ފާސް ހޯދަން ބާރުބޮޑުވެ، ފުލުހުންގެ ޕޯޓަލަށް ބުރޫއަރައިފި

ކާފިއު ގަޑީގައި ބޭރަށް ނުކުތުމަށް ދީފައިވާ ހުއްދައެއްގެ ސައްހަކަން ބަލަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކާފިއު ގަޑީގައި ބޭރަށް ނުކުތުމަށް ދީފައިވާ ހުއްދައެއްގެ ސައްހަކަން ބަލަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކާފިއު ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭ އަދަދު ލިމިޓުކުރަން އަންނަ ބުދަ ދުވަހުން ފެށިގެން ކޮންމެ ގެއަކަށް ދެ ފާސް ދޫކުރާ ގޮތަށް މިއަދު ހަމަޖައްސާފައިވާއިރު، އެ ފާސް ހޯދަން ގިނަ ބަޔަކު އެއްފަހަރާ މަސައްކަތް ކުރަން ފެށުމުން ފުލުހުންގެ ޕޯޓަލަށް ބުރޫއަރައިފި އެވެ.

ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެ، ޕޮޒިޓިވްވާ މީހުންގެ ނަންބަރުތައް އަދިވެސް ކޮންޓްރޯލް ކުރެވިފައިނުވާއިރު، މިހާރު ހަވީރު 4:00 އިން ފަތިހު 4:00އަށް އިއުލާނުކޮށްފައިވާ އެގަޑި ބުދަ ދުވަހުން ފެށިގެން ކާފިއު ގަޑި ހަތަރު ގަޑިއިރަށް އިތުރުން ހެނދުނު 8:00 އާ ހަމައަށް ދަންމާލާފައިވެ އެވެ.

ކުރިއާ ހިލާފަށް ކާފިއު ގަޑީގައި ވެސް ކޮންމެ ގެއަކުން ބޭރަށް ނުކުމެވޭ އަދަދު ވެސް ލިމިޓު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އެ ގަޑީގައި ކޮންމެ ގޭބީސީއަކަށް ދެ ފާސް ލިބޭއިރު، ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭނީ އެ ފާސް އޮންނަ ފަރާތްތަކަށް އެކަނި ކަމަށާއި އެ ގަޑީގައި ފާސް ނެތް މީހަކު ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.

މިރޭ 8:00 އިން ފެށިގެން އެ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ފާހަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، ޕޯޓަލް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.

ބުދަ ދުވަހުން ފެށިގެން ހަރުކަށި ކުރާ ފިޔަވަޅުތައް

  • ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު.
  • ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ފާސް އޮންނަ މީހުން.
  • ކޮންމެ ގޭބީސީއަކަށް ދޫކުރެވޭނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ދެ ފާސް.
  • ކާފިއު ގަޑިތަކުގައި ޑެލިވަރީ ފިޔަވައި އެހެން ހިދުމަތެއް ދިނުން މަނާ.
  • ޑެލިވަރީ ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ދަންވަރު 12:00 އަށް
  • ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރުން ދެ ހަފްތާއަށް ހުއްޓާލުން.
  • ފާސް ނެތް މީހަކަށް ކަސްރަތު ކުރަން ބޭރަށް ނުކުތުން މަނާ.
  • ހުއްދަ ދޭ އަމިއްލަ އޮފީސްތައް ފިޔަވައި އެހެން ތަންތަން ބަންދުކުރުން.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެއް ވަގުތެއްގައި ގިނަ ބަޔަކު ޕޯޓަލަށް ވަނުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

އެ ހިދުމަތް ދިނުމުގައި ލަސްތަކެއް ދިމާވަމުންދާތީ ރައްޔިތުންގެ ކެތްތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިރޭ ދޫކުރަން ފެށި ފާސް ވަނީ ވަކި ގަޑިތަކަކަށް ބަހާލާފައި އެވެ.

އަދި އެ ފާސް ދޫކޮށްފައި އޮންނާނީ ވަކި މީހަކަށް ކަމަށާއި އެ ފާސް ދޫކޮށްފައިވާ ފަރާތް ނޫން ފަރާތަކަށް އެ ފާހުގައި ބޭރަށް ނުކުތުން މަނާވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި ކާފިއު ހިންގާފައިވާ ގަޑިތަކުގައި އެ ފާސް ބޭނުންނުކުރެވޭނެ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

މިގޮތުން، އެއް ފާސް ދޫކުރެވިފައި އޮންނާނީ ހެނދުނު 8:00 އިން މެންދުރު 12:00 އާ ހަމައަށް އަދި ދެވަނަ ފާސް އޮންނާނީ މެންދުރު 12:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

މާލޭގެ ގެއަކަށް ދޫކޮށްފައިވާ ފާހެއް ބޭނުންކޮށްގެން ހުޅުމާލެއަށް ނުވަތަ ވިލިމާލެއަށް ދަތުރު ނުކުރެވުނު ނަމަވެސް، ވިލިމާލެއަށް ދޫކޮށްފައިވާ ފާހެއްގައި މާލެ އައުމަށް ހުރަހެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox