ޔުނައިޓެޑް ބަލިކޮށް ވިޔަަރެއާލުން ޔޫރޮޕާ ލީގު ތަށި އުފުލާލައި ތާރީހީ ކާމިޔާބެއް ހޯދައިފި

May 26, 2021, 10:37 PM
ވިޔަރެއާލް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވިޔަރެއާލް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގަޑާންސްކް، ޕޮލެންޑް (މެއި 27) - ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި މިރޭ ޕެނަލްޓީ ޖަހައިގެން 11-10 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ވިޔަރެއާލުން ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.

މިއީ ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ފައިނަލުގައި ވިޔަރެއާލްގެ ފުރަތަމަ ފެނިލުމެވެ. އަދި ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ފުރަތަމަ ފައިނަލުން މޮޅުވެ، ތަށި ލިބުމަކީ އެ ޓީމުން މެޗަށް ފަހު އެހާ ބޮޑަށް އުފާފާޅުކުރި ސަބަބެވެ. އަދި މި ފަހަރު ސްޕެނިޝް ލީގުގެ ހަތް ވަނައިގައި ނިންމާލަން ޖެހުމުން މިރޭ މޮޅުވެގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ ވެސް އެ ޓީމުން އުފާ ފާޅުކުރާނެ ކަމެކެވެ.

މިރޭގެ މެޗުގެ ފުރިހަަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު ވެސް މެޗުގެ ނަތީޖާ އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ދެ ޓީމުން ވެސް 11 ކުޅުންތެރިން ޕެނަލްޓީ ޖެހިއިރު، ނާކާމިޔާބުވީ އެންމެ ޕެނަލްޓީ އެކެވެ. ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ފޮނުވާލި ޕެނަލްޓީ ވިޔަރެއާލްގެ ކީޕަރު ޖެރޮނީމޯ ރޫލީ ވަނީ މަތަކޮށްފަ އެވެ.

ވިޔަރެއާލުން މެޗުގައި ލީޑުނެގީ ސްޕެއިން ގައުމީ ޓީމުގެ ފޯވާޑް ޖެރާޑް މޮރޭނޯ މެޗުގެ 29 ވަނަ މިނިޓްގައި ވައްދާލި ގޯލުންނެވެ. ޔުނައިޓެޑުން އެއްވަރުކުރީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދިހަ މިނިޓް ތެރޭ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އެޑިންސަން ކަވާނީ ވައްދާލި ގޯލުންނެވެ. ދެ ޓީމަށް ވެސް މެޗުގެ ބާކީ ބައިގައި ގޯލާ ސީދާކޮށް މެޗުން މޮޅުވާން މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ޕެނަލްޓީއާ ދިމާކޮށް ދެ ޓީމުން ވެސް ބަދަލުތަކެއް ގެނަ އެވެ. ވިޔަރެއާލުން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ފޮނުވާލީ މޮރޭނޯ، ޑެނިއަލް ރާބާ، ޕަކޯ އަލްކަސެއާ، އަލްބާޓޯ މޮރޭނޯ، ޑޭނީ ޕަރޭހޯ، މޮއީ ގޯމޭޒް، ރައުލް އަލްބިއޯލް، ފްރާްންސިސް ކޮކަލާން، މާރިއޯ ގެސްޕާ، ޕައު ޓޮރޭޒް އަދި ރޫލީ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން ޑެހެއާ (މ)އާ އެކު.--

ޔުނައިޓެޑަށް ފުރަތަމަ 10 ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހުއާން މަޓާ، އަލެކްސް ޓެލޭސް، މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބްރޫނޯ ފެނާންޑޭސް، މާކަސް ރެޝްފޯޑް، ކަވާނީ، ފްރެޑް، ޑެނިއަލް ޖޭމްސް، ލޫކް ޝޯ، އެކްސެލް ޓުއަންޒޭބޭ އަދި ވިކްޓަ ލިންޑެލޯފް އެވެ. އެގާރަ ވަނަ ޕެނަލްޓީ ޖަހަން ދިޔަ ޑެހެއާ ފޮނުވާލި ބޯޅަ ކީޕަރު ރޫލީ ހިފެހެއްޓީ އެވެ.

މި ކާމިޔާބީ ވިޔަރެއާލްގެ ކޯޗު އުނާއި އެމެރީ އަށް ވަރަށް ހާއްސަ އެވެ. އޭނާ ވަނީ ސެވިއްޔާގައި ހުރެ ޖެހިޖެހިގެން ތިން ފަހަރު މި މުބާރާތުގެ ތަށި ހޯދައިފަ އެވެ. އެކަމަކު 2019 ވަނަ އަހަރު އާސެނަލް ގޮވައިގެން ފައިނަލުގައި ޗެލްސީ އަތުން ބަލިވީ އެވެ. މި ފަހަރުގެ ފައިނަލުން ވިޔަރެއާލް ޖާގަ ހޯދީ ސެމީގައި އާސެނަލް ކަޓުވާލައިފަ އެވެ.

މިރޭ ވިޔަރެއާލަށް ފުރަތަމަ ފަހަރަށް ޔޫރަޕްގެ ތަށްޓެއް ހޯދައިދިންއިރު، އެމެރީ ވެފައިވަނި ޔޫރަޕްގެ ބޮޑު ހަތަރު މުބާރާތުގެ ތަށި ހޯދި ހަތަރު ވަނަ ކޯޗަށެވެ. މީގެ ކުރިން އެކަން ހާސިލްކުރީ ހޯސޭ މޮރީނިއޯ، ބޮބް ޕެއިސްލީ އަދި ޖިއޮވާނީ ޓްރައްޕަޓޯނީ އެވެ.

އެމެރީ ޔޫރޮޕާ ލީގުގެ ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ވިޔަރެއާލުން މި ފަހަރުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލިނުވެ އެވެ. އެމެރީ ބުނީ ސެވިއްޔާއާ އެކު ޖެހިޖެހިގެން ތިން ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަކީ ވެސް ފަހުރުވެރި ކާމިޔާބެއް ކަމަށާާއި ވިޔަރެއާލް ގޮވައިގެން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުން އިތުރަށް ހާއްސަވާ ސަބަބަކީ މިއީ މި ކްލަބަށް މި ލެވަލްގައި ލިބިގެންދިޔަ ފުރަތަމަ ތަށި ކަމަށްވާތީ އެވެ.

ޔުނައިޓެޑުން މިރޭގެ ފައިނަލުގައި ބަލިވިއިރު، އެ ޓީމުން މި ޖެހުނީ ޖެހިޖެހިގެން ހަތަރު ސީޒަނުގައި ތަށްޓެއް ނުލިބި ފަރުޖައްސާލާށެވެ. އެ ޓީމު އެންމެ ފަހުން ހަތަރު ސީޒަން ތަށްޓެއް ނުލިބި ނިންމާލީ 1980ގެ އަހަރުތަކުގަ އެެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ 2018 ވަަނަ އަހަރު ޑިސެމްބަރު މަހު އޮލެ ގުނަ ސޯލްޝެއާ ހަވާލުވި ފަހުން އެ ޓީމު ވަނީ ހަތަރު މުބާރާތެއްގެ ސެމީ ފައިނަލުން ބަލިވެފަ އެވެ. މިރޭ ވިޔަރެއާލް އަތުން ބަލި މިވީ ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ ފައިނަލްގަ އެވެ. މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ސެމީގައި ކެޓީ ސެވިއްޔާ އަތުން ބަލިވެގެންނެވެ.

ސޯލްޝެއާ ބުނީ ވިޔަރެއާލުން ކުޅުނީ ވަރަށް ރަނގަޅު ޕްލޭނަކާ އެކު ކަމަށާއި ދެ ވަނަ ހާފްގައި ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކަށް ބަލާއިރު ޕެނަލްޓީ އަށް ނުގޮސް ވެސް މި މެޗުގައި ނަތީޖާ ނެރެވޭނެ ކަމަށެވެ.

"މިއީ އަހަރެމެން އެކަކު އަނެކަކަށް އިނގިލި ދިއްކޮށްފައި ވަކި ކަމެއް އެހެން ކުރެވުނު ނަމައޭ ބުނަން އެންމެ ރަނގަޅު ވަގުތަށް ނުވާނެ. އަހަރެމެން ކުރެވޭނެހާ މަސައްކަތެއް ކުރިން. ފައިނަލެއްގައި މޮޅެއް ނުވެ އައުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫން. ބަލިވުމަކީ ވެސް ފުޓްބޯޅައިގައި އޮންނަ ކަމެއް. ދެން ޖެހޭނީ ރަނގަޅުކުރަން،" ސޯލްޝެއާ ބުންޏެވެ.

ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުމުގައި ފަހަކަށް އައިސް ޔުނައިޓެޑަށް ވަނީ މައްސަލަ ކުރިމަތިވެފަ އެވެ. އެ ޓީމު އެންމެ ފަހުން ޕެނަލްޓީ ޖަހަން ޖެހުނު ހަތް ފަހަރުގެ ތެރެއިން ހަ ފަަހަރު ބަލިވިއިރު، މޮޅުވީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލީގު ކަޕްގައި ރޮޗްޑޭލް އަތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox