ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް އިތުރު 15 ދުވަސް

ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން: އެ ދެ ތިން މީހުންގެ ބަންދަށް އިތުރު 15 ދުވަސް މިއަދު ކުރިމިނަލް ކޯޓުން ވަނީ ދީފައި --

ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން: އެ ދެ ތިން މީހުންގެ ބަންދަށް އިތުރު 15 ދުވަސް މިއަދު ކުރިމިނަލް ކޯޓުން ވަނީ ދީފައި --

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް އިތުރު 15 ދުވަސް މިއަދު ކުރިމިނަލް ކޯޓުން ޖަހައިފި އެވެ.

ކުރިމިނަލް ކޯޓުން މިއަދު އިތުރު 15 ދުވަސް ޖަހާފައިވަނީ މުޖާޒް އަހުމަދާއި ތަހުމީން އަހުމަދާއި އަހުމަދު އަދުހަމް ރަޝީދުގެ ބަންދަށެވެ. މީގެކުރިން ވެސް މި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖެހި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު ވަނަ މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. އެއީ، އަހުމަދު ފާތިހެވެ. އޭނާ ވެސް ބ. އޭދަފުށީ ކޯޓުން ޖަހާފައިވާ 15 ދުވަހުގެ ބަންދު މުއްދަތެއްގައި ޖަލުގަ އެވެ.

މި ހަތަރު މީހުންނާ ގުޅޭ ހެކި ވެސް ފުލުހުންނަށް ލިބިފައިވާއިރު، ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލައި މި ހަމަލާ ފުލުހުން ގުޅުވަނީ ހަރުކަށި ފިކުރުގެ ވިސްނުމާ އެވެ.

ޓެރަރިސްޓް ހަމަލާއަށްފަހު ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ. އެގޮތުން އެ އޮޕަރޭޝަނުގައި މާލޭންނާއި ހުޅުމާލޭން ހައްދުހަނައެޅުމުގެ ބޮޑުން ކަމަށް ބެލެވޭ ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

އެއީ، އަބްދުﷲ އަލީ މަނިކާއި މުހައްމަދު ނާޒިމެވެ. އެ ދެ މީހުން ވެސް ތިބީ 15 ދުވަހުގެ ޖަލު ބަންދެއްގަ އެވެ. އޮޕަރޭޝަންގެ ތެރެއިން އައްޑޫ ސިޓީން އައިއެސްއަށް ތާއިދުކުރާ ނުވަ މީހަކު ވެސް ހައްޔަރުކޮށް ބަންދުކޮށްފައިވެ އެވެ.

ބޮމުގެ ހަމަލާގައި ރައީސް ނަޝީދު ރަށް ބޮޑަށް އަނިޔާވެވަޑައިގެންނެވި އެވެ. ގާތްގަނޑަކަށް 16 ވަރަކަށް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ނަޝީދުގެ ހަށިކޮޅުން 10 ރޭޒަރު ފުއް ޑޮކްޓަރުން ނެގި އެވެ. އަދި ހަށިކޮޅުގައި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕުލާސްޓިކު ކޮޅެއް ވެސް ތާށިވެފައި އޮތެވެ.

އިތުރު ފަރުވާއަށް ނަޝީދު މިވަގުތު ހުންނެވީ ޖަރުމަނުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox