އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުން ގެސްޓް ހައުސްތަކަށް

އަލިފާން ރޯވި ގޭގެ މީހުން އެ ސަރަހައްދުގައި މަޑުކޮށްލައިގެން: ގެދޮރު ގެއްލުނު 32 މީހުން ގެސްޓް ހައުސްތަކަށް ބަދަލު ކުރަން ވަނީ ފަށައިފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

އަލިފާން ރޯވި ގޭގެ މީހުން އެ ސަރަހައްދުގައި މަޑުކޮށްލައިގެން: ގެދޮރު ގެއްލުނު 32 މީހުން ގެސްޓް ހައުސްތަކަށް ބަދަލު ކުރަން ވަނީ ފަށައިފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

މއ. މޯނިން ވިއުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 32 މީހަކު ހާލުގައި ޖެހިފައިވުމުން އެ މީހުން ގެސްޓް ހައުސްތަކަށް ބަދަލު ކުރުމުގެ މަސައްކަތް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ފަށައިފި އެވެ.

އަލިފާން ރޯވީ، މއ. މޯނިން ވިއުގެ ތިން ވަނަ ފަންގިފިލާގަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ރިޕޯޓްކޮށްފައިވަނީ ފަތިހުގެ 5:00 ހާއިރު ކަމަށާއި، އަލިފާންގަނޑު ނިއްވާލެވުނީ 6:10 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އެކަމަކު ހަތަރު ބުރިއަށް ނަގާފައިވާ އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން، "އަދަދު" އަށް ވިދާޅުވި ގޮތުގައި އެ ހާދިސާގައި ގެދޮރު ގެއްލުނީ މޯނިން ވިއުގޭގެ ފަސް އެޕާޓްމަންޓެއްގައި އުޅޭ 32 މީހުން ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ވެސް ހިމެނޭ ކަމަށެވެ.

ގިޔާސުއްދީން ސްކޫލުގަިއ ވަގުތީ ގޮތުން ބެއިތިއްވުމަށް ފަހު މިހާރު އެ މީހުން ގެސްޓް ހައުސްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި އެ މީހުންގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ތިން މީހުން ތިބިއިރު އެ މީހުން ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކިގޮތެއް ހަމަޖެހެން ދެން ގެސްޓް ހައުސްތަކަށް ބަދަލު ކުރާ މީހުން ތިބޭނީ އެތަންތާގައި،" ހިސާން ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި އެ ގެ ވަރަށް ބޮޑަށް އަނދާފައި: އެ ހާދިސާގައި 32 މީހެއްގެ ގެދޮރު ގެއްލުނު-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު
އަލިފާނުގެ ހާދިސާގައި އެ ގެ ވަރަށް ބޮޑަށް އަނދާފައި: އެ ހާދިސާގައި 32 މީހެއްގެ ގެދޮރު ގެއްލުނު-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

އަލިފާނުގެ ހާދިސާގައި އެ ގެ ވަރަށް ބޮޑަށް އަނދާފައި: އެ ހާދިސާގައި 32 މީހެއްގެ ގެދޮރު ގެއްލުނު-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ހިސާން ވިދާޅުވީ އެ މީހުންގެ ކެއުމާއި ޒަރޫރީ ބޭނުންވާ ތަކެތިވެސް އެންޑީއެމްއޭއިން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެ ގޭގައި އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަންކަން ބަލަމުން އަންނަ ކަމަށް ސިފައިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox