ލީގުގެ ފަހު މެޗުގެ ކުރިން މެސީ ޗުއްޓީ އަކަށް!

May 22, 2021, 6:04 AM
ލީގުގެ ފަހު މެޗުގެ ކުރިން މެސީ ޗުއްޓީ އަކަށް!

ބާސެލޯނާ (މެއި 22) - އަންނަ މަހުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރި ލިއޮނަލް މެސީ، ސްޕެނިޝް ލީގުގެ ފަހު މެޗުގައި މިރޭ ނުކުޅެ ޗުއްޓީ އަކަށް ދާން ނިންމައިފި އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 33 އަހަރުގެ މެސީ، މިރޭ ބާސެލޯނާ އިން ސްޕެނިޝް ލީގުގައި މި ސީޒަނުގައި ކުޅޭ ފަހު މެޗުގައި އެއިބާއާ ދެކޮޅަށް ކުޅޭ ޓީމުގައި ބައިވެރިނުވަން އެދުނީ އަމިއްލަ އަށެވެ. އެއީ އަންނަ މަހު އާޖެންޓީނާގައި ބާއްވަން ތާވަލުުކޮށްފައިވާ ކޮޕަ އެމެރިކާ އަށް ތައްޔާރުވުމުގެ ގޮތުންނާއި މުސްތަގުބަލާ މެދު ގޮތެއް ނިންމުމުގެ ކުރިން އަރާމްކޮށްލުމުގެ ބޭނުމުގަ އެވެ. މެސީ މި ވަގުތު ބާސެލޯނާ ކޮންޓްރެކްޓްގައި ހުރީ އަންނަ މަހުގެ ނިޔަލަށެވެ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ޗުއްޓީ އެއް ދިނީ ހަމައެކަނި މެސީ އަށް ނޫން ކަމަށެވެ. ސީޒަނުގައި ގިނަ މެޗުތަކެއް ކުޅުނު ކުޅުންތެރިންނަށް ގައުމީ ޓީމުގެ މުހިއްމު މުބާރާތްތަކެއް ހުރުމުން އަރާމްކުރަން ފުރުސަތު ދިނުން އެއީ ރަނގަޅު ނިންމުމެއް ކަމަށް ކޫމަން ބުންޏެވެ. އެ ގޮތުން މެސީ އާއި ޕެޑްރީ ބާސެލޯނާގެ ފަހު މެޗުގައި ބޭނުންނުކުރަން ނިންމީ ކަމަށް ކޫމަން ބުންޏެވެ.

ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީ ދެން ބާސެލޯނާ ޖޯޒީގައި ނުފެނުމުގެ ފުރުސަތެއް ވެސް އެބައޮތެެވެ. މެސީގެ ބައްޕަ ޖޯޖް މެސީ އަންނަނީ މެސީގެ މުސްތަގުބަލާ ބެހޭގޮތުން ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީއާ އެކު މަޝްވަރާކުރަމުން ކަމަށް ވެސް ދެކުނު އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެކަމަކު ކޫމަން ބުނީ އޭނާގެ ނަޒަރުގައި މެސީ ކުރިއަށް އޮތްތަނުގައި ވެސް ފެންނާނީ ބާސެލޯނާ އިން ކަމަށެވެ. އަދި މެސީ ނުލައި ކުޅޭ ބާސެލޯނާ ޓީމަކަށް ވަރަށް އުނދަގޫވާނެ ކަމަށް ކޫމަން ބުންޏެވެ.

"މި ސީޒަނުގައި ވެސް މެސީ ތަފާތު ދައްކައިފި. އޭނަގެ ޕްރޮފެޝަނަލިޒަމާއި ލީޑަޝިޕާ މެދު ސުވާލެއް ނެތް. މެސީ ގޮސްފިނަމަ ވަރަށް އުނދަގޫވާނެ. ޔަގީނުން ވެސް އަހަރެމެން ހޯދަން ޖެހޭނެ ސީޒަނެއްގައި 30 ގޯލު ޖަހައިދޭ ކުޅުންތެރިއަކު،" ކޫމަން ބުންޏެވެ.

ބާސެލޯނާ އަށް މި ފަަހަރު ލީގު ޗެމްޕިއަންކަމާއި ދެ ވަނަ އަށް އެރުމުގެ ފުރުސަތު މިހާރު ނެތެވެ. އެ ޓީމު ލީގުގެ ތިން ވަަނައިގައި އޮތީ 37 މެޗުން 76 ޕޮއިންޓާ އެކު އެވެ. ތިން ވަނަ ކަށަވަރުކުރަން މިރޭ ބާސެލޯނާ އިން ނަތީޖާ ނެރެން ޖެހެ އެވެ. އެއީ އެއިބާ އަތުން ބާސެލޯނާ ބަލިވެ ހަތަރު ވަނައިގައި އޮތް ސެވިއްޔާ މޮޅުވެއްޖެނަމަ އެ ޓީމަށް ތިން ވަަނަ އަށް އެރޭނެ އެވެ. ސެވިއްޔާ މި ވަގުތު ހަަތަރު ވަނައިގައި އޮތީ 37 މެޗުން 74 ޕޮއިންޓް ހޯދައިގެންނެެވެ.

ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 37 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 37 މެޗުން ވަނީ 81 ޕޮއިންޓް ލިބިފަ އެވެ. ރެއާލް މިރޭ އަމިއްލަ ދަނޑުގައި ވިޔަރެއާލާ ބައްދަލުކުރާއިރު، އެތުލެޓިކޯ ރަށުންބޭރުގައި ކުޅޭނީ ރެއާލް ވަލޮޑޮލިޑާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox