ކޮމިޓީން ލިސްޓު އާއްމުކުރީ ބައެއްގެ އަބުރު ކަތިލަން: އީސަ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ: އީސަ ވަނީ މަޖިލީހަށް ފާޑު ވިދާޅުވެފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ: އީސަ ވަނީ މަޖިލީހަށް ފާޑު ވިދާޅުވެފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނެ މަޖިލީހުން ލިސްޓު ހާމަ ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރިކަމެއް ކަމަށާއި އެކަމުގެ ފަހަތުގައި އޮތީ ބައެއްގެ އަބުރު ކަތިލުން ކަމަށް އެ ލިސްޓްގައި ނަން އޮތް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ ތުހުމަތު ކުރައްވައިފި އެވެ.

ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ރިޕޯޓް ފާސްކޮށް މުޅި ލިސްޓް ބުދަ ދުވަހު އާއްމުކޮށްފަ އެވެ. އެ ލިސްޓުގައި އެމްޑީޕީގެ އިސް ސަފުގައި މަޖިލިސް ތަމްސީލު ކުރައްވާ ހަތަރު މެމްބަރުން ހިމެނެ އެވެ. އޭގެ ތެރެއިން އީސައަށް ފަސް ލައްކަ ރުފިޔާ ލިބުނު ކަމަށް އާއްމުވި ލިސްޓެއްގައިވެ އެވެ.

"އަދަދު" އިން ގެނެސްދޭ "އެތެރެ ފުށް" ޕްރޮގުރާމްގައި އީސަ ވިދާޅުވީ އެސެޓްރިކަވަރީ ކޮމިޝަނުން ވެސް މަޖިލީހުގެ ކޮމެޓީން ވެސް ކޮށްފައިވަނީ އެހާ ޒިންމާދާރު މަސައްކަތްތަކެއް ނޫން ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ފުރިހަމަ ނުވާ ލިސްޓެއް މަޖިލީހަށް ދީގެން ނުވާނެ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

ޖަވާބުދަރީވުމުގެ ފުރުސަތު ނުދީ އެމީހެއްގެ މައުލޫމާތު ހާމަ ކުރުމަކީ މީގެ ކުރިން މަޖިލީހުގެ ކޮމެޓީއަކުން ކުރި ކަމެއް ނޫން ކަމަށް ވިދާޅުވެ އީސަ ވަނީ ކޮމެޓީގެ ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ.

އަޅުގަނޑު ތުހުމަތު ކުރަން އެބޭފުޅުންގެ އަމިއްލަ ޒާތީ ނުވަތަ ސިޔާސީ ސަބަބުތަކަށް ޓަކައި ބައެއްގެ އަބުރު ގަތިލުމުގެ މަގުސަދުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ކޮށްފައި އޮތް ކަމެއްކަމަށް،-- އީސަ

އޭނާ ވިދާޅުވީ އެ މައްސަލަ ބެލި ސަބް ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީއާއި އިލްޔާސް ލަބީބްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއަށް އެތައް ފަހަރަކު ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވި ކަމަށެވެ.

އީސަ ވިދާޅުވި ގޮތުގައި އޭނާގެ އަބުރު މަޖިލީހުގެ ކޮމެޓީއަކުން ގެއްލުވާލި މައްސަލަ އިމްތިޔާޒާ ބެހޭ ކޮމެޓީއަށް ހުށަހަޅަން ގާނޫނީ ވަކީލުންނާ އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއެއް ވެސް އަދި އަހުމަދު އަދީބުގެ އަތުން ވެސް އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އަދީބުގެ ރަހުމަތްތެރިއެއް މެދުވެރިކޮށް އީސަގެ ހިއްސާ އޮތް ކުންފުންޏަކަށް އަދީބު ދައްކަން ޖެހޭ ފައިސާތަކެއް ދިނުމުން ހަވާލުވި ކަމަށް އޭނާ އެއްބަސްވެ އެވެ.

"އަޅުގަނޑު ހިއްސާ އޭރު އޮތް ކުންފުންޏަކާ އަދީބާ އޭރު ހިނގާފައި އޮތް ވިޔަފާރީގެ މުއާމަލާތެއްގައި އެކުންފުންޏަށް އަދީބު ދައްކަން ޖެހޭ ފައިސާއަކާ އަޅުގަނޑު ހަވާލުވިން. ހަވާލުވާން ޖެހޭ ސަބަބަކީ ކުންފުނީގެ އޭރުގެ ފައިސާ ކަންތައް ބަލަހައްޓަމުން ގެންދިޔަ ދެ ޑައިރެކްޓަރުންގެ ތެރެއިން އެއް ޑައިރެކްޓަރެއް އަޅުގަނޑަކީ،" އީސަ ވިދާޅުވި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ: އީސަ ވަނީ މަޖިލީހަށް ފާޑު ވިދާޅުވެފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ: އީސަ ވަނީ މަޖިލީހަށް ފާޑު ވިދާޅުވެފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ: އީސަ ވަނީ މަޖިލީހަށް ފާޑު ވިދާޅުވެފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އަދީބާއެކު ކުރީ ކޮން ވިޔަފާރީގެ މުއާމަލާތެއްތޯ ސުވާލު ކުރުމުން އީސަ ވިދާޅުވީ ޕްރޮގްރާމަށް އައުމުގެ ކުރިން އެ މައުލޫމާތު ހިއްސާ ކުރަން ކުންފުނީގެ އެހެން ހިއްސާދާރުންގެ ހުއްދަ ހޯދާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު އޭނާ ހިއްސާއެއް ނުކުރި އެވެ.

އީސަ ވިދާޅުވީ އެ ލިސްޓްގައި އޭނާގެ ނަން އޮތްކަން އެނގުނު ހިސާބުން އަމިއްލައަށް އިސްވެ ރިޔާސީ ކޮމިޝަނަށް އެއްބާރުލުން ދޭން ފެށި ކަމަށެވެ. އަދީބާއެކު ކުރީ ވިޔަފާރީގެ މުއާމަލާތެއް ކަމަށާއި އެކަމުގެ ހުރިހާ ޑޮކިއުމެންޓެއް އެބަހުރި ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

"އަޅުގަނޑު އަމިއްލައަށް ރިޔާސީ ކޮމިޝަނަށް ހާޒިރުވެ އަޅުގަނޑު ހިއްސާވާ ކުންފުންޏަކުން އަދީބާއެކު ހިނގާފައި އޮތް ވިޔަފާރި މުއާމަލާތަކާ ގުޅޭގޮތުން ހުރި ލިޔެކިޔުންތަކާ މައުލޫމާތުތަކާ ރިޔާސީ ކޮމިޝަނާ ހިއްސާ ކުރަން އަމިއްލައަށް ހުށަހެޅިން،" އީސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ބަލައި ދިނުމަށް ރިޔާސީ ކޮމިޝަނާއި ފުލުހުންގެ ފަރާތުން އެދުމުން އީސަގެ މައްޗަށް ތަހުގީގެއް ހިންގަން އަދި ނިންމާފައި ނުވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އާއްމުވެފައިވާ މެސެޖްތަކަކުން އެނގޭ ގޮތުގައި އީސަ އާއި އަދީބު ވަނީ ފަޅުރަށެއްގެ ކަންތަކުގައި 2014 ވަނަ އަހަރު މަޝްވަރާ ކޮށްފަ އެވެ. އެ މެސެޖްތަކުން އެނގޭ ގޮތުގައި އީސައަށް އިސްވެ މެސެޖް ކުރީ އަދީބެވެ. އަދި އަދީބު މެސެޖް ކުރުމުން ފުރަތަމަ އެއީ ކާކުކަން ނޭނގިގެން އީސަ ސުވާލު ކުރައްވަ އެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އީސަ ވިދާޅުވީ އެ ރަށުގެ ވާހަކަ އިސްވެ ދެއްކެވީ އަދީބު ކަމަށާއި އަދީބު އޭނާ ގާތުގައި އެހީ އިންވެސްޓަރަކު ރަށެއް ބޭނުންވެގެން އުޅޭތޯ އާއި އެ އިންވެސްޓަރުގެ ފައިސާ ހުރީ ރާއްޖޭގައިތޯ ބަލައިދިނުމަށް ކަމަށެވެ. އެހެންވެ ފައިސާ ދެއްކޭނެ މުއްދަތު އަދީބަށް އެންގި ކަމަށާއި ނަމަވެސް އޭގެ ފަހުން އަދީބު ހަބަރެއް ނުވާ ކަމަށް އީސަ ވިދާޅުވި އެވެ.

"ތި ހިސާބުން ތި މުއާމަލާތް ނިމިފައި ވަނީ. އެ ރަށުގެ ކަންތަކެއް ކުރިއަކަށް ނުދޭ. އަޅުގަނޑާ އަދީބާ އެއްވެސް ވަރަކަށް ބައްދަލެއް ވެސް ނުވޭ ތިކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ވެސް. ތި ޗެޓް ލޮގްގައި ތިހިރަ ހިސާބުން ނިމިފައި ވަނީ،" އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލަ ސާބިތު ވެއްޖެނަމަ މަޖިލިސް މެމްބަރު ކަމުގެ މަގާމު ދޫކޮށްލައްވާނެ ކަމަށެވެ.

އަދީބު ކުރިންވެސް ދަންނަ ކަމަށާއި ނަމަވެސް ހާއްސަ ގުޅުމެއް ނޯންނަ ކަމަށް އީސަ ވިދާޅުވި އެވެ. ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދީބު ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރުމަށް ރުހުން ދިންއިރު އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް އީސަ ވަނީ އަދީބަށް ވޯޓް ދެއްވައިފަ އެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އީސަ ވިދާޅުވީ އަދީބަށް ރުހުން ދޭން އޮތް ދުވަހުގެ ކުރީ ރޭ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ޔާގޫތުގެއަށް އޭނާ ގެންގޮސް އަދީބަށް ވޯޓު ދޭން ނަޝީދު އެންގެވި ކަމަށެވެ. އޭރު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ވެސް އިންނެވި ކަމަށާއި އަދީބަށް ވޯޓް ދީފި ނަމަ ސިޔާސީ ގޮތުން އޭނާއަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ލައިލާ ވެސް ވިދާޅުވި ކަމަށް އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ އަދީބަށް އޭނާ ދެއްވި ވޯޓަކީ ނަޝީދު ވިދާޅުވެގެން ކުރި ކަމެއްކަން އެތައް ފަހަރަކު އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.

ނަޝީދު ކުރިން ވިދާޅުވެފައިވަނީ އަދީބަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާން އެޅުއްވި "ފަންޏެއް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox