ހިޔާނާތުގެ ލިސްޓް ފާސްކުރަން ކުރި ބަހުސްގައި ދިފާއުވެވަޑައިގަތީ ހަމައެކަނި ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ލިސްޓު އާއްމުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމަށް ތަޅުމުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފިޔަވައި އެ ލިސްޓުގައި ހިމެނުނު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަތެވެ.

ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ އެ މައްސަލަ ދިރާކޮށް ނިންމި ގޮތުގެ ރިޕޯޓާއެކު މުޅި ލިސްޓް އާއްމުކޮށްފަ އެވެ.

އެ ލިސްޓުގައި ނަވާރަ ވަނަ މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ޖުމްލަ ނުވަ މެމްބަރުން ތިއްބަވާއިރު، އެ ލިސްޓުގައި ނަން ހިމެނިފައި ނުވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ އިތުރުން ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އެކަންޏެވެ.

އޭރު އިދިކޮޅުގައި އޮތް އެމްޑީޕީ މެމްބަރުން ތަކެއް ލިސްޓުގައި އޮތް ކަމަށް ތުހުމަތުކުރެވުނުއިރު، މިއަދު އާއްމުކުރި ލިސްޓުގައި އެ ޕާޓީގެ އިސް ސަފުގައި މަޖިލިސް ތަމްސީލު ކުރައްވާ ތިން މެމްބަރުންނާ އެކު ޖުމްލަ ހަތަރު މެމްބަރުން ހިމެނުނެވެ.

މިގޮތުން، މިހާރުގެ އެމްޑީޕީ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ އިތުރުން މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރުގެ ނަން އެބަ އޮތެވެ.

އެކަމާ ގުޅިގެން މިއަދު ކުރިއަށް ދިޔަ ބަހުސްގައި ލިސްޓުގައި ނަން އޮތް އެއްވެސް މެމްބަރަކު ވާހަކައެއް ނުދެއްކެވި އެވެ.

އެ 16 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މިއަދުގެ ޖަލްސާއަށް ހާޒިރު ވެސް ވެވަޑައެއް ނުގަންނަވަ އެވެ. ހާޒިރުވެވަޑައިގަތް ހަތް މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު ބަހުސްގެ ވަގުތު އިތުރުކުރުމުން ވެސް ދިފާއުގައި އެއްޗެއް ވިދާޅެއް ނުވި އެވެ.

އެކަމަކު ފުރުސަތު ހޯއްދަވައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވި ގޮތުގައި ނަފްރަތު އުފައްދަން، އެ ލިސްޓު އާއްމުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ވަކި ބަޔެއްގެ އަބުރު ކަތިލުމުގެ ބޭނުމުގަ އެވެ.

އެގޮތުން، އެސެޓް ރިކަވަރީ ކޮމިޝަނަށް ތިން އަހަރު ވެގެންދާއިރު، އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ސުވާލެއް ވެސް ކޮށްލާފައިވަނީ އެންމެ 28 ޕަސަންޓު މީހުންނާ ކަމަށާއި، އެކަމުގެ ސަބަބުން އެ ކޮމިޝަނުގެ އިހުލާސްތެރި ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"އަޅުގަނޑަކަށް ގައިމުވެސް ގަބޫލެއް ނުކުރެވޭ އެ ކޮމިޝަނަށް ރަނގަޅު މަސައްކަތެއް ކުރެވިފައި އޮތް ކަމަކަށް،" ޝިޔާމް ވިދާޅުވި އެވެ.

އެ ލިސްޓު އާއްމުކުރީ އެތައް ރައްޔިތުންނެއްގެ އަބުރު ކަތިލަން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ދެން އެ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ އެ ލިސްޓު އާއްމުކުރަން ތާއީދުކުރައްވާ ކަމަށާއި، އަދި ލިސްޓުގައި ނަން ހިމެނުނު ފަރާތްތަކުގެ ތަހުގީގު އަވަސް ކުރަންޖެހޭ ކަމަށް ގޮވާލައްވައިފަ އެވެ.

މިގޮތުން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ދައުލަތުން ބައި ލައްކަ އެއްހާ ރުފިޔާ ލިބޭ މީހެއްކަން އެނގި ތިބެ، އެ މީހާގެ އަތުން މިލިއަންނުން ފައިސާ ނަގާފައި އެއީ ހިޔާނާތުގެ ފައިސާކަމެއް ނޭނގޭ ކަމަށް ބުނުމަކީ ބުއްދި ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ މިއީ ރާވައިގެން، ދައުލަތުގެ ތެރެއިން ހިންގާފައިވާ ބޮޑު ޖަރީމާއެކޭ،" އޭނާ ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ އެ ލިސްޓުގައި ހިމެނޭ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ ކޯޓު ހުކުމެއް ނެތި ވަކި ކުރެވޭނެ ބަޔެއް ކަމުގައި ނުވާތީ، އެ ފަރާތްތަކާ މެދު މެދު އަމަލުކުރާނެ ގޮތަކާމެދު ސިޔާސީ ޕާޓީތަކުން ވިސްނުމަކީ މުހިއްމުކަމެއް ކަމަށެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތަހުގީގުތައް އެކި މަރުހަލާތަކުގައި ހުރިއިރު، އޭގެ ތެރެއިން 60 ޕަސަންޓު މީހުންގެ ތަހުގީގު އޮތީ އަދި މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި ކަން ފާހަގަކުރައްވަމުން މީކާއީލް ވިދާޅުވީ އެ ކޮމިޝަން އުފެދުނުތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެހާ ގިނަ އަދަދެއްގެ ފަރާތްތަކުގެ ތަހުގީގު އަދި މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީކާއީލް އިތުރަށް ވިދާޅުވި ގޮތުގައި އެ ލިސްޓުގައި ހިމެނޭ ސަރުކާރުގެ ތެރޭގައި ތިބި ފަރާތްތަކަށް ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެތީ އެ މީހުން ވީއެންމެ އަވަހަކަށް މަގާމުން ދުރުކުރުމަށް ގޮވާލައްވައިފަ އެވެ.

"އެންމެ ކުޑަމިނުން އެ މީހުން މަގާމުން ސަސްޕެންޑު ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ނިންމި ޖޮއިންޓު ކޮމިޓީގެ މުގައްރިރުކަން ކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެ ލިސްޓުގައި ނަން އޮތް ހުރިހާ ފަރާތްތަކަކީ އެ ހިޔާނާތުން މަންފާ ލިބުނު ފަރާތްތައް ނޫން ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް، އެކަން ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅައިފި ނަމަ އެކަމުން ބަރީއަވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރަސްމީ ފަރާތަކުން ފުރަތަމަ ފަހަރަށް އާއްމުކުރި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމެނިފައިވާއިރު، އޭގެ ތެރެއިން މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ.

އޭގެ ތެރޭގައި މި ހިނގާ 19 ވަނަ މަޖިލީހުގެ ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެމްބަރުންނާއއެކު ޖުމްލަ 16 މެމްބަރުންނާއި، މި ސަރުކާރުގެ ތިން ވަޒީރަކު ވެސް ހިމެނެ އެވެ.

ލިސްޓު އާއްމުކުރުމުގެ އިތުރުން، ކޮމިޓީން ޖުމްލަ އަށް ހުށަހެޅުމަށް ރިޕޯޓުގައި ހިމަނާފައިވާއިރު، އޭގެ ތެރޭގައި އެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުން ހިމެނެ އެވެ.

އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ، ދައުލަތުގެ މަގާމުތަކުގައި ތިބެގެން ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވާތީ އެވެ.

އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ކޮމިޓީގެ ހުށަހެޅުންތައް

  1. ދައުލަތުގެ ތެރޭގައި ތިބި ކުރީގެ އަދި މިހާރުގެ މުވައްޒަފުންގެ ތަހުގީގު އަވަސްކުރުން.
  2. އޭސީސީގެ މުވައްޒަފުންނާއި ވަސީލަތްތައް ޖޮއިންޓު ތަހުގީގަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން.
  3. އެމްއެމްޕިއާރުސީ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުން އަވަސް ކުރުން.
  4. ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތައް ވަކިކުރުން.
  5. ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ތަހުގީގު އަވަސް ކުރުން.
  6. ފައިނޭންޝަލް އިންވެސްޓިގޭޝަންތަކަށް ހަރުދަނާ އުސޫލެއް އެކުލަވާލުން.
  7. ފައިނޭންޝަލް އިންވެސްޓިގޭޝަން ދާއިރާއިން މީހުން ބިނާކުރުން.
  8. ތަހުގީގަށް ބޭނުންވާ މައުލޫމާތު ވީއެންމެ އަވަހަކަށް ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން ފޯރުކޮށްދިނުން.

އެ ލިސްޓުގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ނޫން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާއިރު، ހަމައެކަނި މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި އޮތް ބަޔެއްގެ ނަންތައް ވެސް އާއްމުކުރުމުން ކޮމިޝަނުގެ އިތުރުން މަޖިލީހަށް ވެސް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ކޮމިޓީން ނިންމި ގޮތަށް މިއަދުގެ ޖަލްސާގައި އެ ރިޕޯޓު ފާސްކުރީ އެ ވޯޓުގައި ބައިވެރިވެވަޑައިގަތް 45 މެމްބަރުންގެ އިއްތިފާގުންނެވެ.

ލިސްޓުގައި ހިމެނުނު 16 މެމްބަރުންގެ ތެރެއިން ވޯޓު ދެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އެކަންޏެވެ. ތުހުމަތުވާ މެމްބަރުންތަކެއް ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި ނަމަވެސް ރިޕޯޓަށް ވޯޓުދީފައެއް ނުވެ އެވެ.

އެ 16 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މިއަދުގެ ޖަލްސާއަށް ހާޒިރުވެސް ވެފައިނުވާއިރު، ޖަލްސާއަށް ވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފިޔަވައި ބަހުސްގައި ދިފާއުގައި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ނަމަވެސް، ޝިޔާމް އެ ވޯޓުގައި ބައިވެރިވެޑައެއް ނުގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox