20 ކުޅުންތެރިން ކޮވިޑް އަށް ޕޮޒިޓިވް، މިޑްފީލްޑަރު ގޯލަށް ކުޅެ ޓީމު މޮޅުކޮށްދީފި

May 20, 2021, 7:16 AM
މިޑްފީލްޑަރު އެންޒޯ ޕެރޭޒް ރޭގެ މެޗުގައި ގޯލަށް ކުޅެނީ.-

މިޑްފީލްޑަރު އެންޒޯ ޕެރޭޒް ރޭގެ މެޗުގައި ގޯލަށް ކުޅެނީ.-

ބީނޯސް އޭރީސް (މެއި 20) – އާޖެންޓީނާގެ ކްލަބް ރިވާ ޕްލޭޓްގެ 20 ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެ އެ ކްލަބަށް ދިމާވެފައިވާ އެެހެނިހެން އަނިޔާގެ މައްސަލަތަކާ ހުރެ ބަދަލު ކުޅުންތެރިއަކު ނެތި، މިޑްފީލްޑަރު އެންޒޯ ޕެރޭޒް ގޯލަށް ލައިގެން ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.

ދެކުނު އެމެރިކާގެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ލިބެޓެޑޯރެސްގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުން ރިވަ ޕްލޭޓް މި އުނދަގޫ ހާލަތުގައި ކޮލަމްބިއާގެ ސަންޓާ ފޭއި އަތުން މޮޅުވީ 2-1 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރެ ރޭ ރިވަ ޕްލޭޓްގެ ގޯލު ބެލެހެއްޓި މިޑްފީލްޑަރު އެންޒޯ ޕެރޭޒް އެވެ. މެޗުގައި ރިވާ ޕްލޭޓުގެ ތިބީ ބެންޗާ އެކު ޖުމްލަ އެއްކޮށް 11 ކުޅުންތެރިންނެވެ.

ކޮވިޑް-19 ގެ ނުރައްކާ އާޖެންޓީނާ އަށް ބޮޑުވެ، ރިވާ ޕްލޭޓްގެ ކުޅުންތެރިންތައް ޕޮޒިޓިވްވިއިރު އެ ޓީމުގެ ހަތަރު ގޯލްކީިޕަރުންގެ ވެސް އޭގެ ހިމެނެ އެވެ. ރިވަޕްލޭޓުން ފަސް ވަަނަ ކީޕަރެއް އިމަޖެންސީ ކުޅުންތެރިއެއްގެ ގޮތުގައި ލިސްޓުގައި ޖަހަން އެދުނު ނަމަވެސް ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކޮންމެބޯލް އިން އެ ފުރުސަތު އެ ޓީމަށް ނުދިނެވެ.

އެހެންވެ ކުޅުންތެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ރޭގެ މެޗުގައި ރިވާ ޕްލޭޓްގެ ގޯލު ބެލެހެއްޓީ މިޑްފީލްޑަރު އެންޒޯ ޕެރޭޒް އެވެ. އެއީ އޭނާ އިސްނަގައިގެން އެ ކަމަށް އެދުމުންނެވެ. އިސްކޮޅުން ފަސް ފޫޓް 10 އިންޗި ހުންނަ އެންޒޯ ޕެރޭޒް ރޭގެ މެޗުގައި ކުޅުނީ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅުނުވެ ހުރެ އެވެ. އޭނާ ހުރި ގޯލަށް މާ ގިނަ ހަމަލާތަކެއް ފޮނުވާނުލެވުނެވެ.

އުމުރުން 35 އަހަރުގެ އެންޒޯ ޕެރޭޒް ވަނީ އާޖެންޓީނާ ގައުމީ ޓީމަށް 26 މެޗު ކުޅެދީފަ އެވެ. އޭނާ ރިވަ ޕްލޭޓާ ގުޅުނީ 2017 ވަނަ އަހަރު އެވެ. ޔޫރަޕްގައި އޭނާ ވަނީ ސްޕެއިނުގެ ވެލެންސިއާ އަށާއި ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެފަ އެވެ.

ރޭގެ މެޗުން މޮޅުވެ ރިވާ ޕްލޭޓް އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނައިގަ އެވެ. ރޭގެ މޮޅާ އެކު މުބާރާތުގެ އަނެއް ބުރަށްދާން ރިވާ ޕްލޭޓަށް ލިބުނީ މުހިއްމު ޕޮއިންޓްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox