ހައްޔަރުކުރީ ހިމަންދޫ މައްސަލާގައި ޖަލަށްލީ އަބްދުﷲ އަލީ މަނިކު

May 18, 2021, 5:54 PM
ހައްޔަރުކުރީ ހިމަންދޫ މައްސަލާގައި ޖަލަށްލީ އަބްދުﷲ އަލީ މަނިކު

ހަރުކަށި ފިކުރުގެ ވިސްނުން ފެތުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތަށް މިރޭ ފުލުހުން ހައްޔަރުކޮށްފައިވަނީ އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ޖަލަށްލީ، އަބްދުﷲ އަލީ މަނިކުކަން "އަދަދު"އަށް އެނގިއްޖެ އެވެ.

ފުލުހުން މިރޭ މާލޭގައި ހިންގި އޮޕަރޭޝަނެއް ފަހު ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ތުހުމަތުވާ 43 އަހަރުގެ މީހެއް ކަމަށެވެ. އެމީހާގެ ތަފްސީލެއް ނުދެ އެވެ. ނަމަވެސް، "އަދަދު"އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި އެއީ ހއ. މޮޅަދޫއަށް ނިސްބަތްވާ އަބްދުﷲ އަލީ މަނިކެވެ.

އަލީ މަނިކު ހިމަންދޫ މައްސަލާގައި ހައްޔަރުކޮށްގެން ކޯޓަށް ގެންދަނީ: އެ މައްސަލާގައި ފަސް މީހެއްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމް އައި
އަލީ މަނިކު ހިމަންދޫ މައްސަލާގައި ހައްޔަރުކޮށްގެން ކޯޓަށް ގެންދަނީ: އެ މައްސަލާގައި ފަސް މީހެއްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމް އައި

އަލީ މަނިކު ހިމަންދޫ މައްސަލާގައި ހައްޔަރުކޮށްގެން ކޯޓަށް ގެންދަނީ: އެ މައްސަލާގައި ފަސް މީހެއްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމް އައި

އޭނާއަކީ ޕާކިސްތާނުން ކިޔައިވައިގެން އައި މީހެކެވެ. އޭގެ ފަހުން އޭނާ ވަނީ ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ.

އެގޮތުގެ މަތިން 2007 ވަނަ އަހަރު އޭނާ އިސްކޮށް ހުރެ، އއ. ހިމަންދޫގައި ސަލާމަތީ ބާރުތަކާ ކުރިމަތިލި އެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކޮށް އުފުލި ދައުވާ ސާބިތުވެ 10 އަހަރަށް ޖަލަށްލި އެވެ.

ނަމަވެސް، ޖަލުން އޭނާ ފިލައިގެން ގދ. ތިނަދޫގައި އުޅުނެވެ. ތިނަދޫގައި ހުއްޓާ އޭނާ އަތުލައިގަނެގެން ގެނައި މަގުމަތީ ނަމާދުކޮށްލަން ދިން ފުރުސަތުގައި ކަނޑަަށް ފުންމާލައިގެން އަނެއްކާވެސް ފިލި އެވެ.

އޭގެ އެއް އަހަރު ފަހުން އޭނާ އަނެއްކާވެސް ހައްޔަރުކުރީ ސިފަ ބަދަލުކޮށްގެން ތިލަފުށީގައި އުޅެމުންދަނިކޮށެވެ. އޭނާ މިހާރު ދޫވެފައިހުރީ ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. ސިފައިން ދަނީ މާލޭ ތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާ ވެސް ހަރުކަށި ފިކުރާ ގުޅޭއިރު މިހާތަނަށް ހައްޔަރުކުރި ތިން މީހުންގެ ހަރުކަށި ފިކުރުގެ ވިސްނުންތައް ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އައްޑޫ ސިޓީގައި ވެސް ފުލުހުން އޮޕަރޭޝަނެއް ހިންގައި އައިއެސް ޖަމާއަތާ ގުޅުން އޮތް ހަތް މީހަކު ހައްޔަރުކޮށް ވަނީ ބަންދު ޖަހާފަ އެވެ. އޭގެ ފަހުން ކ. ގުރައިދޫއާ އިންވެގެން އޮންނަ ކުޑަ ފަޅު ރަށެއް ކަމަށްވާ ޅޮސްފުށި ވެސް ފުލުހުން ވަނީ ބަލާފާސްކޮށްފަ އެވެ.

މި އޮޕަރޭޝަންތަކާ ގުޅޭ ތަފްސީލީ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ނަމަވެސް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ރައީސް ނަޝީދުގެ ހަމަލާއާ ގުޅުން އޮތް އެންމެ ހައްޔަރުކޮށް، އެކަމަށް ފަންޑުކުރި މީހުންނާއި އަޑީގައި ތިބި މީހުން ވެސް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox