަސައްކަތްކުރި ކްލަބްތަކުގައި ތަފާތު ދައްކައިފަ އެވެ. ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކުރިއިރު، ޗެލްސީއާ އެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ. ޗެލްސީގެ ކޯޗުކަމުން 2018 ވަނަ އަހަރު ވަކިކުރި ނަމަވެސް އޭނާ އެ ސީޒަނުގައި ވަނީ އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox