މޮނީޓަރިންގެ ރަށްރަށުގެ ފިޔަވަޅުތައް ހަރުކަށިކޮށް، ކާފިއު ހިންގަނީ

މާލޭގައި ކާފިއު ގަޑީގައި މަގުމަތި ބެލެހެއްޓުމުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ: މާދަމާއިން ފެށިގެން މޮނިޓަރިންއަށްލާ ރަށްތަކުގައި ވެސް ކާފިއު ހިންގަން ވަނީ ނިންމާފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާލޭގައި ކާފިއު ގަޑީގައި މަގުމަތި ބެލެހެއްޓުމުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ: މާދަމާއިން ފެށިގެން މޮނިޓަރިންއަށްލާ ރަށްތަކުގައި ވެސް ކާފިއު ހިންގަން ވަނީ ނިންމާފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައި ވެސް ކޮވިޑް-19 އިންތިހާއަށް ފެތުރިފައިވާއިރު، މާދަމާ އިން ފެށިގެން އަތޮޅު ތެރޭގައި ވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ނިންމައިފި އެވެ.

މޮނީޓަރިންގެ ހާލަތުގައި މިވަގުތު 74 ރަށެއް އޮތްއިރު، އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ އެ ރަށްރަށުގަ އެވެ. އޭގެ ތެރެއިން ބައެއް ރަށްރަށުގައި މިހާރު ވެސް ކާފިއު ހިންގަމުން ދިޔަ ނަމަވެސް، މާދަމާއިން ފެށިގެން ހުރިހާ ރަށެއްގައި ކާފިއު ހިންގަން ފަށާނެ އެވެ.

އެގޮތުން، އެޗްޕީއޭއިން މިއަދު ނެރުނު އެންގުމުގައިވާ ގޮތުން މޮނީޓަރިންގެ ހާލަތަށް ލާފައިވާ ކޮންމެ ރަށެއްގައި ވެސް ރޭގަނޑު 9:00 ން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ.

ނަމަވެސް، ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލައި އެ ފިޔަވަޅު އަޅައިފައިވާ ވަގުތަށް ބަދަލުގެނެވޭނެ ކަމަށް އެންގުމުގައިވެ އެވެ. އެގޮތުން، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަން، ގދ. ތިނަދޫ، ގއ. ދާންދޫ، އއ. މާމިގިލި، ފ. ނިލަންދޫ އަދި ފީއަލީގައި ކާފިއުގެ ވަގުތު ވަނީ އިތުރުކޮށްފަ އެވެ.

އެއީ، ހަވީރު 4:00 ން ފެށިގެން ފަތިހު 4:00 އާ ހަމައަށެވެ. މި ރަށްރަށަކީ މާލެ ފިޔަވައި ދެން ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްރަށެވެ.

ކާފިއު ހިންގުމުގެ އިތުރުން މޮނީޓަރިންގެ ހާލަތަށް ގެނެވޭ ރަށްތަކުގައި އިތުރު ފިޔަވަޅުތައް އަޅަން ވެސް ވަނީ ނިންމައިފަ އެވެ.

އެގޮތުން، އެފަދަ ރަށްރަށުގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އެއްވެ ނޫޅުމާއި، ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމުގެ އިތުރުން ކެފޭ ރެސްޓޯރަންޓްތަކުން ހަމައެކަނި ޑެލިވަރީ ހިދުމަތް ދެވޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

މާދަމާ އިން ފެށިގެން އަޅަން ފަށާ ފިޔަވަޅުތައް

  • ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުން.
  • ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުން.
  • ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  • އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
  • 5 .އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.
  • ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
  • ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
  • ފިހާރަތަކުން ޚިދުމަތް ދޭއިރު، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.
  • ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
  • ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ހަމައެކަނި ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތަށް ބަދަލުކުރުން.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ 1،417 މީހުންނަށް އަލަށް ކޮވިޑު ޖެހިފައިވާއިރު، އޭގެ ތެރެއިން 303 ކޭހަކީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށްތަކުން ޕޮޒިޓިވްވި މީހުންނެވެ.

ބަލި ޖެހޭ މީހުންގެ އިތުރުންގެ ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

މިގޮތުން އިއްޔެގެ ރެކޯޑު 13 މަރާއެކު މި މަހު އެކަނި ވެސް ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 69 އަކަށް އަރާފަ އެވެ. ބަލީގައި ރާއްޖޭން ޖުމްލަ މަރުވި މީހުންގެ އަދަދު 142 އަކަށް އަރަ އެވެ.

މީހުން މަރުވާ މިންވަރު އިތުރުވެފައިމިވަނީ ކޮވިޑަށް ރައްކާތެރިވުމުގެ ވެކްސިން ވެސް ޖަހަން ފަށާފައިވަނިކޮށެވެ. ކޮވިޑް ވެކްސިނަކީ، ބަލީގައި ހާލު ބޮޑުވުމުން ދުރުކޮށްދޭ އެއްޗެކެވެ. ނަމަވެސް، ގިނަ ބަޔަކަށް ކޮވިޑްގެ ދެވަނަ ޑޯޒު ވެކްސިން ނެތުމުގެ ސަބަބުން ވަނީ ނުޖެހި އެވެ.

ރާއްޖޭގައި ހަތަރު ވަނަ ރާޅަކާ ހަނގުރާމަ ކުރަމުންދާއިރު، ސިއްހީ ހިދުމަތްތެރިން ބުރަކޮށް މަސައްކަތް ކުރަން ޖެހުމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ. ކޮވިޑް ފެސިލިޓީތަކާއި އައިސީޔޫތައް ވެސް ފުރިފައިވާއިރު، އެތަންތަނުގައި ބަލި މީހުން ބެލުމަށް އިންސާނީ ވަސީލަތްތައް މަދެވެ.

އެހެންނަމަވެސް، ބަލި މީހުންގެ ފަރުވާއަށް އެއްވެސް އިހުމާލެއް ނޯންނާނެ ކަމުގެ ޔަގީންކަން އެޗްޕީއޭ އިން ދެ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ، ސަރުކާރުން ވަނީ މާލޭގައި ފިޔަވަޅުތައް ވަރަށް ބޮޑަށް ހަރުކަށި ކުރަން ނިންމާފަ އެވެ. އެގޮތުން ކާފިއުގެ ގަޑި ހަވީރު 4:00 ން ހެނދުނު 8:00 އަށް އިތުރުކޮށް އެ ނޫން ވަގުތުގައި ވެސް ހުއްދަ ނުލާ ނޫން ގޮތަކަށް ބޭރަށް ނުކުމެ ނޫޅެވޭ ގޮތަށް އަންނަ ބުދަ ދުވަހުން ފެށިގެން ހަދަން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox