އިޒްރޭލަށް ތާއިދުކުރި އިންޑިއާ ޓީޗަރަކު ޅައިމަގުން ބާލައިފި

May 22, 2021, 6:39 AM
މާލޭގައި އިޒްރޭލާ ދެކޮޅަށް ދަމާފައިހުރި ބެނާއެއް: ޅައިމަގު ޓީޗަރަކު ވަނީ ރަށުން ބާލާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މާލޭގައި އިޒްރޭލާ ދެކޮޅަށް ދަމާފައިހުރި ބެނާއެއް: ޅައިމަގު ޓީޗަރަކު ވަނީ ރަށުން ބާލާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ށ. ޅައިމަގު ސްކޫލްގައި ކިޔަވައިދޭ އިންޑިއާ ޓީޗަރަކު އިޒްރޭލަށް ތާއިދުކުރި ކަމަށް ބުނެ ރައްޔިތުން ނުރުހުން ފާޅުކުރުމުން، އެ ޓީޗަރު ރަށުން ބާލަން ޖެހިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ބިދޭސީ ޓީޗަރަކާމެދު ޅައިމަގު ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކޮށް، އެ ރަށުން ބާލަން ގޮވާލަމުން ދިޔައީ ކަމަށެވެ.

"އެކަމާ ގުޅިގެން ޓީޗަރުގެ ރައްކާތެރިކަމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށުން ރޭ އެ ރަށުން އެ ޓީޗަރު ބާލާފައިވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިޒްރޭލަށް ސަޕޯޓް ކުރާ ކަމަށް ފޭސްބުކްގައި ލިޔުނު ހދ. ހަނިމާދޫ ސްކޫލްގެ އިނގިރޭސި ކިޔަވައިދޭ އިންޑިއާ ޓީޗަރަކާމެދު އެ ރަށުގެ ރައްޔިތުން ވެސް މިދިޔަ ބުރާސްފަތި ދުވަހު ނުރުހުން ފާޅުކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ހަނިމާދޫ ސްކޫލުން ވަނީ އޭނާ ވަޒީފާއިން ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. އެ ޓީޗަރާމެދު އެގޮތަށް ކަންތައް ކުރީ އޭނާއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވާން އޮތް ގޮތަކީ ވެސް އެއީ ކަމުގައިވާތީ ކަމަށް ސްކޫލުން ބުނެފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދިޔަ ހަމަލާތަކާ ގުޅިގެން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް އިޒްރޭލާ ދެކޮޅަށް ގިނަ ރަށްރަށުގައި ވަނީ ހަރަކާތްތައް ހިނގާފަ އެވެ. އެގޮތުން ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުން ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

މިފަދަ ބައެއް ހަރަކާތްތަކުގައި ބިދޭސީ ޓީޗަރު ވެސް ބައިވެރިވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox