ހިޔާ ފްލެޓްތަކުގެ ލިސްޓު ލިބުނަސް ގުރުއަތުލުން ބޭއްވޭނެ ދުވަހެއް އަދި ނޭނގެ!

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ހުރި ފްލެޓްތައް: މިއިން ކޮންމެ ޓަވަރެއްގައި 2000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭނެ -- ފޮޓޯ

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ހުރި ފްލެޓްތައް: މިއިން ކޮންމެ ޓަވަރެއްގައި 2000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭނެ -- ފޮޓޯ

ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓުހައުސިން މިނިސްޓްރީން ހިއްސާކޮށްފައިވީ ނަމަވެސް ކޮވިޑުގެ ސަބަބުން ހުއްޓިފައި އޮތް ގުރުއަތުލުން އަލުން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

އެޗްޑީސީން ހިޔާ ފްލެޓްތަކުގެ ގުރުނެގުން ހުއްޓާލީ ހައުސިން މިނިސްޓްރީން ބައެއް ކެޓަގަރީތަކުން ފައިނަލް ލިސްޓު ނުލިބިގެންނެވެ. ހިޔާ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު މިހާރި ފޮނުވާފައި އޮތް ނަމަވެސް ރާއްޖޭގެ ކޮވިޑުގެ ހާލަތާ ގުޅިގެން އެޗްޑީސީން އޮތީ ހިޔާ މަޝްރޫއުގެ ގުރުނެގުން މެދުކަނޑާލައިފަ އެވެ.

ހިޔާ ފްލެޓްތަކުގެ ގުރުއަތު ނެގުމާ ގުޅޭ ގޮތުން އެޗްޑީސީގެ މީޑިއާ އޮފިޝަލް އައިޝަތު ހަސްނާ "އަދަދު"އަށް ވިދާޅުވީ، ގުރުއަތުލުން އަލަން ފަށާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. ކޮވިޑާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ގުރުނެގުން ފަށާނެ ތާރީހެއް އެޗްޑީސީން އިއުލާނުކުރާނެ ކަމަށް އޭނާ ބުންޏެވެ.

މި ފްލެޓްތަކުގެ ގުރުއަތުލުން އެންމެ ފަހުން ބޭއްވީ މި މަހުގެ 4 ވަނަ ދުވެހެވެ. އެހާތަނަށް މިނިސްޓްރީން ފޯރުކޮށްދިން ލިސްޓުތަކުގައި އޮތް މީހުންގެ ގުރުނެގުން ނިންމާލާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ދައުލަތުގެ މީޑިއާގެ ޔެސް ޓީވީން ވަގުތުން ދުރަށް ދެއްކި ގުރުނެގުމުގެ އިވެންޓު ކުރިއަށް ދިޔައީ، އެ މީހަކަށް ފްލެޓް ލިބޭ ޓަވަރާއި، ފަންގިފިލާ އަދި އެޕާޓްމަންޓް ނަމްބަރު ފެންނަ ގޮތަށެވެ.

އެޗްޑީސީން ކުރިން ބުނެފައި ވަނީ ހަފުތާއެއްގެ ތެރޭގައި ގުރުއަތުލުން ނިންމާލެވޭނެ ކަަމަށެވެ. އެކަމަކު މިހާތަނަށް ދިން ތާރީހްތަކަށް ފްލެޓަށް ނުވަދެވި ދިގުލައިގެން ދިޔަ ގޮތަށް ގުރުއަތު ނިންމަން ބުނި މުއްދަތުގައި ވެސް އެކަން ނުވުމުން ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް 6720 އަށް ވުރެ ގިނަ އާއިލާ ބަދަލުވާ އިރު، ފިނިޝިން މަސައްކަތާއި އެޕާޓްމަންޓުގެ އެހެނިހެން މަސައްކަތްތައްކޮށް ނިންމުމަށް ފަހު އެޕާޓްމަންޓުގައި ދިރިއުޅެން ފަށަން ވެސް ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ.

އެޗްޑީސީގެ އަމާޒަކީ އަންނަ މަހުގެ ތެރޭގައި ފްލެޓް ލިބޭ އެންމެންނާ އެކު އެގްރީމަންޓު ކުރުމަށް ފަހު، ތަޅުދަނޑިތައް ހަވާލުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox