މާލޭގެ ގެއެއްގައި ރޯވެ ބޮޑު ގެއްލުމެއް

May 27, 2021, 1:57 AM
މއ. މޯނިން ވިއުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ސިފައިން ކުރިއަށް ގެންދަނީ

މއ. މޯނިން ވިއުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ސިފައިން ކުރިއަށް ގެންދަނީ

މާލޭގައި ލަކުޑިން ޑެކު އަޅައިގެން ހަދާފައިވާ ގެއެއްގައި މިއަދު ހެނދުނު ރޯވެ ބޮޑަށް އަނދައިފި އެވެ.

އަލިފާން ރޯވީ، މއ. މޯނިން ވިއުގެ ތިން ވަނަ ފަންގިފިލާގަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ރިޕޯޓްކޮށްފައިވަނީ ފަތިހުގެ 5:00 ހާއިރު ކަމަށާއި، އަލިފާންގަނޑު ނިއްވާލެވުނީ 6:10 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އެކަމަކު ހަތަރު ބުރިއަށް ނަގާފައިވާ އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މޯނިން ވިއު ގޭގައި ދިރިއުޅޭ މީހުން ވަނީ ވަގުތީ ގޮތުން، ގިޔާސުއްދީން ސްކޫލަށް ބަދަލުކޮށްފަ އެވެ. އެ ގޭގައި ގާތްގަނޑަކަށް 40 މީހުން ދިރިއުޅެ އެވެ.

އެ ގޭގެ ދެ ވަނަ ފްލޯގައި ދިރިއުޅޭ މިހަކު "އަދަދު"އަށް ބުނިގޮތުގައި އަލިފާން ރޯވީ ތިން ވަނަ ފްލޯގަ އެވެ. އެ ބައިގައި ހުރި ހުރިހާ ސާމާނެއް އަނދައި ހުލިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރާ އެކު އިލެކްޓްރޯނިކް ސާމާނުތައް ހިމެނެ އެވެ.

"މިކަން މި ހިނގީ ކިހިނެއް ކަމެއް އަދި ނޭނގެ،" އޭނާ ބުންޏެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވީ "މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް" ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ހާދިސާގެ ރިޕޯޓް ލިބުނުތާ ދެ މިނެޓްގެ ތެރޭގައި ފަޔާ އެންޑް ރެސްކިއު ޓީމަށް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ހާޒިރުވެވުނެވެ.

ނަމަވެސް، ސިފައިން ހާޒިރުވިލެއް ލަސްވުމުގެ ސަބަބުން މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވެވި އެވެ.

އަލިފާންގެ ހާދިސާ ހިނގި ގޭގައި ދިރިއުޅޭ މީހުންނާ ހަވާލާ ދީ މުއިއްޒު ވިދާޅުވީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމް ހާޒިރުވެވުނީ ހަލިފާނުގެ ހާދިސާ ހިނގިތާ ގާތްގަނޑަކަށް 50 މިނެޓް ފަހުން ކަމަށެވެ.

"އެ ބޭފުޅުން ވިދާޅުވާ ގޮތުން 50 އަކަށް މިނެޓް ދިޔަ އެޓެންޑް ވުމަށް. ވަރަށް ކުޑަ އަލިފާނުގެ ހާދިސާއެއް. ނަމަވެސް ފަޔާއެންޑް ރެސްކިއުއިން ގެންދިޔަ ގޮތުން މިހާ ބޮޑު ހާދިސާއެއް ހިނގައިގެން ދިޔައީ. މި ގޭގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާ އެބަ ހުރި. ފަޔާ އެންޑް ރެސްކިއުއާ ބައްދަލުކުރަންޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.

"ކުޑަ ގެއްލުމަކުން ހިފެހެއްޓެއް އޮތް ހާދިސާއެއް، ބޮޑުވެގެން ދިޔައީ،"

މި ހާދިސާއަށް ފަހު ހުރިހާ ކަމެއްގައި ވެސް މާލޭ ސިޓީން ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ވާހަކައަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ އަލިފާނުގެ ހާދިސާއަށް ފަހު ސިފައިން އަމަލުކުރި ގޮތާ ގުޅޭ ގޮތުން ޝަކުވާއެއް އުޅޭ ނަމަ، އެކަން ރަނގަޅުކުރާނެ ކަމަށެވެ.

މިހާތަނަށް މާލޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި ސިފައިން އަމަލުކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި ހާދިސާއާ ގުޅޭ މައުލޫމާތު އިތުރަށް ދެއްވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox