އޭއެފްސީ ކަޕް މެޗުތައް ޖޫން ފަހު ކޮޅަށް، ހޯސްޓްކުރުން އަލުން ބިޑަށް؟

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މާޒިޔާ އާއި ބެންގަލޫރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްސީ

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މާޒިޔާ އާއި ބެންގަލޫރު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްސީ

މި މަހު ރާއްޖޭގައި ކުރިއަށް ގެންދަން ނިންމައި ފަހު ވަގުތު ފަސްކުރަން ނިންމި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފާއި ގްރޫޕް ސްޓޭޖު މެޗުތައް ޖޫން (އަންނަ މަހު) ފަހު ކޮޅު ފަށާ ގޮތަށް އޭއެފްސީން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާ އާއި ބްންގްލަދޭޝްގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު ކުޅޭ މެޗު ތާވަލުކޮށްފައިވަނީ ޖޫން 27 ވަނަ ދުވަހަށެވެ. އޭގެ ފަހުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ ޖޫން 30، ޖުލައި 3 އަދި ޖުލައި 6 ގަ އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.

އޭއެފްސީ ކަޕްގެ މެޗުތައް މިދިޔަ އަހަރާއި މި އަހަރު ސެންޓަރަލައިޒްކޮށް ކުޅެން ބިޑްކުރަން ހުޅުވާލި ފުރުސަތުގައި ރާއްޖޭން ވަނީ ދެ ފަހަރު ވެސް ބިޑް ކާމިޔާބުކޮށްފަ އެވެ. މިދިޔަ ފަހަރު ރާއްޖޭން އެކަނި ބިޑްކުރިއިރު، މި އަހަރު ރާއްޖޭން ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.

ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް ރާއްޖޭގައި ކުޅެން ނިންމި މެޗުތައް ހޯސްޓްކުރާނެ ތަނެއް ފައިނަލް އަދި ނުކުރެ އެވެ. އަދި ފުރުސަތު ބޮޑީ އަލުން ބިޑަށް ހުޅުވާލުމުގެ އެވެ. އަލުން ބިޑަށް ހުޅުވާލައިފިނަމަ ބަންގްލަދޭޝާއި އިންޑިއާ އިން ބިޑްކުރާނެ ކަމަށް ބެލެވެ އެވެ. އިންޑިއާ އިން ވަނީ ކޮވިޑް-19ގެ ހާލަތު ނުރައްކާވެފައި އޮއްވައި ވެސް ހާއްސަ ޕްރޮޓޮކޯލްގެ ތެރެއިން ގޯއާގައި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕެއްގެ މެޗުތައް ހޯސްޓްކޮށްފަ އެވެ.

ރާއްޖޭގައި އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ރޭވިފައި އޮއްވައި ފަހު ވަގުތު ފަސްކުރަން ޖެހުނީ މާލެ އައި ބެންގަލޫރު ޓީމުގެ ދެ ކުޅުންތެރިއަކާއި އޮފިޝަލަކު ޕްރޮޓޮކޯލާ ހިލާފުވެ މަގުމައްޗަށް ނުކުތުމުންނެވެ. ޕްރޮޓޮކޯލްގައިވާ ގޮތުން ކުޅުންތެރިންނަށް ބޭރަށް ނުކުމެވޭނީ މެޗާއި ޓްރެއިނިން އަށް އެކަންޏެވެ. އެކަމަކު ބެންގަލޫރު ޓީމުން ވަނީ ބޭރަށް ނުކުމެ ޕްރޮޓޮކޯލް މުގުރާލައިފަ އެވެ. އެ މައްސަލައިގައި ހިތްހަމަނުޖެހިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޓްވީޓެއް މެދުވެރިކޮށް ވަނީ ބެންގަލޫރު ރާއްޖޭން ދިއުމަށް އެދިފަ އެވެ.

ރާއްޖޭގައި ކުޅެން ނިންމާފައި އޮތީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ޕްލޭއޮފް މެޗު ކުޅެން ރޭވީ މި މަހު 11 ގަ އެވެ. އަދި ގްރޫޕް ސްޓޭޖު މެޗުތައް 14-20 އަށެވެ.

ސަރުކާރުން މި ދަނޑިވަޅުގައި ރާއްޖޭގައި ދެން އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓްކުރަން ބޭނުންނުވާތީ އެފްއޭއެމުން ވަނީ އެކަން އޭއެފްސީ އަށް އަންގައިފަ އެވެ. އެފްއޭއެމުން އޭއެފްސީ އަށް މުބާރާތުގެ މެޗުތައް މި ވަގުތު8 ހޯސްޓް ނުކުރެވޭނެކަން އެންގިއިރު، ގިނަ ޓީމުތަކާއި އޮފިޝަލުން މެޗުތަކަށް ބޮޑު ހަރަދުތަކެއް ކޮށްފައިވާތީ އެހާ އަވަހަށް މުބާރާތުގެ ކަންތައްތައް އެފްއޭއެމުން ނިންމުމުން އޭއެފްސީން އެކަމާ ހިތްހަމަނުޖެހުނެވެ. އެހެންވެ އެފްއޭއެމްގެ މައްސަލައެއް އޭއެފްސީ ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ ބަލަމުންނެވެ. ޕްރޮޓޮކޯލާ ހިލާފުވި ކުޅުންތެރިން އެނބުރި ގައުމަށް ފޮނުވާލާފައި މުބާރާތް ކުރިއަށް ގެންދިއުމަކީ އޭއެފްސީން ގެންގުޅުނު ވިސްނުމެކެވެ.

ބެންގަލޫރުން ފަހުން މައާފަށް އެދުމަށް ފަހު ވަނީ ބޭރަށް ނުކުތް ކުޅުންތެރިންނާއި އޮފިޝަލަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. ބޭރަށް ނުކުތް ދެ ކުޅުންތެރިންނަކީ ބެންގަލޫރަށް ކުޅޭ އޮސްޓްރޭލިއާގެ މިޑްފީލްޑަރު އެރިކް ޕާޓަލޫ އާއި ސްޕެއިނުގެ ޑިފެންޑަރު ހުއާނަން އެވެ. އޭއެފްސީން ބެންގަލޫރާ މެދު ވެސް ފިޔަވަޅެއް އަޅާނެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރާއްޖެ ޓީވީ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަަވަމުން ވިދާޅުވީ އޭއެފްސީން ރާއްޖެއާ މެދު އަޅާ ފިޔަވަޅެއް އަޅާނީ އެފްއޭއެމަށް ކަމަށެވެ. އެ ގޮތުން މާޒީގައި ކަން ހިިނގާފައިވާ ގޮތަށް ބަލާއިރު، ބެލެވެނީ ރާއްޖެ އަށް އަންނާނީ ޖޫރިމަނާއެއް ނޫނީ ވަކި މުއްދަތަކަށް އޭއެފްސީ ކަޕްގެ މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ނުދިނުން ކަން ބައްސާމް ފާހަގަކުރެއްވި އެވެ. އެކަމަކު މިއީ ކޮވިޑް-19ގެ ސަަބަބުން ހާއްސަ ހާލަތަކަށްވާތީ އޭއެފްސީން އަދަބެއް ނުދިނުމުގެ ފުރުސަތެއް ވެސް އޮތް ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox