ޔޫރޮޕާ ލީގު: ލަނޑު ޖަހާފައި މޮރޭނޯ ދިނީ ކޮވިޑް-19 ވެކްސިންގެ މެސެޖެއް!

May 27, 2021, 10:22 AM
ރޭގެ މެޗުގެ ތެރެއިން ވިޔަރެއާލްގެ ފޯވާޑް މޮރޭނޯ ވެކްސިން ޖެހުމަށް ހާއްސަކޮށް މެސެޖެއް ދެނީ

ރޭގެ މެޗުގެ ތެރެއިން ވިޔަރެއާލްގެ ފޯވާޑް މޮރޭނޯ ވެކްސިން ޖެހުމަށް ހާއްސަކޮށް މެސެޖެއް ދެނީ

ގަޑާންސްކް، ޕޮލެންޑް (މެއި 27) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށް ފަހު ވިޔަރެއާލްގެ ސްޕެއިން ގައުމީ ޓީމު ފޯވާޑް ޖެރާޑް މޮރޭނޯ، ކޮވިޑް-19 އަށް ވެކްސިން ޖެހުމުގެ މުހިއްމުކަން ބަޔާން ކޮށްދޭން މެސެޖެއް ދީފި އެވެ.

ވިޔަރެއާލުން ޕެނަލްޓީ ޖަހައިގެން 10-11 އިން މޮޅުވި މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެެވެ. ރޭގެ މެޗުގައި ވިޔަރެއާލުން ލީޑުނެގީ 29 ވަނަ މިނިޓްގައި މޮރޭނޯ ޖެހި ގޯލުންނެވެ. މޮރޭނޯ މި ގޯލު ޖެހީ ޑެނީ ޕަރޭހޯ ހިލޭ ޖެހުމަކުން ނަގައިިދިން ބޯޅައެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު، އުމުރުން 29 އަހަރުގެ މޮރޭނޯ ވަނީ ކެމެރާ ކުރިމަތީގައި ވެކްސިން ޖަހާ މަންޒަރެއް އިޝާރާތުން ދައްކައިފަ އެވެ. އެއީ ކޮވިޑް-19 އަށް ވެކްސިން ޖެހުމަށް ހޭލުންތެރިކުރުމަށް ދިން މެސެޖެއް ކަމަށް މީގެ ކުރިން އޭނާ ވަނީ ސްޕެއިނުގެ މީޑިއާގައި ބުނެފަ އެެވެ.

މޮރޭނޯ ވަނީ ޔޫރޮޕާ ލީގުގެ ފައިނަލުގެ ކުރިން ސްޕެއިނުގެ ޓީވީއެއް ކަމަށްވާ މޮވިސްޓާ ޕްލަސް އަށް ދިން އިންޓަވިއުއެއްގައި ޔޫރޮޕާ ލީގުގެ ފައިނަލުގައި ލަނޑު ޖެހުމަށް ފަހު ވެކްސިންއާ ގުޅުވައިގެން ހާއްސަ ކަމެއް ކުރާނެ ކަމަށް ބުނެފަ އެވެ.

ކޮވިޑް-19ގެ އެކި ރާޅުތަކުގައި ޖެހި ސްޕެއިނުގެ ގިނަ ބަޔަކު ޕޮޒިޓިވްވިއިރު، އެތައް ހާސް މީހުން ވަނީ މަރުވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ސްޕެއިނަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ވެކްސިން ޖަހާ މީހުންގެ ނިސްބަތް އެންމެ ރަނގަޅު އެއް ގައުމެވެ. އެކަމަކު އަދިވެސް އެ ގައުމުގައި ވެކްސިން ޖަހަން ބޭނުންނުވާ ބަޔަކު އުޅޭ ކަމަށް ސްޕެއިނުގެ ޓީވީ ރިޕޯޓްތައް ބުނެ އެވެ. ވެކްސިން ނުޖަހާ މީހުން ގިނަ ވުމަކީ ކޮވިޑް-19ގެ އިތުރު ރާޅެއް އެރިޔަނުދޭން ކުރާ މަސައްކަތަށް އޮތް ހުރަހެއް ކަމަށް ސްޕެއިނުގެ ސަރުކާރުން ދާދި ފަހުން ވެސް ބުނެފައިވެ އެވެ.

މި ސީޒަނަކީ މޮރޭނޯގެ ކެރިއަރުގައި ހާއްސަ އަހަރެކެވެ. އޭނާ ވަނީ މުޅި ސީޒަން އެއްކޮށް ހުރިހާ މުބާރާތެއްގައި 30 ގޯލު ޖަހައިފަ އެވެ. މޮރޭނޯ ވެފައިވަނީ މީގެ 10 އަހަރު ކުރިން ވިޔަރެއާލަށް ކުޅުނު އިޓަލީގެ ފޯވާޑް ޖިއުސިއްޕޭ ރޮސީ އަށް ފަހު އެއް ސީޒަނެއްގައި ވިޔަރެއާލަށް އެ އަދަދަށް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މޮރޭނޯ އަކީ ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިން ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ކެޓަލޫނިއާ ގައުމީ ޓީމަށް ވެސް ކުޅެފައިވާ މޮރޭނޯ ސްޕެއިނަށް ކުޅެން ފެށީ 2019 ވަނަ އަހަރުގެ އޮކްޓޫބަރުގަ އެވެ. ސްޕެއިނަށް ކުޅުނު 10 މެޗުން މޮރޭނޯ ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox