ހައްލު ނުވި ފްލައިން ސްކޫލްގެ މައްސަލަ: ދަރިވަރުން ގޮތް ހުސްވެއްޖެ!

އައްޑޫގައި އޭއޭއޭއިން ހިންގައި ފްލައިން ސްކޫލުގައި ބޭނުންކުރާ ބައެއް މަތިންދާބޯޓުތައް. -ފޮޓޯ: އޭއޭއޭ ސްޓޫޑެންޓްސް ޔޫނިއަން

އައްޑޫގައި އޭއޭއޭއިން ހިންގައި ފްލައިން ސްކޫލުގައި ބޭނުންކުރާ ބައެއް މަތިންދާބޯޓުތައް. -ފޮޓޯ: އޭއޭއޭ ސްޓޫޑެންޓްސް ޔޫނިއަން

އައްޑޫގައި ހިނގަމުންދާ ފްލައިން ސްކޫލް، އޭއޭއޭގެ ޝަކުވާ އަޑުއިވޭތާ އެތައް މަހެއް ވެއްޖެ އެވެ. ދޭތެރެ ދޭތެރެއިން އެ ޝަކުވާތައް ފުރިގެން ބަންޑުންވެ އެވެ. އެތަނުގެ ބެލެނިވެރި ފަރާތް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އެކަން ނުވެގެން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސީދާ ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ވަންނަވައިފަ އެވެ. އެކަމަކު ދަރިވަރުން އެ މައްސަލަތަކުގެ ތެރޭގައި ހަތަރު އަހަރުވި އިރު ވެސް މިއަދާ ހަމައަށް ވެސް ހައްލެއް ނުހޯދެ އެވެ.

މައްސަލަ ދިގުލައިގެންދާ ކޮންމެ ދުވަހަކާ އެކު އެތަނުގައި ކިޔަވާ ދަރިވަރުންގެ މާޔޫސްކަން ވަނީ އިތުރެވެ.

އެ 178 ދަރިވަރުންގެ ތެރެއިން އަހުމަދު އަހަދު ބުނި ގޮތުގައި އެ ސްކޫލަށް ވަނީ 18 މަހުން ކިޔަވައި ނިންމައި އޭނާގެ ފޮނި އުއްމީދުތައް ހަގީގަތަކަށް ހެދުމަށެވެ. އޭގެ ފަހުން ތިން އަހަރު ވީ އެވެ. އޭނާގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހޭނެ ދުވަހެއް އަދި އަންދާޒާކޮށްލާކަށް ވެސް ނޭނގެ އެވެ.

"މިއީ، އަދި އަޅުގަނޑުގެ ވާހަކަ. މި ތަނުގައި އެބަ ތިބި 12 މަހުން ކޯސް ފުރިހަމަ ކުރާ ގޮތަށް ޖޮއިންކުރި ގޮތަށް ފަސް ހަ އަހަރު ވެފައި ތިބި ކުދިން،" މި މައްސަލާގައި އިސްކޮށް އަޑުއުފުލަމުންދާ އަހުމަދު ކިޔައިދިނެވެ.

އެއީ 45،000 އެމެރިކާ ޑޮލަރުގެ ދައްކަންޖެހޭ ކޯހުގައި ޒާތަކަށް ތާށިވެފައި ތިބި ދަރިވަރުންގެ ހާލެވެ. އެ ތަނުގައި ގިނައީ ބޮޑެތި ލޯނުތައް ނަގައިގެން އެހެން ހިސާބުތަކުން ފޭދުއަށް އައިސް ތިބި ކުދިންނެވެ. ހުރުމަށާއި ކެއުމަށް ދާ ހަރަދު ކޯހަށް އިތުރުވާ ކޮންމެ މަހަކާ އަކު ދަނީ މައްޗަށެވެ.

ބޯޓުތައް ހަލާކުވެފައި، އިންޖިއަނަރަކު ނެތް

އަހުމަދު "އަދަދު"އަށް ބުނި ގޮތުގައި 2009 ވަނަ އަހަރުން ފެށިގެން އޮޕަރޭޓު ކުރަމުން އަންނަ ސްކޫލުގައި ގެންގުޅުނު 14 ބޯޓު ވެސް އޮތީ ހަލާކުވެފަ އެވެ.

އެ ބޯޓުތައް މަރާމާތުކުރަން ތިބި ހުރިހާ އިންޖިއަނަރުންނަށް ކޮވިޑް-19ގެ ބަހަނާގައި މުސާރާ ނުދޭތީ އިސްތިއުފާ ދީފައިވާއިރު، އިންސްޓްރަކްޓަރުންނަށް ރަނގަޅަށް މުސާރަ ނުދޭތާ ވެސް އެތައް މަހެއް ވެއްޖެ ކަމަށެވެ.

"ރަނގަޅަށް މުސާރަ ނުދޭއިރު ވެސް އިންސްޓްރަކްޓަރުން މިހާރު އެ މަޑުކުރަނީ ދަރިވަރުންނަށްޓަކައި،" އަހުމަދު ބުންޏެވެ.

އޭގެ އިތުރުން އެ ސްކޫލްގައި ދެ ފްލައިޓް ސިމިޔުލޭޓަރު ގެންގުޅޭއިރު، އެ ވެސް ގިނަ ވަގުތު މަސައްކަތް ނުކުރާކަމަށް ބުންޏެވެ.

"މިހާރު އެބައިން އީމެއިލެއް ފޮނުވާފައި، ސިމުލިޔޭޓަރު ޓްރޭނިން ހަދާފައި ތިބި ކުދިންގެ ތެރެއިން ރަށަށް ދާން ބޭނުންވާ ކުދިން ދިޔަސް އެންމެ ރަނގަޅޭ،" އަހުމަދު ކިޔައިދިނެވެ.

އެ ތަނުގެ ޖެނެރަލް މެނޭޖަރު ދަރިވަރުންނަށް އިއްޔެ ފޮނުވާފައިވާ އީމެއިލްގައި ބުނެފައިވަނީ ފްލައިޓް ޓްރެއިނިން ހުއްޓިފައިވާއިރު، އާ އިންޖިނިއަރުން ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، މިވަގުތު ކުރިއަށް ގެންދަނީ ސިމިޔުލޭޓާ ޓްރެއިނިން އެކަނި ކަމަށެވެ.

އެހެންކަމުން، ސިމިޔުލޭޓާ ޓްރޭނިން ނިމިފައިވާ ދަރިވަރުން ރަށަށް ދާން ބޭނުންނަމަ ދެވޭނެ ކަމަށް އެ އިމެއިލްގައި ބުނެފައިވެ އެވެ.

ނަމަވެސް، އަހުމަދު ބުނި ގޮތުގައި، އެންމެ އަވަހަށް ވެސް އާ އިންޖިނިއަރުން މިއަހަރުގެ ތެރޭގައި ވެސް ހޯދިދާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ އީމެއިލްގައި ބުނެފައިވާ ފަދައިން އެކަމަށް ވެސް ބަހަނާ އެއްގެ ގޮތުގައި ސްކޫލުން ދައްކަނީ ސަރުކާރުން ބޭނުންވާ ހުއްދަތައް ނުލިބުންކަމަށް އޭނާ ބުންޏެވެ.

ބުނި ހުރިހާ ކަމެއް ކޮށްދިން، ފިޔަވަޅު ވެސް އެޅި

އެ ސްކޫލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ދޭން ކަމަށް ބުނެ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ވެސް އެމެރިކާ ޑޮލަރުން ފީ ނަގާ ކަމުގެ ޝަކުވާ ދަރިވަރުން ކުރި އެވެ.

އެކަން ހައްލުކޮށްދޭން މިދިޔަ މާޗް މަހު ސަރުކާރުން ވަނީ ރުފިޔާގެ ބަދަލުގައި ދެ ލައްކަ އެމެރިކާ ޑޮލަރު އެ ސްކޫލަށް ފޯރުކޮށްދީފަ އެވެ.

އެކަމުގެ ޝަކުވާތަކުގެ އަޑު ކަނޑައިގެން ނުދެ އެވެ. ޝަކުވާ ކުރާ ދަރިވަރުން ވަކިކުރުމާއި ފުރައްސާރަ އާއި ބިރު ދައްކާ ކަމުގެ ޝަކުވާ އެވެ.

އެ ޝަކުވާތައް ފުނިޖެހިގެން މިދިޔަ ފެބްރުއަރީ މަހު މަޖިލީހަށް އޭއޭއޭގެ މައްސަލަ ހުށަހެޅި ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީން ވަރަށް ފުޅާކޮށް އެ މައްސަލަ ބެލި އެވެ. ކަމާގުޅޭ ހުރިހާ މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް ނިންމުންތަކެއް ވެސް ނިންމި އެވެ.

އޭގެ ތެރޭގައި ސްކޫލަށް ފިޔަވަޅު އެޅުމާއި، ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރެވޭނެ ގޮތްތައް ހޯދައި ދިނުން ހިމެނެ އެވެ.

އަދި އޭގެ ފަހުން މި މަހު ކުރީކޮޅު ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ މައްސަލައިގައި ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ.

މިގޮތުން، އައްޑޫ ފްލައިން ސުކޫލް އޮޑިޓްކޮށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން އެ ސުކޫލްގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން ކެޕްޓަން ސުރަންޖަން ޑީ ސިލްވަ އާއި އެކައުންޓެބަލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަން ރައީސް އެންގެވި އެވެ.

އަދި އެ ސުކޫލްގެ ދަރިވަރުން ބީއެމްއެލް އިން ނަގާފައިވާ ލޯންތަކަށް އިންޓަރެސްޓް އަރަމުންދާ މައްސަލައިގައި ދަރިވަރުން ކަންބޮޑުވުން ހައްލުކުރަން އެ ލޯނުތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކުރަން ނިންމެވި އެވެ.

އޭގެ ފަހުން، ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ އައްޑޫ ފްލައިން ސްކޫލްގެ ޓްރެއިނިން ހެޑްގެ ހުއްދަ އަތުލަން ނިންމައިފަ އެވެ.

އަހުމަދު ބުނި ގޮތުގައި މިކަމުގައި ސަރުކާރުން ވަންނަން ނުޖެހޭ މިންވަރަށް ވަދެ ކޮށްދިން މަސައްކަތްތައް ބަލައިގަނެ އެވެ.

މިގޮތުން، ދަރިވަރުންގެ ފީގެ މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ވެސް ބޮޑުވުމާ ގުޅިގެން އޭރު ސަރުކާރުން ވަނީ ލޯން ދައްކަންޖެހޭ މުއްދަތު އިތުރުކޮށް ދިނުން ފަދަ ކަންކަން އޭނާ ފާހަގަކުރި އެވެ.

ނަމަވެސް، އޭގެ ފަހުން ވެސް ހަގީގީ މައްސަލަ އޮތް ގޮތަށް ދެމި އެބައޮތެވެ. އިންޒާރުދީ، ފިޔަވަޅު އަޅައިގެން ވެސް އޭއޭއޭގެ މެނޭޖުމަންޓު ސަރުކާރަކަށް ވެސް އަދި މަޖިލީހަކަށް ވެސް އަތްޖެހޭ ގޮތެއް ނުވެ އެވެ.

މިހާރު ދައްކަނީ ބަދަލު ހޯދާ ވާހަކަ

ދައުލަތުގެ ދެ ބާރުގެ ތެރޭގައި ގުޑާނުލައި އޮތް މައްސަލައަށް ތިން ވަނަ ބާރު ވެއްދުމުގެ އަޑުތައް މިހާރު ވަނީ އިވެން ފަށައިފަ އެވެ.

އޭއޭއޭ ގޮވައިގެން ކޯޓަށް ގޮސް، ދަރިވަރުންނަށް އެތައް އަހަރެއް ވަންދެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމެވެ. އެއީ އަންނަ ޖުލައި މަހުގެ ނިޔަލަށް އޭއޭއޭއިން ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، ދަރިވަރުން ދައްކާފައިވާ ފައިސާ އަނބުރާ ނުދީ މެނޭޖުމަންޓު ރާއްޖޭން ހިނގައިދާނެތީ އެވެ.

އަހުމަދު ބުނި ގޮތުގައި އެ މަޝްވަރާތައް ދަރިވަރުންގެ މެދުގައި ކުރެވެމުންދާތީ، ސީދާ އެކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

އެކަމަކު އޭގެ ކުރިން ވެސް އެކަމުގެ ސަބަބުން ދަރިވަރުން ވަނީ ބޮޑު ނިންމުމެއް ވެސް ނިންމައިފަ އެވެ. ކޯސް ފުރިހަމަނުކޮށްދެވޭނެ ކަމަށް އެ ކުދިން މިހާރު ބޭނުންވަނީ އޭއޭއޭ ނޫން ގޮތެކެވެ.

"ހަމަ ހަގީގަތަށް ވެސް އަދިވެސް ނޭނގޭ ކިހާ ދުވަހެއް ނަގާނެ ކަމެއް ކޯސް ނިމެން. މި ހުރިހާ ކަމެއް ވެގެން ދިޔައިރު ވެސް މިކަން ނިމުމުގެ ކޮޅެއް މެދެއް ވެސް ނުފެނޭ،" އަހުމަދު ބުންޏެވެ.

އަހުމަދު ބުނީ ދަރިވަރުން މިހާރު ބޭނުންވަނީ ސަރުކާރުން އިސް ނަގައިގެން ފްލައިން ސްކޫލު ހިންގާނެ ބޭރުގެ އެހެން ފަރާތެއް ހޯދައި، ރާއްޖެ ގެނައުމެވެ.

ނޫން ނަމަ، ސަރުކާރުން ދޫކޮށްފައިވާ ލޯނުގެ ތެރެއިން، ދަރިވަރުން މާލީ އިތުރު ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ރާއްޖޭން ބޭރުން ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދައި ދިނުމެވެ.

"ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ވެސް ވިދާޅުވެފައި އެބަ އޮތް މިހާރު ދޫކޮށްފައިވާ ލޯނުގެ ތެރެއިން ރާއްޖޭން ބޭރުން މި ކޯސް ފުރިހަމަ ކުރެވޭނެ ގޮތެއް ހަމަޖެހޭތޯ އެބަ ބައްލަވަމޭ. އެކަމަކު އޭގެ އެއްވެސް ހަބަރެއް އަދި ނުލިބޭ."

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox